އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ގޮސް ތިބި ބައެއް މީހުން މަޑުކޮށްލައިގެން: އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކުގެ އަގު އިތުރުކުރަން ނިންމި ކަމަށް އޭޑީކޭ އިން ބުނެފި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ފެބުރުއަރީ 2019 - 13:52
އޭޑީކޭ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކުގެ އަގު، އަންނަ މަހުން ފެށިގެން ބޮޑުކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
މި ގެންނަ ބަދަލާ އެކު، އާންމު ކޮންސަލްޓޭޝަން ފީ އަކީ 300ރ. އެވެ. ސުޕަ ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ފީ އަކީ 500ރ. އަށެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ އަގަށް ބަދަލު ގެނައި ނަމަވެސް އާސަންދައިން ދޭ ކަވަރޭޖަށް ބަދަލު ނާންނާތީ، ޑޮކްޓަރަށް ދެއްކުމަށް އާންމުން 100ރ. އިތުރަށް ދައްކަންޖެހޭނެ ކަމަށެވެ.
"އާސަންދައިން ދޭ ކަވަރޭޖަކަށް ބަދަލެއް ނުގެނެ. އޭގެ މާނައަކީ ޑޮކްޓަރަށް ދައްކަން މިހާރު އާންމުން ހޭދަކުރަން ޖެހޭނީ 100ރ. ގެ ބަދަލުގައި 200 ރުފިޔާ. އަދި ސުޕަ ސްޕެޝަލިސްޓަކަށް ދައްކަން 300ރ. ހޭދަ ކުރަން ޖެހޭނެ،" އަފްއާލް ވިދާޅުވި އެވެ.
އޭޑީކޭ އިން ނެރުނު ބަޔާނުގައި ބުނީ އަގުތަކަށް ބަދަލު ގެންނަނީ ހޮސްޕިޓަލް ހިންގުމުގެ ހަރަދު މިދިޔަ 10 އަހަރު ތެރޭގައި ބޮޑުވެފައި ވާތީ ކަމަށެވެ.
"މި ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ނޫނީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މާލީގޮތުން ދެކޮޅުޖެއްސޭނެ ކަމަކަށް ނުވާތީ، ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލުގެންނަން ނިންމީ" ކަމަށް ބަޔާނުގައިވެ އެވެ.
އަފްއާލް ވިދާޅުވީ ހުރިހާ ހިދުމަތްތަކެއްގެ އަގަށް ބަދަލު ނުގެންނަ ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން ނަގާ ފީ ފިޔަވައި، ދެން ހުރި ހިދުމަތްތަކަށް ނަގާ މިންވަރު އިތުރުކުރާނީ 10-15 ޕަސެންޓުގެ މިންވަރުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގެ އެނދުތަކާއި އާންމު އޮޕަރޭޝަންތަކުގެ ހަރަދު ހިމެނެ އެވެ.
އާންމު އޮޕަރޭޝަންތަކުގެ އަގު ބޮޑުކުރި ނަމަ ވެސް، ކާޑިއަކް ސެންޓަރުން ކުރާ އޮޕަރޭޝަންތަކުގެ އަގަށް މާ ބޮޑު ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަދަލު ނުގެންނަ ހިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީން ހަދަންޖެހޭ ސްކޭންތަކާއި ލޭ ޓެސްޓުތައް ހިމެނެ އެވެ. އަދި އެމްއާރްއައިގެ ހިދުމަތަށް ވެސް ބަދަލެއް ނުގެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓާފެއް
22 February 2019
Hmmm ނަގާ އަގު ބޮޑު ކުރީމާ ޑޮޓަރުން ނޫން އެހެން މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ބާ؟ ނޫނީ އަނެއްކާވެސް ކޮންމެ ބަލާ ބަލި މީހަކަށް ޑޮކްޓަރަށް ލާރި ދޭނީބާ؟ ރިސެޕްޝަނުގައި ގަނަތަޅުވާ ކުދިންނަށް ހަމަ ލިބޭނީ 6000 ރުފިޔާ ބާ؟
ޢަވައްޓެރިޔާ
22 February 2019
ތިތަން އޭޑީކޭ އަތުލަންޖެހޭ ރާއްޖޭގައި ހުރި އެއްމެ އަގުބޮޑު ގެސްޓް ރޫމް ވިއްކަނީ ތިތާ އެވެސް މަޖުބޫރީ ބަލިމީހުން އަތުން ، ދެންހިންގަނީ ކެފޭ ރެސްޓޯރަންޓު ދެން ގުދަން ސަރުކާރުން ކުޑައަގަކަށް މާލޭގައިވާ އެއްމެ ބޮޑު ބިން ދިނީ އަމިއްލަ ވިޔަފާރި އެކަނި ކުރާކައްނޫން ރައްޔަތުންނަށް އެކަށިގެންވާ ހިދުމަތެއްދޭން، އެތަކެއް އަހަރު ތަކެއްދިޔައިރުވެސް ކެންސަރު ކިޑުނީ ބަލިތަކަށް އަދިވެސް ފަރުވާނުކުރެވޭ.
