ގާސިމާއި ނަޝީދު: އެމްޑީޕީގެ ރައީސަކީ ނަޝީދު ކަމަކަށް ގާސިމް ގަބޫލުފުޅެއް ނުކުރައްވާ.---ފޮޓޯ: މިހާރު
09 މާޗް 2019 - 01:02
އެމްޑީޕީގެ ރައީސަކީ މުހައްމަދު ނަޝީދު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ ޕާޓީގެ ރައީސެއް ކަމަށް ބަލައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާގައި، އެމްޑީޕީގެ އަސާސީ ގަވައިދާ ހަވާލާ ދެއްވައި ގާސިމް ވިދާޅުވީ، އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާ ވަގުތެއްގައި އެ ޕާޓީގެ އެންމެ އިސް ފަރާތަކީ އެ ބޭފުޅާ ކަމަށެވެ.
"އެހެން ކަަމަށް ވަންޏާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ޕާޓީގެ އެންމެ އިސްވެރިއަކީ،" ގާސިމް ވިދާޅުވި އެވެ.
https://mdp.org.mv/wp-content/uploads/2018/07/DOC150718-15072018095040.pdf
އެމްޑީޕީގެ އަސާސީ ގަވައިދު
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެމްޑީޕީ ވެރިކަމުގައި އޮންނައިރު، އެއިރެއްގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އެ ޕާޓީ އަށް ނިސްބަތްވާ ނަމަ ޕާޓީގެ އެންމެ އިސްބޭފުޅަކީ އެއީ އެވެ. އަސާސީ ގަވައިދު ބުނާ ގޮތުން، އެމްޑީޕީގެ ރައީސަކީ އެ ޕާޓީގެ އެންމެ އިސްބޭފުޅަކަށް ވަނީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު އެވެ.
އެމްޑީޕީގެ އެންމެ އިސްވެރިޔާގެ ޒިންމާތައް ވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައި ސާފުކޮށް ބަޔާންކޮށްފައި ވެ އެވެ. އެއީ، އެމްޑީޕީގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަދި ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ޕާޓީގެ އަސާސީ ގަވައިދުގެ ހުދޫދުގެ ތެރޭގައި ޕާޓީގެ ގުނަންތަކާ މަޝްވަރާ ކުރައްވައި އެ ފަރާތްތަކާ އެކީ މަސައްކަތް ކުރެއްވުމެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލިހާއި ގައުމީ ހިންގާ ކޮމިޓީ އާއި ޕާލަމެންޓްރީ ގުރޫޕްގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ވެސް ޕާޓީގެ އެންމެ އިސްވެރިޔާގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއީ، އެމްޑީޕީގެ އަސާސީ ގަވައިދުގައި ބަޔާން ކޮށްފައިވާ ގޮތުން ނަމަ، މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒިންމާ އާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި އަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އަދި ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަމަކު، އެމްޑީީގެ ރައީސަކީ ނަޝީދު ކަމަށް ވާއިރު، ޕާޓީގެ ގިނަ ކަންކަން، ޕާޓީގެ އެންމެ އިސްވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުބައްސަވައި ސީދާ ނަޝީދު ނިންމަވައި ތަންފީޒު ކުރައްވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މިރޭގެ ހަފުލާގައި ގާސިމް ވިދާޅުވީ، ކާބަފައިން ދިވެހިންނަށް ގެނެސްދިން މިނިވަންކަން ޖުމްހޫރީ ޕާޓީން ނަގަހައްޓާނެ ކަމަށެވެ. އަދި އެއީ ދީނީ ގޮތުން އޮތް ވާޖިބެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމަކަށް އެއްގޮތަކަށް ވެސް އެހެން ދީނެއް ތައާރަފުކޮށްގެން، ބުދު ފައްޅި އަޅައި ނުހެދޭނެ. އެކަމެއް ނުކުރެވޭނެ. ހަނދާން ނައްތާލައްވާ. އަދި މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެރިއަކު ހޮވުމުގެ ބާރު ލިބިގެން ނުދާ ގޮތަކަށް ގާނޫނުއަސާސީ ބަދަލުކޮށްގެން، ޕްރައިމް މިނިސްޓަރަކު ބަހައްޓައިގެން، ރައީސުލްޖުމްހޫރިއްޔާ އަކަށް ހޮވޭ މީހަކީ ކުޅޭ މީހަކަށް ހަދައިގެން އެކަމެއް ވެސް ނުކުރެއްވޭނެ. ހަނދާން ނައްތާލައްވާ،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސީނުތަށި
10 March 2019
އިންކަމް ޓެކްސް ހަމަ ނެގެން ވާނެ. ކޮސް ގޮވަ ގޮވާ ހުރޭ. އެންމެންނަށްވެސް އިނގޭ މީނަ މިހާރުޅިއައިސްގެން މިއުޅެނީ މީނަ ޓެކްސްގެ ގޮތުގައި ސަރުކާރަށް ލާރިކޮޅެއް ދައްކަން ޖެހިދާނެ ކަމަށް. އެކަން ވެސް ކުރާނެ ކޮންމހެން އަންނި މަގިލީހަށް އަޔަސް ނަޔަސް
ފޭން
10 March 2019
ބޯގޯސް ސޭޓް ... މިހާރު ހުރިހާ އަބިކަބަލުންވެސް ތިއްބެވީ މަނިކުފާނާދޭތެރޭގައި ނުރުހިފައި ... ފުރަތަމަ އަބިން ދެން ގައުމު .... ބޯގޮވަނީ ތިޔޮށް ވެރިކަމެއް ނުލިބޭނެ ބޯގޯހުންނަކަށް ...
