ހިލޭ ޑިގްރީއަށް ކިޔެވޭ އުސޫލު އާއްމުކޮށް އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (މ) ވާހަކަދައްކަވަނީ: އެ ޕްރޮގްރާމުގައި މަތީ ތައުލީމް ފޯރުކޮށްދޭ ތަންތަނުން އަންނަނީ ބައިވެރިވެރިވަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 ފެބުރުއަރީ 2019 - 11:15
ސަރުކާރުގެ ހަރަދުގައި ހިިލޭ ޑިގްރީ އަށް ކިޔަވައިދޭ ޕްރޮގްރާމުގައި، މަތީ ތައުލީމް ފޯރުކޮށްދޭ ގިނަ ތަންތަނުން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިތުރުން އަމިއްލަ ބައެއް ކޮލެޖުތަކުން ވަނީ މިިދިޔަ ހަފުތާ އާއި މި ހަފުތާގެ ތެރޭގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖާއި ކްލިކް ކޮލެޖް އަދި އެވިޑް ކޮލެޖު ހިމެނެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ފެށި ޕްރޮގްރާމުގެ ދަށުން ހިލޭ ކިޔެވޭނީ ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ އެމްއެންޔޫ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގަ އެވެ. އަމިއްލަ ކޮލެޖުތަކަށް ދައްކައިދޭނީ އެ ތަންތަނުގައި ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީ އިން 40-99 ޕަސެންޓެވެ.
ހިލޭ ކިޔެވުމަށް ފަހު 1-5 އަހަރާ ދެމެދުގެ މުއްދަތެއް ވަންދެން ރާއްޖޭގައި މަސައްކަތް ކުރަން ޖެހެ އެވެ. އެއަށް މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ހުށަހެޅޭނެ އެވެ.
ސަރުކާރުން ބުނެފައިވަނީ ހިލޭ ޑިގްރީ އަށް ކިޔަވައިދޭން ފެށުމާއެކު މިއަހަރު އަލަށް 9000-10،000 ދަރިވަރުން ކިޔަވަން ފަށާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސސފޖޑޙﷲޙށޫޓޙޛ
27 February 2019
ކޮބާ މެޕްސް؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ބޯކޮބާ
27 February 2019
ގާސިމް އަކީ ރައްޔިތުންނަށް ހެޔޮއެދޭ މީހެއްނަމަ އޭނަގެ ކޮލެޖުން ރައްޔިތުނަން ކިޔަވަދޭނީ ހިލޭ ދައުލުތުން ސަބުސިޑީ ނުކޮށް.
ސަޢީދު
27 February 2019
ހިލޭ ކިޔެވޭނެކަމަށް ބުނެފައިވާނަމަ އެއްވެސް ޝަރުތެއް ކުރެވިގެން ނުވާނެ. 1 އަހާރުން ފެށިގެން އެކި މުއްދަތަށް ސަރުކާރަށް ޚިދުމަތް ކުރަން ޝަރުތުކޮށްފައިވޭ. ނޫންނަމަ ކޯސްފީ އަނބުރާ ދައްކަންޖެހޭ ކަމަށް ޤަވާޢިދުގައި ހިމަނާފައިވުމަކީ ދޮގު ހެދުމެއް!
ޟަހުރޫގު
27 February 2019
އެމް އެން ޔޫ އަދި އައި އެމް ޔޫ ގައި ޖާގަ ނެތިގެން ޕްރައިވެޓް ކޮލެޖްގަ ކިޔަވަން ޖެހި ރުފިޔާ ދައްކަން ޖެހުމަކީ ތަފާތު ކުރުން.
ސިފްމާ
27 February 2019
އިންޑިޔާ 19 މިފަހަރު ފޭލުކުރަން ރައްޔިތުން އަތުކުރި އޮޅާލަން ވެއްޖެ
ހުޅަގެގެ ފަސާދަ ޖަމިއްޔާ
27 February 2019
ކަލޭ ބޭނުންވަނީ މިރާއްޖޭގަ އިންކަމް ޓެކްސް ތައާރަފުނުކުރަން.
