ބިދޭސީންގެ ބަޔަކު މަސައްކަތެއްގައި އަވަދިނެތިި: މަރުވެފައި ވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހަކު -- މިހާރު ފައިލް ފޮޓޯ
20 ޖެނުއަރީ 2019 - 16:46
ހުޅުމާލޭގައި ބަންގްލަދޭޝް ރައްޔިތަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެގެން މިއަދު މެންދުރު 2:00 ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"މި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް،" ފުލުހުން ބުންޏެވެ.
މަރުވި މީހާއަކީ ހުޅުމާލޭގައި "ބިދޭސީން ދިރިއުޅެންދާ" ތަނެއްގައި އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 143،000 ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން 63،000 މީހުންނަކީ ލިޔެކިޔުން ނެތް ބިދޭސީން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ލިޔެކިޔުން ނެތް ބިދޭސީންނަށް ރާއްޖެއިން ބޭސް ފަރުވާ ކުރުމަކީ އުނދަގޫ ކަމެކެވެ. ލިޔެކިޔުން ނެތި ހޮސްޕިޓަލުތަކުގެ އެމަޖެންސީގައި ވެސް ފަރުވާ ނުދޭ ކަމަށް ބިދޭސީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލްސް
20 January 2019
މީހަކު ހައިރާނެއް ނުވާނެތަ؟ 63000 މީހުންނަކީ ލިޔެކިއުމެއް ނެތް މީހުންކަން އެނގޭއިރު ކީއްވެ ހަމަޖެހިލައިފަ ތި ތިބެނީ؟ ކީއްކުރާ އިމިގްރޭށަނެއް ތީ؟ ބޯ ހަލާކު
ސީދި
20 January 2019
މަސައްކަތް ކުރާ 143000 މަސައްކަތްނުކޮށް މަގުމަތީ މީހުންނާފޮށެން 350000... ބަލަ ޕޭމަންޓް ކޮންމެގަލަކަށް ބިދޭސީއެއް ހުރިކަން އިމިގްރޭޝަން އަށްނޭނގުނަސް ދިވެހިންދަނެއެވެ
އަހަންމީ
20 January 2019
63000 ބިދޭސީން ޑޮކިއުމަންޓް ނެތި ރާްއްޖޭގަ ނޫން އެހެން އެއްވެސް ގައުމެއްގަ އުޅެވިދާނެބާ ރޢްޖޭގެ ވެރިކަން ކުޅަ ވެރިންގެ ހިތުހަ ގައުމާމެދު ލޯބި އޮތް މިންވަރު ފެނޭތޭ
ޒަންޖަބީލު
20 January 2019
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެެމެރިކާގައި ޑޮކިއުމެންޓް ނެތި މިކަހަލަ ކިތައް މީހުން އެބައުޅޭ. އެކަން ބޮޑުވެގެން ޓްރަމްޕް އެމެރިކާގެ އިމިގްރޭޝަން ގަވާއިދުތައް ބަދަލުކޮށް ފާރު ނުރޭނިގެން އެއުޅެނީ. މިތަން މީ ވަށައިގެން ކަނޑު އޮތް ގައުމެއް.
ޢަލީޖް
21 January 2019
ދުނިޔޭގެ އެއްވެސް ގައުމެއްގެ އާބާދީއައް ބަލާފަ މި ނިސްބަތުން ލިޔެކިޔުން ނެތް ބިދޭސީންނެއް ނޫޅޭނެ
ބަބުރުކަލޯ
20 January 2019
މިއަދު ހާދަ ކަންތަކެއް ގިނގައިފިޔޭ. އަދި ކުރިޔަށް އޮތްގޮތެއް ނޭންގޭ.
މަރޭމިތުރު
20 January 2019
ހައިރާންވެދާވަރަށް މަރުތައް މިފެންނަނީއޭ! މައިސަރުކާރުން ވިސްނުން ނުގެންނަނީހޭ!.................... މިދާވަރުންދަންޏާ ރައްޔިތުންނަށް ރައްކަލެއްނެތް. ސަރުކާރުން އެބަޖެހޭ ވަރަށްބޮޑައް މިކަންތައް ބަލައި ރައްޔިތުންނަށް ރައްކާތެރިކަން ގައުމުން ހޯދައިދޭން.
ޕާޓޭ ގެ ޑެޑީ
20 January 2019
ސަރުކާރައް ކުރެވޭނެ އެއްވެސް ކަމެއްނެއް ގިނަ ގިނައިން ނަމާދުކޮއްފަ ދުވާކުރޭ
ފާނު
20 January 2019
إنا لله وإنا إليه راجعون