ބަޖެޓްގައި ނެތި ބޮޑު އީދަށް ހޭދަނުކުރަން ހދ. ހަނިމާދޫ ކައުންސިލަށް އޭސީސީން ވަނީ އަންގާފައި
29 އޯގަސްޓް 2016 - 15:43
ހދ. ހަނިމާދޫގައި އަންނަ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރަން ބޮޑު ހޭދައެއް ކުރަން ރަށު ކައުންސިލުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށާއި އެ ފައިސާ ޚަރަދުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަނިމާދޫ ކައުންސިލަށް މިއަދު އަންގައިފި އެވެ.
އީދަށް ހަނިމާދޫ ޒީނަތްތެރި ކުރުމަށާއި އީދު ކުޅިވަރުތަކަށް ނުވަ ލައްކައެއްހާ ރުފިޔާ ޚަރަދުކުރަން އެރަށު ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެ ފައިސާ ނަގަން އުޅުނީ އެ ރަށުގައި ކުނި ނައްތާލަން މި އަހަރު ކަނޑައަޅާފައި އޮތް ބަޖެޓުންނެވެ. އެ މައްސަލަ އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅުމުން އެކަން މަޑުޖައްސާލަން ކޮމިޝަނުން އެންގި އެވެ. އެ އެންގުމާ އެކު ކައުންސިލުން އަަނެއްކާ ނިންމީ ބަޖެޓުގެ އެހެން ބަޔަކުން އެ ހޭދަކުރާށެވެ.
އެ މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޚަރަދުކުރަން ކައުންސިލުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ އެގޮތަށް ފައިސާ ޚަރަދު ނުކުރުމަށާއި އެކަން ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަން ހަނިމާދޫ ކައުންސިލަށް އަންގާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީން ބުނީ ބަޖެޓްގައި ނެތި ކުޅިވަރުގެ އެއްވެސް ކަމަކަށް ޚަރަދުކޮށްގެން ނުވާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާއިރު ބަޖެޓްގައި ނުހިމެނޭ ކަންކަމަށް ޚަރަދު ކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ފައިސާ ޚަރަދުކުރަން ޖެހޭނީ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދުގެ ދަށުން ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.
އަންނަ ބޮޑު އީދު ފާހަގަކުރަން ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރަން ނިންމާފައިވާ ނަމަ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް އޭސީސީން ބުނެ އެވެ. އެހެންވެ އެފަދަ ޚަރަދެއް ނުކުރުމަށާއި އެކަން ކޮށްފި ނަމަ އޭސީސީގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.
އޭސީސީގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބުނަނީ އެ ކޮމިޝަންގެ ނިންމުމަށް ތަބާނުވެއްޖެ ނަމަ އެއް މަހަށް ޖަލަށް ލުން ނުވަތަ ތިން މަހަށް ގޭގައި ބަންދުކުރުން ނުވަތަ 3،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުލޫމާތު
03 September 2016
ތ ކަނޑޫދޫ ކައުންސިލުންވެސް އީދަށް ކުޅިވަރު ޢެއްޗެހި ގަންނަ މައުލޫމާތު ލިބޭ އަނެއްކާ އެސޮޜު މެން އެހަދަނީ ކިޙިނެއްބާ؟؟؟؟؟؟؟؟؟
ގާހަކަ
30 August 2016
މާލޭގަ މިނިވަން 50 ފާހަގަކޮށްގެން ފަޔަށް ހިނިއަރައިގެން އުޅޭ މީހިންނަށް ބުނެލަން އޮތީ، މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނޭ. އެކަކުންޏެއްގެ ހަރު ކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ. ކައުންސިލަށް ބުނެލަން އޮތީ ތެޅުނު ވަރަކަށް ފައިބާނީ ހުޅުބޭ. ވަރަށް ވެދުން.
ކަނބިލި
30 August 2016
ބައެއް ކޮމެންޓްތައް ކިޔާލުމުން ދޭހަވަނީ ބަޔަކު ގޯސްކަމެއް ކޮށްފަ އޮތީތީވެ ތިމަންނަމެމްނަށް ވެސް އެގޮތަށް އެކަން ކުރެވެން ޖެހޭނޭ. މާލޭގަ މިނިވަން 50 އަށް ބޮޑު ހަރަދު ކުރީމަ ހަނިމާދޫއަށްވެސް އެކަން ކުރެވޭނޭ. ނަމަވެސް މާލެއަށް އެހަރަދު ކުރީ ކޮންފައިސާއަކުން ކަން އެންމެނަށް ވެސް އެނގޭ. އަދި އެފައިސާ ހޯދިގޮތްވެސް އެގޭ. ވީމާ ހެދެން މިއުޅޭ ގޯސް ރަގަޅުކޮށް ގާނޫނަށް ތަބާވުމަކީ އެންމެ ރަގަޅުގޮތް.
