ހަބީބް (ކ) އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ އެކު: އޭނާގެ ދައުރު ހަމަވާތީ، ކޮމިޝަނަށް މެމްބަރަކު ހޯދަން ވަނީ އިއުލާންކޮށްފައި.
13 ފެބުރުއަރީ 2019 - 13:36
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އީސީގެ މެމްބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ހަބީބުގެ ދައުރު ހަމަވާނީ، އަންނަ މަހެވެ. މެމްބަރު ކަމުގައި ދެ ދައުރު ފުރިހަމަކުރެވޭނެތީ، ހަބީބަށް އަލުން ކުރިމަތިލެއްވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އީސީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ނަމަ، މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ އެވެ.
މިނިވަން މުއައްސަސާއެއް ކަމަށް ވާ އިލެކްޝަންސް ކޮމިޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް އާ މެމްބަރަކު ހޯދަން ރައީސް އޮފީހުން ހުޅުވާލި އިރު، ފަސް މެމްބަރުން ތިއްބަވާ ކޮމިޝަން، ނުފޫޒުން އެއްކިބާވެ، ޒިންމާ އަދާކުރަމުން ނުދާ ކަމަށް ބޮޑެތި ތުހުމަތުތަކާ އެކު ފާޑުކިއުން އަމާޒުކުރި އެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު، ކޮމިޝަނުގެ މެމްބަރުންނާ މެދު ކުރާ ތުހުމަތުތައް މަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސީމެމްބަރެއް
13 February 2019
އަނެއްކާވެސް ހަބީބު ލާން ފެންނަނީ. އެއަށް ވުރެ ފަސޭހައިން ވިކޭނެ މީހަކު ނުހުންނާނެ.
ކަރަންކާ
13 February 2019
ތި މަނިކަކީ މަގާމަށް އައްޔަންކުރަން ހެޔޮވާވަރު މީހެއްނޫން. އޭނާއަށް ސަލާމް
ޙަސަންބޭ
13 February 2019
ކުރީގަ އީސީގެ މެމްބަރަކަށް އުޅުނު އަލިމަނިކު އަދިވެސް ވަރަށް މެމްބަރުކަން ކުރާހިތްވާކަމަށް ވަނީ.
ދަމާރި
13 February 2019
މެންބަރު މަނިކަކީ އެތާ ހުރިއިރު އެހެން މެންބަރުންނަށް ޖެއްސުންކޮށް އުނދަގޫކުރި، އަހުލާގީ ގޮތުން ވަރަށް ކަމަށް ނާގާބިލު މީހެއް!
ެިއޮބްޒާވަރ
13 February 2019
ތިޔަ މަގާމަށް އެންމެ އޮއްޓަރު ހުރި ތަޢުލީމީ ޤާބިލު ބޭފުޅަކީ ކުރީގެ ކޮމިޝަން މެންބަރ ޢަލީ މުޙައްމަދު މަނިކު!
ނުވާނެ
13 February 2019
މެންބަރު މަނިކަކީ ވަކިޕާޓީއެއްގެ ފިކުރުގެ މީހެއް! އަދި އެހެން މެންބަރުންނަށް ޖެއްސުންވެސް ކުރިމީހެއް!
ހިޝާ
13 February 2019
ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ ޝަރީފް ތިޔަ ކޮމިޝަނަށް އައްޔަން ކުރުމާއި ހަމައަށް ކުރެއްވީ ކޮން ކަމެއް ؟
ހާމިދު އަބްދުލްޢަފޫރު
13 February 2019
ސިޔާސީ ޕާޓީއެއްގެ ވެރިކަން ކުރާ މީހާ ވެސް އެމަގާމަށް އަންނަންވީމަ އިސްތިއުފާދޭނީ. އެހިސާބުން އޭނާ އަކީ ސިޔާސީ ޕާޓީއެއްގައި ނެތް މީހަކަށްވާނެ. ކޮއްކޯ މީ ދިވެހިރާއްުޖެ އިނގޭ
ސަލީމް
13 February 2019
ޙޮނޑާފުށީގެ ގާނޫނު ތީ.