ބުސްތާނު
22 February 2019
އޭޑީކޭ ގައި ހުރޭ އިނގޭތޯ ކިޑްނީ ގެ ފަރުވާ ދޭ މީހެއް. އޭނާ އަށް މާ ދައްކަނީ.
mariyam
22 February 2019
ރާއްޖެއިން ބޭރަށް ދާން ހުރިހާ ދިވެހިންނަށް އިލްތިމާސް ކުރަން. މާލޭގައި ތިބުމާއި އޭޑީކޭ ހޮސްޕޮިޓަށް ދެއްކުމަށް ދާޚަރަދުގެ %25 ވެސް އިންޑިއާ ، ތައިލެންޑް އަދި ސްރީލަންކާއިން ޚަރަދު ނުވާނެ، އިތުބާރުހިފޭ ޚަރަދުކުޑަ އަވަސް ޚިދުމަތް، ސޮރީ އޭޑީކޭ..
ބަލިމީހާ
22 February 2019
ޓްރީޓޮޕް ހޮސްޕިޓަލް އަކީ އެހަކަށްދުވަހު ހުޅުވިތަނެއް އެކަމަކު އެތަނުންދޭ ޙިދްމަތާއި އެއްފެންވަރަށް 30 ވުރެ ގިނަ އަހަރު ވީއިރު އޭޑީކޭއިން ނުލިބޭ! އަދި އޭޑީކޭ ހުރި ބިމުކުލި އެއްވެސް ސަރުކާރަކުން ބޮޑެއް ނުކުރޭ!
އަހަންމަ
22 February 2019
އޭޑީކޭ އަށް ދެއްކުމަށްވުރެއް ޚަރަދު ކުޑަވެފައަވަސް ފުރައިގެން ރާއްޖެއިންބޭރަށް ގޮސް ފަރުވާހޯދުންވެސް.. ޑޮކްޓަރަށް އެޕޮއިންޓްމެންޓެއް ހޯދުންވެސް އެއީމުޞީބާތެއް.. ޚިދުމަތް ނުދެވުނަސް އަގުބޮޑުކުރެވޭތޯ ވާނެބަލަން.. ތަނުގަ އުޅޭމުވައްޡަފުންނަށް ދޭމުސާރަބޮޑެއްނުވޭ.. ވަރަށްވެދުން
ބެލްޓް
22 February 2019
އައިފޯނު ގަންނަންވީމަ ކޮންމެ އަގެއްވެސް އަހަރުންނަށް އޯކޭ
ޏެރު
22 February 2019
އަހާ ދައްކަންޖެހޭ ފީ =/1000 އައް ވެސް އަރުވާލަން ނުކެރުނުތާދޯ
ރެޓޭ
21 February 2019
ތީ ގުޅިގެން އާސަންދަ ދިރުވާލުގެ އަމަލަކާ ވައްތަރީ! މީ ގުޅިގެން ދައުލަތް ދަވާލުން!
ރަދީފް ހުސެން
21 February 2019
އާސަންދައިން ޑޮކްޓަރައްދެއްކުން 200 ކަވަރުކޮއްދެންޔާ ކޮންމެވެސް މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ރައްޔިތު މީހާއަތުން އިތުރައް 300 ފެލައިލާނެ. ކޮންމެ ފަސްއަހަރަކުން ދެފަހަރު ތިތާގެ އަގުތައް އެބަބޮޑުކުރޭ. މާލޭގެ ތިޔޮއްބޮޑުބިން މައުމޫނު ދައުރުން ފެށިގެން ތިހާއަގުހެޔޮ ކޮއްދީފައޮތަސް ރައްޔިތުންގެ ޖީބައްވާލުޔެއްހަމަ ހަރާން. 1.2ބިލިޔަން ހަރަދުކޮއްގެން ހެދި ޓްރީޓޮޕް ހޮސްޕިޓަލުންވެސް ތިހާވަރެއް އަރުވާނުލާ، އެކަމު މާހިދުމަތް ރަގަޅުވެފަ ފަރުވާތެރި
ދެޓްވޭ
22 February 2019
ދެންމައްސަލަ ނުޖައްސާ ޓްރީޓޮޕަށްދާންވީނު. އަހަރެންދުށިން ޓްރީޓޮޕުން ޑޮކްޓަރަށް ދައްކަން 550ރ ދައްކަންޖެހޭވާހަކަ ނޫުގައި ލިޔެފައޮއްވާ
ޢާސީ
21 February 2019
ޢަދިވެސް ކެވޭވަރު މަދީ ދެއްތޯ