އައިޖީއެމްއެޗްގެ އިމާރާތް: އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އަންނަނީ ފަރުވާދެމުން--ފޮޓޯ: ނިޝާން އަލީ/ މިހާރު
24 މާޗް 2019 - 10:38
މާލޭގައި ރޭ ދަންވަރު އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވި ދެ ސައިކަލް، ސިއްތިމާވާ ހިނގުން ގުޅުނު ކަންމަތިން ޖެހިގެން ހިނގި އެކްސިޑެންޓުގައި 19 އަހަރުގެ ފިރިހެނެއްގެ ކޮނޑުހުޅާއި ކޮލުގެ ކަށިގަނޑެއް ބިނދިފައިވާ ކަމަށެވެ.
އޭނާއަށް ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެމަޖެންސީގައި ފަރުވާ ދެމުން އަންނަކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވި އެވެ.
އެކްސިޑެންޓު ވުމުން، އަނެއް ސައިކަލުގައި އިން މީހާ ވަނީ ފިލައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކަ މުހައްމަދު
24 March 2019
މެޑަމް، ކޮބާ ހެލްމެޓް!
ނަން
24 March 2019
ބާރަށް ދުއްވާމީހުން ގެ ލައިސެންސް ބާތިލް ކޮށްލަބަލަ. އެކަމަށް ފިޔަވަޅު އަޅަން ވެއްޖެއެންނު ހުރިހާ ކަމެއް ހުއްޓާފަ.ހަމަ އެކުސިޑެންޓް ވެއްޖެ އޭ މީޑިއާ އޮފޝަލް ބުނީމަކާ ނުނިމޭ. ލިމިޓެއް ވެސް އޮންނަން ވާނެ ދޯ. ދެވަނަ ފަހަރަށް ބާރަށް ދުއްވަން ކެރޭ ތޯ ބަލާ ބަލަ އޭރަށް
ދެރަވ
24 March 2019
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވި ދެ ސައިކަލް، ސިއްތިމާވާ ހިނގުން ގުޅުނު ކަންމަތިން ޖެހިގެން ހިނގި އެކްސިޑެންޓުގައި 19 އަހަރުގެ ފިރިހެނެއްގެ ކޮނޑުހުޅާއި ކޮލުގެ ކަށިގަނޑެއް ބިނދިފައިވާ ކަމަށެވެ. އާޅެ މި ބާރަށް ދުއްވާމީހުންނަށް އެއްގޮތަކަށްވެސް ނުދުއްވޭގޮތް ހަދާބަލަ. މި ކަމުގެ ސަބަބުން ރަނގަޅަށް ދުއްވާމީހުންނަށްވެސް ބޮޑު ބިރުވެރިކަމެއް. ހާދަބާރަކަށޭ މިވެރިން ދުއްވަނީ.
މަރޭމިތުރު
24 March 2019
ހަލި މަގުތަކުގައި މެކުހައް ނުޖަހާށޭ! ބަލިމީހަކަށް ވެދާނޭކަން ދަންނާށޭ! ހެލްމެޓް ފުރަތަމަ ކަމަކަށް ވިސްނާށޭ!............. ހައިވޭތަކާއި، ފަސޭހައިން ދުއްވެން އޮންނަ މަގުތަކުގައި އިންޖީނުގެ ސުޕީޑު ބާރުކުރާކައްނުވާނެ! ގަވާއިދަށާއި ސަލާމަތައް އަބަދުވެސް ވިސްނަވާ!
ރަދީފް
24 March 2019
ދަންވަރު ޒުވާނާ މަގުމަތީގަ އުޅުނީ ކޮންބޭނުމެއްގަތަ؟؟ ގޭގަ ނިދާފަ ދޯ ޒުވާނާ އޮންނަން ޖެހޭނީ.ގެޓް ވެލް ސޫން.