19 މާޗް 2019 - 12:58
ފުވައްމުލަކުގައި އިމާރާތްކުރަން ނިންމާފައިވާ 1،500 ހައުސިން ޔުނިޓްގެ ތެރެއިން 200 ހައުސިން ޔުނިޓްގެ ސައިޓުގެ ލޭންސްކޭޕް ޑިޒައިންކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ފުވައްމުލަކުގެ 1،500 ހައުސިން ޔުނިޓްގެ ތެރެއިން 200 ހައުސިން ޔުނިޓްގެ ސައިޓުގެ ޑިޒައިން ކުރާނެ ބަޔަކު ބޭނުންވާ ކަމަށާއި މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮންރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ބީމަލަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 4 ގަ އެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 80،000ރ. ހުށަހަޅަންޖެހެ އެވެ.
މި މަޝްރޫއުއަށް 12 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.
ސަރުކާރުން ވަނީ ޅ.ނައިފަރުގައި ވެސް 100 ހައުސިން ޔުނިޓް އަޅަން އިއުލާނުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުން ގެދޮރުގެ މަޝްރޫއުތަކަށް 547.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މިދިޔަ އަހަރު ގެދޮރު އިމާރާތް ކުރުމަށް ކަނޑައަޅާފައިވަނީ 262 މިލިއަން ރުފިޔާ އެވެ.
ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފެށުމަށް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް، އާންމު އިންތިޚާބުގައި މާފަންނު އުތުރު ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ ވެސް މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދދ
20 March 2019
ކީއްވެހޭ ފްލެޓް ނުކިއަނީ؟ ކާކަށް އޮޅުވާލަންހޭ؟ ހުރިހާ ބިމެއް މަހުޖަނުންނަށްހޭ؟
ކަނބިލި
19 March 2019
ވޯޓް ކައިރިވީމާ ތިޔަ ހުރިހާ ލޭންޑު ސްކޭޕެއްވެސް ހަދާނެ
އަފުން
19 March 2019
ފުވައްމުލަކަށް އެއްމެ ރަގަނޅީ ރޯހައުސް،
ބޯންޑޭ
19 March 2019
ސަރުކާރެއްހޮވަނީ ރިޔަލްއިސްޓޭޓް ވިޔަފާރިކޮށް ދިވެހިންގެ ދިރިއުޅުމާއި ބީރެއްޓެހި އާއިލާއެއް ދިރިއުޅެން އެކަށީގެންނުވާވަރު ތަންތަންކޮޅުހަދާ ބޮޑުއަގުގައި ރައްޔިތުންގެ ބޮޅުގައިއަޅުވާ އާމްދަނީ ކުލީގެގޮތުގައި އުމުރުދުވަހު އަތުލުމަކަށްނޫނެވެ. ރައްޔިތުން ރެފިއުޖީންކަމުގައި ނަހަދާށެވެ. ރެފިއުޖީޓެންޓަށް ގޯތިގެދޮރޭ ކިޔައިގެން އޮޅުވާނުލައްވާށެވެ. ގޯތިގެދޮރަކީ އާއިލާ ބޮޑުވެ ތަނަވަސްކަން އިތުރުވާ ވަރަކަށް ތަރައްޤީ ކުރެވޭނެގޮތަށް ހުންނަ މިނިވަން ދިރިއުޅުމެކެވެ
ކާކު
19 March 2019
ކޮބާތަ ކުރީސަރުކާރުން އަޅާފަ ހުރި ފްލެޓްތައް އެތަން ތަންވެސްމިހާރު ބާވެ ފީ ވެގެން ގެންގޮސް ބޮލަން ވެއްޓެން ކައިރިވެއްޖެ.
ޙަބީބު
19 March 2019
މާލޭގަތިބި ފުވައްމުލަކައް ފޫޅުކެނޑި ހުރިހާމީހުންނައް ކޭޓާ ކުރެވޭވަރުކުރާތި މާލެޔައް ލުއިކަން ލިބޭވަރައް ފުލެޓުއަޅާ އައްޑޫ ފުވައްމުލަކުގަ އަވަހައް އެއައްފަހު އަލްހާނާ ޖަމީލުމެން ފަދަމީހުން އަނބުރާ ރަށައްބަދަލުކޮއްދީ ކޮންމެހެން މާލޭގަ އުޅޭނިކަމެއްނެތް އެމީހުން ގޮސްރަށާތިބޭ
ސަކީނާ
19 March 2019
ފުވައްމުލަކުގައި އަޅާފަހުރި ފްލެޓްތައް ބާވެ ވީރާނާވީއިރުވެސް އެތަން ބަޔަކަށް ނުދޭ. މިވަގުތު އެންމެ މުހިންމުކަމަކަށް ފުވައްމުލަކު މީހުން ބޭނުންވަނީ މަގުހަދަން. އެކަން ކޮށްދީ!
6666
19 March 2019
ހާދަހާ ވާ ނބބއކ. ފްލެޓޭ ނުކިޔަން ކިއަނީ ހައުސިން ޔުނިޓް. ފްލެޓް ބޭނުން ނުވެގެން ޔާމީންވެސް ބޭލީ. އަނެއްކަ މިޖެހުނީ އަނެކަތި ބާލަން.
ކަރީމުއްދީން ބާޝާ
19 March 2019
ހާދަ ހައުސިން ޔުނިޓެކޭ. ބޯހަލާކު.