25 ފެބުރުއަރީ 2019 - 19:25
އއ. ކުރަމަތީ ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހަވީރު 4:50 ހާއިރު ގެނބިގެން މަރުވީ އުމުރުން 60 އަހަރުގެ ޖަރުމަނު ޓޫރިސްޓެއް ކަމަށެވެ. އެ އަންހެން މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ރާއްޖޭގައި ގެނބިގެން ޓޫރިސްޓުން މަރުވާ އަދަދު ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ފުޅި އަޅައިގެން ފީނަން ފޭބި ޓޫރިސްޓަކު ހާލުދެރަވެގެން ފަރުވާ ދެނިކޮށް މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކް
26 February 2019
ހަނދާނަށް އަންނަނީ ރަންނަމާރި ވާހަކަ. އެއީ ކުރީ ޒަމާން. މިއީ ޓްވިސްޓަކާއެކު މި ޒަމާނުގައި މީހުންގެ ފުރާނަ ކަމަކަށް ގުރުބާންކުރާނަމަ ވެދާނެ ގޮތެއް ކަމަށް ލަފާކުރެވޭ. ނޫނީ މިއީ ޓޫރިޒަމް ހީނަރުކުރަން އެކްސްޓްރީމިސްޓް ޚިޔާލުގެ މީހުން ކޮށްފާނެ ކަމެއްކަމަށްވެސް ވެދާނެ. ގަބޫލުކުރަން ދަތިވިއަސް ސީރިއަލް ކިލަރއެއް އުޅެނީކަމަށްވެސް ވެދާނެ. އެންމެން މަރުވި ހިސާބު ޗާޓެއްގަ ފާހަގަކޮށް މިކަން ހިނގާ ޕެޓަރން ބެލުން މުހިއްމު.
މަރޭމިތުރު
26 February 2019
އަލީވަހީދު މަގާމުން ދުރުކޮށްލުމައް އާދޭސްކުރަން.
އަސޭލަ
26 February 2019
މީގެ ކުރިންވެސް މީހުން ވެސް ގެސްޓުންވެސް މޫދަށް އެރޭ. ދަތުރުވެސް ކުރޭ. ކަނޑުމަތީގެ އާދަޔާ ޚިލާފް ހާދިސާއެއް ހިނގަނީ ހާލަކުން ފަހަރަކު. ޤުނޫތު ކިޔާ ދުޢާ ކުރާ ހިސާބަށް މިހާރު ގޮސްފި.
ބައެއް ސަބަބުތައް
26 February 2019
ގެސްޓުން އަންނަ ވަރު ދަނީ ގިނަވަމުން. ލޯކަލް ޓުއަރިޒަމްގަ ގެސްޓް ހައުސްތަކަށް ރިޒޯޓްތަކާ އެއް ފެންވަރަށް ގެސްޓުންގެ ސޭފްޓީއަށް ސަމާލުކަން ނުދެވުން. ކުރިން އަންނަނީ މުޅިންހެން ޔޫރަޕް މީހުން. އެމީހުންނަށް ވަރަށް ރަނގަޅަށް ފަތަން އެނގޭ. މިއާ ހިލާފަށް މިހާރު ގިނައިން އަންނަ އޭޝިޔާ ސަރަހައްދު ގިނަ މީހުންނަކަށް ފަތާކަށް ނޭނގޭ. ވަކިން ހާއްސަކޮށް ޗައިނާ މީހުންނަށް.
ހޯ ހޯ
26 February 2019
މީ މިހާރު ކަންބޮޑު ވާން ޖެހޭ ކަމެއް
ލައިފްގާޑ
26 February 2019
ތރާއްޖޭގެ ގިނަ ރިސޯޓް ތަކަކު ލައިފްގާޑުންއެއް ނުހުރޭ، ހުންނަނީ ނޭޕާލް ކޮންމެވެސް ބަހާދުރެއް ނޫނީ ބަންގްލަދޭސް މީހެއް ސެކިއުރިޓީއަކަށް. މިއިން ގިނަ މީހުންއަކަށް ފަތާކަށް ނޭނގެއެވެ. މޫދު ހާދިސާއެއް ދިމާވާއިރަށް ތެޅެމުން ފޮޮޅެމުން ދުއްވާގަންނަނީ ޑައިވް ސެންޓަރ ނޫނީ ވޯޓަރ ސްޕޯޓްސް ތަނެއް ހުރީ އާމު އެތަނާ ދިމާލަށްށެވެ. މި ކަން ހައްލު ކުރުމަށްޓަކައި މިނިމަމް ވޭޖް 1000 ޑޮލަރ އައި ސަވިއްސް ޗާޖްއެއް ލާފައި ދިވެހި ލައިފްގާޑުން ބަހައްޓަން މޭންޑެޓްރީ ކުރޭ
މަރޭމިތުރު
26 February 2019
ގެންބިގެންބިގެން ޓޫރިސްޓުން މަރުވަނީ! އެނގިގެންތިބެ ފަރުވާނެތި ކަނޑުވަނީ!....................... ކަންކަން ބަލަންތިބި މީހުންގެ ދޯހަޅިކަން. އަޅާލުމެއް ނެތްކަން. ޓޫރިސްޓަކު ނައީމަ ބުނާނެ ނާންނަވާހަކަ ތިބެގެން. ރިސޯޓުތަކާނެދު ފިޔަވަޅެއް އަޅަން ނުކެރޭ އެއްވެސް ބަޔަކަށް. ތަހުގީގުތައް ކުރާމީހުންވެސް ކަޅިއެއްލާނުލާނެ. މަށަށް ހީވަނީ ގިނަވެރިންނަށް ރިސޯޓްތަކުން އެކޮމެޑޭޝަން ދީފައިތިބޭހެން.