ހުސެއިނާ
29 August 2016
ކޮބާ އެކިއެކި ކުޅިވަރާ މަޖަލަށް މާލޭގައި ހަރަދުކުރާ ހުރިހައި ދިވެހި ރއްޔިތުންގެ މިލިއަނުން ރުފިޔާގެ މައްސަލަ. ފިޔަވަޅު އެޅިދާނެބާ.
ކީކޭތަހީވަނީ
29 August 2016
މިކަމުގަ އޭސީސީ އިން މިހާ ކަންބޮޑުވެގެން މިއުޅެނީ ކީއްވެބާ؟ ހަނިމާދޫ ރައްޔިތުންގެ ފައިސާއިން އަށެއްކަ ވަރަކަށް ލައްކަ ޚަރަދުކުރާތީ ހެޔޮއެދިގެން އެކަން ހުއްޓުވަން އުޅޭއިރު ހަމަ ދިވެހިރައްޔިތުން ފައިސާއިން އެތައް ބިލިއަން ރުފިޔާއެއް ބަޔަކު ވަގަށް ނަގާ ދިރުވާލައިގެން އުޅޭއިރުވެސް ރިޕޯޓް ހެދުމުމުގަ. ވާކަމެއް ހަރާންތޯއްޗެ. އެވެސް ހަމަ ދިވެހި ރައްޔިތުންގެ ފައިސާ.
ބޭކާރު
29 August 2016
ކޮންމެމީހަކަށް ވެސް ގޯހެއް ހެދިދާނެ. ރަގަޅު ގޮތަކީ ގޯހެއް ހެދުމުން ހެދުނުގޯސް ގަބޫލުކޮށް އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައެޅުން. ނަމަވެސް މި ފެންނަނީ ގޯހެއް ހެދުމުން އެކަން ގަބޫލުނުކޮށް އިތުރަށް ގޯސް ހަދަމުންދާތަން. މިކަމުން ދައްކައިދެނީ ކައުންސިލްގެ އަސްލު ފެންވަރު. އެއެއްޗަކު ނެތް ދިޔައް ނުފެލޭނެ. މިއަދު ހަނިމާދޫ ރައްޔިތަކަށްވީތީ ލަދުގަނޭ. ގަމާރު ކަމުގެ އިންތިހާ.
އަބުރު
29 August 2016
ސަޅި ތިކަމުގަ އޭސީސީ އަށް ހަރުބަސް އަޑު ހަރުކޮށް ބުނެވޭނެ ކަމަށް ފެނޭ.
ސާބަސް
29 August 2016
ތަރައްގީ ނުވިޔަސް ހެޔޮތާ...މާދަންވެސް އެންމެ ކުރިން ވޯޓުދޭން ނިކުންނާނީ ހަމަ ތިރަށު މީހާ ވިއްޔާ...ދެންކޮން މާލެ އެކޭ ކިޔާކަށްތަ! ތައްޔާރުވޭ މާދަންވެސް ވޯޓު ލާންދާން....އޭރުން ރަށް ތަރައްގީ ވާނީ...
ސާބަސް
29 August 2016
އަދިވެސް ވޯޓު ލާބަލަ އެކަހަލަ ތަފާތު ކުރާ ރައީސުން ހޮވަން..ތަރައްގީ ނުވިޔަސް ހެޔޮތާ... މިއަދު ހަޅޭއްލަވާފަ މާދަން ނިކުންނާނެ ވޯޓުދޭން...މާލެ އަށް ވުރެ ގިނަވާނެ ތިރަށް ތަކުން ދޭ ވޯޓު..ދެންކޮން ހަޅޭކެއްލަވާކަށް..
ޯއުންބެ
29 August 2016
ރުފިޔާ އެބޯތެ ބަލަ ހަނިމާދޫ ރައްޔިތުން އަތުގަ އޭ ސީ ސީ ން ހުއްޓުވާ ބަލަ.....