ދޮގެއްތަ؟
10 March 2019
އެހެން ނުބުނެވޭނެ. އެއީ ރައީސުލްޖުމްހޫރިއްޔާ ނަންބަރު 2. ކެކެކެކެ
އަޙުމަދު،
10 March 2019
ސޭޓަކީވެސް އަހަރެމެން ޤަބޫލުކުރާ ލީޑަރެއްނޫނެވެ. ތިޔައީ މިޤައުމުގެ ހަލާކެވެ، އަނގަ އޮތީމަ މިހެންވެސް ބުނެވިދާނެ،
މަގޭޤައުމު
10 March 2019
އަހަރެމެންތެރޭގަ ރީނދޫ ހުމުގައި ޢުމުރު ހޭދަކުރަން ޖެހުމުގެ ސަބަބުން ވާނުވާ ނޭނގިތިބި އިންސާނުންތަކަކަށް އެކަން ޤަބޫލު ނުކުރެވުނަސް، މުޅި މި ކޯލިޝަން ފުނޑުފުނޑު ކުރީ ކެނެރީގޭ ނަޝީދު. ދުވަހަކުވެސް މޑޕ އަށް ވޯޓެއް ލާކަށް ދެން ނެތިން. ޕާޓީގެ މެމްބަރު ކަމުން ވަކިވަން މި ނިންމީ ލައްކަ ދުވަހު ކެތް ކުރުމަށްފަހު، ޕާޓީގައި އިންސާފެއް، އުޞޫލެއް ނެތްކަން ސާބިތުވާތީ. ވަރަށް ސަލާމް.
އަޙުމަދު،
10 March 2019
މަގޭޤައުމު، އެމް.ޑީ ޕީން ވަކިވެއްޖެ ނަމަ އެޕާޓީ ވެސް ވުޖޫދުން ފޮހެވިގެން ހިނގާދާނެ، ހާދަ ދެރައޭ ، ތިހެން ނުހައްދަވާ، މިގައުމުގަ އުޅެނީ ހަމައެކަނި ތިމާ މީހާއެކަނި ވިއްޔަ.
ހޭ
10 March 2019
ކަލޭ ގަބޫލުކުރޭ ކަލޭ އެކަނި. ވެރިކަމާ ހުރެ ހޭބަލިވެފަ.
އާދަނު ކެލާ
10 March 2019
އެމްޑީޕީގެ ބައެއް މީހުންނަށް ގަބޫލެއް ނުކުރެވޭނެ. އެމީހުންނަކީ ހަރުގޭން ދައްކާ ވާހަކަ އެކަނި ގަބޫލު ކުރާ މީހުން
އަބްދޫ
10 March 2019
އެމްޑީޕީ ގެ އަސާސީ ގަވާއިދުގަ އޮތްގޮތުން ޕާޓީގެ އިސްވެރިޔަކީ އަދި ޕާޓީގެ ރައީސަކީ ވެސް އިބްރާހީމް މުހަންމަދު ސާލިހް .އެގަވާއިދުގަ ވަނީ ޕާޓީގެ ފަރާތުން ޕާޓީގެ މަމްބަރަކު ރައީޫސަކަށް ހޮވިއްޖެނަމަ ޕާޓީގެ ރައީސަކީ އަދިޕާޓީގެ އެންމެ އިސްމަގާމުގާ ހުންނވާނީ ރައީސްކަމުގެމަގާމުގާ ހުންނަ މީހަކުކަމަށް. ވީމާ ނަސިދަކީ ޕާޓީގެ ރައީސެއްނޫން އެއީ އާއްމު މެމްބަރެއް.
ބައްދޫ
10 March 2019
ދުވަހަކުވެސް ޕާޓީގެ އަސާސީ ގަވައިދު ފެނިފައި ނެތް މީހަކު ކޮށްފަ އޮތް ކޮމެންޓެއް މިއީ. އެއްވެސް ތަނެއްގައި ޕާޓިގެ ރައީސްގެ މަގާމު ބަދަލުވާ ވާހަކައެއް، އެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކިވާ ވާހަކައެއް އެމްޑީޕީ އަސާސީ ގަވައިދަކު ނެތް.
ކަލޭދެންދޯ
09 March 2019
އަޅުގަނޑު ގަބޫލުކުރާ ޖޭޕީގެ ލީޑަރަކީ ނަހުލާ.
ޔާސްމީން
09 March 2019
މީދެން ބޮޑުވެއްޖެ އުނދަގުލެއް ކަހަލަ މީހެއް. މީނަގެ ޕާޓީގަ މިތިބީ ކޮންކަމަކާ ބިރުން ދުރައްޖެހެން ނުކެރިފަ ތިބި ބައެއްބާ؟ އަނެއްކާވެސް ބޮނޑިބޯން އުޅޭ ފާޑު އަބަޖަހާ.