މިގޭ
26 February 2019
ނުހައްގުން އަނިޔާވެރިކޮށް ވޯޓް އޮޅުވާލުމުގެ ނަތީޖާ މިފެންނަޏީ މުޅި ޤައުމަށް. ވެރިންގެ ގޮތުގައިތިބި ނުބައި ނުލަފާ މީހުންގެ ސަބަބުން މިހުރިހާ މުސީބާތެއްް މިފެންނަނީ. މީގެ ކުރިން މީހަކު މަރުވެއްޖެނަމަ އެކަން އަޅުވަމުންގެންދިޔައީ ވެރިކަމުގެ ހުރިމީހާގެ ބޮލުގައި. މިހާރު އެތިބީ އެމީހުން. މިހާރު ބޮލު ނާޅާނެ ގޮތެއް އޮންނާނެ ތޯއެވެ.
އަދުރޭސ
26 February 2019
ޓޫރިޒަމް ހަލާކު ވުމަކީ މިރާއްޖޭގެ މިނިވަންކަން ދިވެހިންގެ އަތްމަތީގައި އޮތުމަށް މާތްﷲ މެދުވެރި ކުރައްވާނެ ކަމެއް. ހަލާލު ތަކެތި ކައިގެން އެކުވެރިކަމާއި އެކު ކަނޑުން ދެއްވާ ރޯދި ބަރަކާތައް ޝުކުރު ކުރާ އަޅުންގެ ގޮތުގައި އަހަރުމެން ކުރިން ތިބީ. ބަނގުރަލާ އޫރުމަހާއި ބަރަހަނާ ކަމާއި، ރިޝްވަތާއި މީހުން މެރުމެއް ނެތް. ސްޓްރެސް އެދުވަސްވަރު ހުރީ ޒީރޯގައި. އެގޭ ދޯނި މަސްބޭނިއްޔާ މިގޭ މީހުން ތިބޭނީ ކައިގެން. މާތްﷲ މިގައުމު ނުބައި މަގުން ސަލާމަތް ކުރައްވާނ
އަހަންމާ.
25 February 2019
އެގިވަޑައި ގަންނަވާނޭ ފަދައިން ޔާމީން ވެރިކަމުގައި، މިހާރު ސަރުކާރުގަ ތިބި މީހުން ކެޑިނޭޅި މަސައްކަތްކުރީ ޓްއަރިޒަމް ފުޑާލުމަށެވެ. އެކަމަކު މާތްﷲގެ ކުޅަދުންވަންތަކަމާއިއެވެ. މިހާރު މިދިމާވާ މައްސަލަތަކުން ރާއްޖޭެގެ ޓޫރިޒަމަށް އޭގެޒާތުގަ ހީނަރުކަން އަންނާނެއެވެ.
ދެރަވަރު
25 February 2019
މިގައުމަށް މުސީބާތެއްޖެހިގެން ނޫންތަ މި އުޅެނީ ގުނޫތުކިޔަންފަށަންވީ އެންމެން. ވައްކަމާ ފޭރުމާއި މީހުންގެ ހައްގުތަކަށް އަރައިގަތުމާއި އެތައް ނުބައިކަމެއް މިގައުމުގަ ވަނީ އާއްމުވެފަ. ގިނަގިނައިން ދުއާކުރަންވީ
ކުރިވަރު
26 February 2019
މިނޫން ސަރުކާރެއްނަމަ ގުނޫތުވެސް ކިއީސް އަދި އިތުރު އެހެން ދީނީ ކަންކަންވެސް ކުރީސް.