އިމްރާން: އަދާލަތު ޕާޓީއަށް މަޖިލީހުން އެކަށީގެންވާ ހިއްސާއެއް ލިބެންޖެހޭ ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
11 މާޗް 2019 - 14:25
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަދާލަތު ޕާޓީ އަށް އެކަށީގެންވާ ހިއްސާއެއް އޮތުން މުހިންމު ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް މަގުފަހި ކުރުމަކީ އަދާލަތު ޕާޓީން ހުށަހެޅި މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި އެފަދަ އިތުރު ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަންނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް އެކަށީގެންވާ ހިއްސާއެއް އޮތުން ވަރަށް މުހިންމު ކަމަށެވެ.
Harudhanaa usoolehge dhashun, Pension faisaain farulu hajj veveyne magufahikurumakee AP in hushelhi menifesto ge #sathirees siyaasathu gai himeney vaudheh. Rayyithun edhey mifadha ithuru huvafenthah haqeeqathakah hedhumah #Majilis19 gai AP ge ekasheegenvaa hissaaothun v muhimmu. pic.twitter.com/MWZiwHCRpC
— Imran Abdulla (@ShimranAb) March 11, 2019
އިމްރާންގެ ޓްވީޓް
ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
އަދާލަތު ޕާޓީއަށް އެކަށީގެންވާ ހިއްސާއެއް ރައްޔިތުންގެ މަޖިލީހުން ލިބެންޖެހޭ ކަމަށް އިމްރާން ވިދާޅުވިއިރު، ސަރުކާރު ކޯލިޝަންގެ މެދުގައި މަޖިލިސް ގޮނޑިތައް ބެހުމުގެ މައްސަލައިގައި ކޯލިޝަން ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން ވަނީ އުފެދިފަ އެވެ.
އެގޮތުން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު އެކަމުގައި އެއްބަސްވުމަކަށް ނާދެވި، ޖުމްހޫރީ ޕާޓީން ވަނީ އިދިކޮޅު ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރާނެކަން ހާމަކޮށްފަ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ދެމެދު ވެސް ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
12 March 2019
އަދާލަތު ޕާޓީގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިއްޖެ. މިޕާޓީއަކީ ދީނީ ތޮފި އަޅައިގެން މަގާމުތަުގެ ދަހިވެތި ކަމުގައި މަސައްކަތްކުރާ ބައިގަނޑެއް. ި ސަރުކާރުން ދީނަށް ފުރައްސާރަ ކުރާ އިރުވެސް ލިބިހުރި މަގާމުތައް ގެއްލި ދާނެތީ އެއްޗެއް ބުނާކަން ނުކެރޭ. އަދާލަތައް އެންމެ ގޮނޑިއެއްވެސް ލިބުމާ ވަރަށް ދުރު. ތިޔަ މީހުންގެ ހަގީގަތް ވޭތުވެ ދިޔަ 3 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އެނގި ހާމާވެއްޖެ
އަބްދުﷲ
12 March 2019
އަދާލަތު ފާޓީ އަކީ ރައްޔިޔުންގެ ތާއީދު އޮތް ޕާޓީއެއްނޫން. އެހެންވެ ވޯޓެއްވެސް ނުލިބޭނެ. އެމްޑީޕީ ދަށުވެގެން ތިކުޅޭ ކުޅިއަށް ވޯޓެއް ނުލިބޭނެ.
މިއަދު
12 March 2019
އަދާލަތަށް މަގޭވޯޓުދޭނީ އިމްރާނު އަދާލަތުންޕާޓީން ނުވަތަ ސަރުކާރު ކޯލިޝަނުން ވަކިވެއްޖެކަމަށް އިޢުލާނުކުރުމުން
އަލިއްޕޭ
11 March 2019
ބަލަގަތިހާ ހިތްވަރެއް ހުރީވިއްޔާ އަދާލަތު ޕާރޓީން މަޖުލީހުގެ ހުރިހާ ދާއިރާއަކައް ވާދަކުރަންވީނު އެކަމަކު ގޮތްނިންމާނީ ރަތްއިތުން.
މަޒީނާ
11 March 2019
ޕެންޝަން ފައިސާއާއި ނުބެހި ހައްޖައް ދެވޭނެ ފަންޑެއް ބޭނުންވަނީ.. އެހެން ޕެންޝަންގެ ލާރިތައް ނެތިއްޖެއިޔާމުން ޕެންޝަންއޮތުމުގެ އެއްވެސް މާނައެއްނެތް. ޕެންޝަން އަކީ ވޮލަންޓެރީ އެއްޗަކައް ހަދަންޖެހޭ. މަލްޓިބިލިޔަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓުރީއެއް އޮތް ގައުމެއްގެ ސަރުކާރަކައް އަހަރަކު 2000 މީހުން ހައްޖައް ފޮނުވާލެވޭނެހާ މާލީ ފެންވަރެއް ނެތިއްޔާ އަދި އާބާދީގެ ބޮޑުބަޔަކައް ކަމެއް ދިމާވާ ދުވަހުން ކަމެއް ކޮއްދެވޭނެތަ.؟ ލަދުގަނޭ..އަހަރެމެން.
އަފްށީން
11 March 2019
މަޖިލީހަކީ ކަލޭމެން ކުޅިވަރު ކުޅެން ހަދާ ކުންފުންޏެއްނޫން ހިއްސާ ޑިމާންޑު ކުރާކައް. މި އަދާލަތުން ދީނޭ ކިޔައިގެން ކޮންކަމެއްތަ ކުރީ.. ދީނާ ދިމާ އިދިކޮޅުވާހަކަ ދައްކަމުންދާއިރު ހައްޕު ކިޔައިގެން ތިބި ބަޔެއް. ކަލޭމެން ތިބުމަކީ ނެތުމަކީ ހަމަ އެއްފަދައެވެ. ކަލޭމެންނަކައް ދޭންޖެހޭ އެއްވެސް ވޯޓެއް ނޯންނާނެ..
ޔެސް
11 March 2019
އަދާލަތު ޕާޓީއަކީ އެއްވެސް އިރެއްގައި ބަޔަކު ބަލައިގަތް ޕާޓީއެއްނޫން. އަދި ދުވަހަކުވެސް މަޖްލީހުން ދެ ގޮނޑިވެސް ލިބުނު ބައެއްނޫން. ދެން މިއަދު މާ މުހިންމުވެގެން ތި އުޅެނީ އަނެއް ބަޣާވާތަށް ސޭޓުގެ ފަހަތަށް އަރަން ކަމަށް ބެލެވެނީ.
ހުސެން
11 March 2019
ތިކަން ރައްޔަތުނ ބޭނުނވާގޮތައް ވޯޓުން ނިއްމާާނެއެވެ. ޢަދާލަތުން ވެސް މެމްބެރުން ނެރުއްވާށެވެ. ފޗ
މުހައްމަދުޖުދު
11 March 2019
އެއީ ކީއް ކުރަންށޯ؟
އެއީ
12 March 2019
ކޮން ށޯ އެއް؟
އެމްސް
11 March 2019
ވިޔަފާރިވެރިން މަޖިލިހަށް ވަނީމަ އުޅެވޭނީ ޝެއަރ މާރކެޓްގަ އުޅޭހެން