އަދާލާޔު ޕާޓީން ޓިކެެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައ ޕާޓީގެ ރައީސް އިމްރާން ވާހަކަދައްކަވަނީ: މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ 9 ކެންޑިޑޭޓަކު ވާދަ ކުރާނެ -- ފޮޓޯ: ނިޝާން އަލީ/މިހާރު
23 ފެބުރުއަރީ 2019 - 19:13
ކުރިއަށް އޮތް ތަނުގައި ވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެކު މަސައްކަތްކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ ޗެއާމަން އަހްމަދު ނުއުމާން ވިދާޅުވި މީގެ ކުރިން ވެސް އެހެން ޕާޓީތަކާ އެކު މަސައްކަތްކުރުމަށް އަދާލާތު ޕާޓީން މަޝަވަރާކޮށްފައި ވާނެ ކަމަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރި އެމްޑީޕީއާ އެކު އަދިވެސް އަދާލަތުން އަންނަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއް އަމާޒަކަށް މި ދެވެނީ. އުންމީދުކުރަނީ އެ އަމާޒަށް ދާން ކުރިއަށް އޮތްތަނުގައި ވެސް އެންމެން އެއްކޮށް އަތުގުޅާލައިގެން ދެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަދާލަތުން މަސައްކަތްކުރި އިރު ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އެމްޑީޕީން ވެސް އަންނަނީ މަސައްކަތްކުރަމުން ކަމަށް ނުއުމާން ވިދާޅުވި އެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި މުއައްސަސާތައް ބާރުވެރިކުރުމާ އަދި އިންސާފު ގާއިމްކުރުން ހިމެނެ އެވެ. މީގެ ބައެއް ކަންކަމަކީ އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ކަންތައްތައް ކަން ވެސް ނުއުމާން ފާހަގަކުރެއްވި އެވެ.
އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ނުވަ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް ވިދާޅުވި އެވެ. އެ ޕާޓީން ކުރިން ޓިކެޓް ދީފައި ވަނީ އަށް ކެންޑިޑޭޓުންނަށް ކަމަށްވިޔަސް މިހާރު ވަނީ ގައްދޫ ދާއިރާ އަށް ވެސް ކެންޑިޑޭޓެއް ނެރެން ނިންމައިފަ އެވެ.
ޝާރީފް ވިދާޅުވީ އެހެން ޕާޓީތަކާ އެކު ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އަންނާނީ ރައީސްގެ ވައުދުތައް މަޖިލީސް މެދުވެރިކޮށް ހާސިލުކުރުމަށްޓަކައި ކަމަށެވެ.
"ވަކި ވަކިން ކެންޑިޑޭޓުން އަޅުގަނޑުމެން ނެރުނު ކަމުގައި ވިޔަސް ކެމްޕެއިން ކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ ވަރަށް ސުލްހަވެރިކަމާ އެކު. އެއް ޕާޓީން އަނެއް ޕާޓީ އަށް ދޭން ޖެހޭ ގަދަރު ދޭނަން،" ޝަރީފް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
24 February 2019
މަސްވަރާ ނިމޭއިރު އިންނާނީ ފިލްމު ނިމިފަ. ޤައުމު އަޅުވެތި ވެފަ. މިދެއްކީ ވަރައް ވާހަކަ.
ފިސާރި ދިވެހި ދަރިއެއްމީ
24 February 2019
ތީ ބޭކާރު ކަމެއް ދޮންކަލޯ އަންނި ތީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް
ރާއްޖެ
24 February 2019
ފޫނެތް ފަޔަށް ފެންފުރުން
ތެދުވެރިޔާ
24 February 2019
ރާއްޖެ މިވަނީ އިންޑިޔާގެ ދަށުވެފަ. އިމްރާން އިސްތިއުފާ.
ބުޝް
24 February 2019
ވަރަށް ރަނގަޅު ނިންމެވުމެއް... ވަރަށް އުފާވެއްޖެ... ބައެއްގައި އިހުލާސްތރިކަމެއް ހުރެފިއްޔާ އެއި ރަނގަޅު ސިފައެއް
ޝުޖާ9
24 February 2019
ތިބޭފުޅުންނައް ރަނގަޅު ގޮތް ވަންޔާ އެއީ އިހުލާސްތެރިކަން
ހަބީބު
24 February 2019
އަދާލަތު އޮތީ މޑޕ ގެ ދަށުވެފައި ކަން ވަރަށް ސާފު. މިއަދު އެހެން ގޮތެއް ނެތް.
މާޒީ.
24 February 2019
ތިކަން ކާމިޔާބު ވާނެހެނެއް ހިޔެއް ނުވޭ. އެމްޑީޕީގެ ރައީސްޢަކީ އެއަށްވުރެ މާ ބޯހަރު މީހެއް. މި ކޯލިޝަން ރޫޅި އިބޫއަށް ސަރުކާރު ހިންގަވަން އުނދަގޫވާނީ މީނާގެ ސަބަބުން.
ކިިނބޫ
24 February 2019
މަށަށް މަގާމުގަ ދެމި ހުރެވޭނީ މަ ކިހިނެއް އުޅެގެންތޯ ކޮން ގޮތަކަށްތޯ މަގޭ ވާހަކަ ބައްޓަން ވެފަ ހުންނަންވީ އެހެންނު. ބަންދު ނުލާ 5 އަހަރު ވަންދެން މަޝްވަރާގަ ހުންނަވާތި
ޢެޑްމުންޑޯ
23 February 2019
ހުރިހާ ކަމެއްނިމުނީމާވެސް ، މިކިޔަނި މަޝްވަރަ ކުރަމުންނޭ މިދަނި ، ހަފްތާގެ ބޮޑުޖޯކު
އިބުނާސް
23 February 2019
އެމްޑީޕީ ނުވަތަ ނަޝީދުގެ ކުންފުންޏަކީ ދޮގާއި މަކަރާއި ހީލަތް ހެދުމުގައި އަރާތިބި ބައެއްގެ މައްޗަށް އެކުލެވޭ ކަލްޓެކެވެ. އެހެންކަމުން އިމްތިހާނަށްފަހު އިމްރާން އެއްލާ ނުލަނީސް ހޭއަރާ ތި އިންޑިޔާ އަޅުވެތިކަމުގަ ތިބިކުދިން ކޮޅާ ދުރަށް ދިޔުން ވަރަށް ބުއްދިވެރިއެވެ.