ސިރުމާ
27 February 2019
ޕްރައިވެޓް ކޮލެޖުތަކަށް މިހާރު ހަޔަރ އެޑިޔުކޭޝަން މިނަސްޓަރ ވަރަށް ޖެއްސުން ކުރޭ! ބައެއްތަންތަނަށް ކޯސް ފެށުމުގެ ހުއްދަ ނުދީ ހިފަހައްޓާފައި އެބަހުރި... އެހެންވީމަ އިސްތިއުފާދިނުން މުހިންމު މިކަން ނުވަންޏާ
ސިރުފާ
27 February 2019
ހަޔާ އެޑިޔުކޭޝަން މިފިލައިގެން އުޅޭ ނުބައި ނުލަފާ ވަޒީރަށް ބުނެލަން އޮތީ ކަލޭ އިސްތިއުފާ ދޭށޭ! ތީ ތިކަމަށް ކުފޫ ހަމަވާ މީހެއް ނޫނޭ!
އަހްމެޓް
27 February 2019
އަމިއްލަ ކޮލެޖްތަަކަށް ދަނީ މުއްސަަދިންގެ ދަރިން ނޫންތަ؟ ގައިމު އިންޓަނޭޝަނަލް ސުކޫލުތަކުގެ ކުދިންނަށް "ދިވެހި، އިސްލާމް، ޤްރުއާން ފޮތްބައި" ހިލޭ ނުދޭ ވާހަކަ ބުނީމާ ގިނަ ބަޔަކު ހަޅޭފަޅޭ ލަވައި، ދޭން ނުޖެހޭނޭ ގޮވައި ހެދި! ހިލޭ ކިޔަވަން ބޭނުމިއްޔާ ސަރުކާރު ކޮލެޖުތަކަށް ވަންނަންވީނޫންތަ؟ ނޫން! ހަމަ ހިލޭ ކިޔެވެންޖެހޭނެ! ސަރުކާރު ކޮލެޖްގައިވެސް އަދި އަމިއްލަ ކޮލެޖްގައިވެސް. އާދެ! ޝައްކެތް ނެތްގޮތުގައި، ގިނަ ބަޔަކަށް ހަމަ ނުވިސްނެނީ!
ާއާސިފް
27 February 2019
ޙޯވާކަހަލަ ޣިޔާސުއްދީނުގަޔާ ބިލަބޮންގްގއި އުޅެނީ ބަންގާޅު މީހުންގެ ދަރިންނޭ
ނުޝްރަތު
27 February 2019
ހިލޭ ޑިގުރީ ކިޔާއިރު.. މި ހަޔާ އެޑިޔުކޭޝަނުން ހުއްދަ ނުދީގެން ރާއްޖޭ އެތައް އިންސްޓިޓިޢުޓެއް ޑިގުރީ ނުފެށިފަ އެބަތިބި. ޚާއްޞަކޮށް އިސްލާމް ޤުރުއާން ކިޔަވައިދޭ ތަންތަނަށް ވަރަށް ޖެއްސުން ކުރޭ! މީތޯ ޕްރޮޕެގެންޑާ 19 އަކީ.. ހުއްދަ ނުދެނީ ހިލޭ ކިޔެވުމަށް ދޭން ޖެހޭ ފީ ދޭން ޖެހޭނެތީ
ސިޕްމާ
27 February 2019
ކޮބާހޭ މުވާސަލާތީ ޚިދުމަތުން ކަނޑަންބުނި ޓެކްސް ކޮބާހޭ ވިހާކުދިންނަށްދޭންބުނި ގިފްޓްބޮކްސް ކޮބާހޭ ހުރިހާ ސްކޫލެއްގެ ނާސްތާ މީ ހުސްފްލޯކް... ރައްޔިތުން ވިސްނާތި ހޭއަރާތި.. ރާއްޖެ އިންޑިޔާއަށް ވިއްކާލަން އެބަތައްޔާރުވޭ....