ރައީސް މިއަދު އައްޑު އަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން ގަން އެއާޕޯޓުން މަރުހަބާ ކިޔަނީ.
08 މާޗް 2019 - 22:30
އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު މަރަދޫގައި ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާ ގައި ރައީސް ވިދާޅުވީ އައްޑު އަކީ ވަރަށް ޚާއްސަ ތަނެއް ކަމަށާއި ތަރައްގީ ފެނިގެން ވެސް އަންނަނީ އައްޑޫން ކަމަށް ވާތީ އެއީ ކޮންމެހެން ވެސް ތަރައްގީ ކުރަން ޖެހޭ ސިޓީއެއް ކަމަށެވެ.
އެގޮތުން، ކުރިއަށް ގެންދަން ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މަޝްރޫއު ފުރިހަމަވެގެން އަންނައިރު، އައްޑޫ އާރާސްތުވާނެ އެވެ.
* 17 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރުން.
* 8،000 ޓޫރިސްޓް އެނދު އިތުރު ކުރުން.
* އައްޑޫގެ ބިން އިތުރު ކުރުން.
* ބައިނަލްއަގްވާމީ ފެންވަރަށް އައްޑޫގެ ޕޯޓް ތަރައްގީ ކުރުން.
* މަސް ބަނދަރާއި މަސް ޕްރޮސެސް ފެކްޓްރީއެއް ހެދުން.
* ކަރަންޓަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުން.
* ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.
* ސްވިމިން ޕޫލާއި ފުޓްބޯޅަ ސްޓޭޑިއަމެއް ހެދުން.
* ރާއްޖޭގެ އެންމެ ބޮޑު ޑްރަގް ރިހެލިބިިޓޭޝަން ސެންޓަރެއް ހެދުން.
* ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން.
* އިސްލާމިކް ސެންޓަރެއް ގާއިމު ކުރުން (2،000 މީހުންހެ ޖާގައިގެ މިސްކިތެއް ހިމެނޭ ގޮތަށް)
* ގުދުދަރަތީ ވަސީލަތްތަކުން ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭނެ ގޮތް ހެދުން.
* ހިމާޔަތް ކޮށްފައިވާ ތަންތަން ޔުނެސްކޯގެ މިންގަނޑަށް ހެރިޓޭޖް ސައިޓްތަކަކަށް ކަނޑައެޅުން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ތަރައްގީގެ ތަސައްވުރެއް އުފެދިގެން އައީ އައްޑޫން ކަމަށް ވާތީ، އެ ތަސައްވުރު ތަންފީޒުވެގެން ދާނީ ވެސް އައްޑޫންނެވެ. އަދި އައްޑު އަކީ މާލެ ފިޔަވައި ތަރައްގީ ކުރެވެން އެންމެ ބޮޑަށް ފުރުސަތު އޮތް ތަނަށް ވާތީ މި ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ އައްޑޫގެ ތަރައްގީގެ މަޝްރޫއުގެ ތެރެއިން މި އަހަރަށް ވެސް މި ސިޓީ އަށް 470 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
Raeesuljumhooriyya @ibusolih, Raees @MohamedNasheed #Agenda19 Campaign ah Addu City ah vadaigathumun hoonu Maruhaba eh dhannavaifi #Agenda19#Majlis19Thilafathah pic.twitter.com/d9i8ADKCtM
— MDP Secretariat (@MDPSecretariat) March 8, 2019
"އަޅުގަނޑުގެ ދައުރަކީ މި ކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތަކާއި އަދި ގާނޫނީ ބާރުވެރިކަން ހޯދައި ދިނުން،" ރައީސް ވިދާޅުވި އެވެ. "މި މެގާ މަޝްރޫ އަކީ ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެން ދާނެ މަޝްރޫއެއް. އެގޮތުން މި އަހަރު އެކަނި ވެސް އައްޑޫގެ ތަރައްގީގެ އެކި ބޭނުންތަކަށް ހަތަރު ސަތޭކަ ހަތްދިހަ މިލިއަން ރުފިޔާ ބަޖެޓް ކުރެވިފައިވޭ."
އެގޮތުން މި އަހަރުގެ ތެރޭގައި މަގުތަކާއި ބަނދަރުތަކާއި ބިން ހިއްކުމުގެ އިތުރުން އުމްރާނީ އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Raeesuljumhooriyya @ibusolih, Raees @MohamedNasheed #Agenda19 Campaign ah Addu City ah vadaigathumun hoonu Maruhaba eh dhannavaifi #Agenda19#Majlis19Thilafathah pic.twitter.com/0OErKuXacY
— MDP Secretariat (@MDPSecretariat) March 8, 2019
ރައީސް ވިދާޅުވީ، ކަންކަން ކުރުން މަގުފަހި ކުރުމަށް ކުރަން އޮތް އެންމެ މުހިއްމު އެއް ކަމަކީ ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލަށް ބާރުވެރިކަން ހޯދައި ދީ، މާލީ ގޮތުން ވެސް ފުދުންތެރި ކައުންސިލަކަށް އައްޑޫ ސިޓީ ކައުންސިލް ހަދަން ސަރުކާރުން އެހީތެރިވެދީ، އެކަމަށް މަގުފަހިކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވާތީ، އެ ޕާޓީތަކުގެ މަތިންނާއި ވެވަޑައިގަތް ހުރިހާ ވައުދުތަކުގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އެހެންވެ ބައިވެރިންނަށް ދެރަގޮތެއް ދިމާވެދާނެ ގޮތަކަށް މަސައްކަތްޕުޅު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް މި ފަހަރުގެ އާންމު އިންތިޚާބުގައި އެމްޑީޕީ ނުވަތަ 'ތިލަފަތަށް' ވޯޓް ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުނޫ
10 March 2019
ރައްޔިތުންގެ މޖިލިސް އިންތިޚާބު ކުރިއަށް އޮތީ އެހެންވެ ރައްޔިތު މީހާ ގުބޯޯ ހެއްދުމަށް ތިޔަ ބައިމީހުްނ ތިޔަ އުޅެނީ 3 އަހަރު ވެރިކަންކޮށް ނުވި ކަމެއް މިއަދު ވަކިވާނެތަ.
އައްޑޫ
10 March 2019
އައްޑޫގެ ކޮން ރަށަކަށް އޮތް މަޝްރޫޢް އެއްތޯ؟ އައްޑޫގައިވެސް އެބަހުރި މައިނޯރިޓީ ރަށްތަކަށް އިހުމާލުވެވިފައި. ހުރިހާ މަޝްރޫއެއް ހިންގަނީ ފޭދޫ އަދި ހިތަދޫގައި
މޯދީ
09 March 2019
ކަންްބޮޑުނުވޭ. އިންތިޚާބާ ދިމާކޮށް ތިކަހަލަ ރޯ ބުހުތާނު ދޮގު ވައުދުވާނެ. އެއްކަމެއް ވެސް ކޮށެއް ނުދޭނެ. ފައިސާ އޮއްސާނީ މާލެ އަށް. ރަށް ރަށު މީހުން ތިބޭނީ ކުލީގެ އަޅުންނަށް. މިކަމެއް ބަދަލެއް ނުވާނެ.
.އަލީ
09 March 2019
ތަފާތުކުރުން
އަބްދޫ
09 March 2019
އައްޑޫގަ ހުޅުޖެހި އިރަކު މިކަމެއްނޭގޭދޯ ، 8000 އެނދު ރތަރައްގީ ކުރާވާހަކަ ދައްކާއިރު 400 އެދުގެ ކެޕެސިޓީ ފުލް ކުރެވޭވަށްވެސް އަންނާނެ ގެސްޓުން ނުވޭ . އެއްފަހަރު އަންނަމީހާ ދެވަނަފަހަރަށް އަންނަން ބޭނުމެއްނުވޭ . ތިޔަކަން ކުރާނެ ފައިސާއެއްވެސް ދަވްލަތުގެ ބަޖެޓަކު ނެތް . ދަރަނި ނަގަން އަންދާޒާ ކުރި ހިސާބަކުވެސް ތިޔަ ވާހަކައެއް ނެތް. ރައްޔިތުންނޭ ހޭއަރާ ވޯޓް ދަންތުރާގަ ނުޖެހި ސަލާމަތްވާތި ؟
ްއަފްރާދު
09 March 2019
މިގޮތަށް ކޮންމެ އަތޮޅަކަށް ހުރިހާ ރަށެއްވެސް ހިމެނޭގޮތަށް މަޝްރޫޢުތަކެއް ހިންގެވުމަކީ ވަރަށް މުހިއްމުކަމެއް !
ހަބީބާ
09 March 2019
ވާ ވާ! ކިޔާ އިލެކްޝަން ޑްރާމާ ހޭ؟
ސަޅިބައިސާސް
09 March 2019
މަގޭ ސުވާލަކީ. މިހާރުވެސްހުރި މިތަންތަނުގެ އިތުރުން ހަދާތަންތަންތޯއޭ. އެހެންކަމަށްވަންޏާ ކިތަންމެހާވެސް ރަނގަޅޭ.
ކިނބޫ
09 March 2019
ކޭކު ފަޅައިން ބެހި އިރު ނުފެނުނު އައްޑޫ މަޖިލިސް ކެމްޕޭނުކުރަންވީމާ ފެނިއްޖެ! މަ ކައިރިޔަށް އަންނަނީ ކިނބޫ ހިނި.
މަހަށްދަގަ.
09 March 2019
މި ރީނދޫ ހުމުހެ ބައިގަނޑަށް އަތޮޅުތެރެއިން ފެންނާނި އައްޑޫ އެކަނި..މިމީހުން ޤަބޫލުކުރަނީ އައްޑޫ އެކަނިކަމަށް އަތޮޅުތެރޭގަ އޮންނަނީ.. އިންތިހާބުގަ މަމެންގެ ގޮނޑިތަށް ހޯދަން ނާދޭ ތިޔަ ގެންނަ ތަންތާނގެ ގޮނޑިތަކާ މަރުފަލިޖަހާ.