25 މާޗް 2019 - 10:34
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަބްދުލް މުޣުނީ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެ ޕާޓީން އޭނާ އަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފައިވާއިރު މުޣުނީއާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ. މީގެ 11 އަހަރު ކުރިން ހިނގާފައިވާ އެކަންތައްތަކާ ގުޅޭގޮތުން އެ އަންހެން މީހާ ބުނެފައި ވަނީ އެ މައްސަލަތައް ފުލުހުންނަށް އޭރު ހުށަހަޅާފައިވާ ކަމަށެވެ.
މުޣުނީއާ ގުޅުން ހުރި އެއްވެސް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާފައިވޭތޯ ބެލުމަށް އޭނާ ފުލުހުންނަށް ފޮނުވި ސިޓީ އަށް މިދިޔަ ހުކުރު ދުވަހު ފުލުހުން ދިން ޖަވާބުގައި ބުނެފައިވަނީ "މުޣުނީގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރެއްގައި މި ސާވިސް އަށް ހުށަހަޅާފައިވާ ކަމަށް މި ސާވިސްގެ ރިކޯޑްތަކުން ނުދައްކާ" ކަމަށެވެ.
އެމްޑީޕީގެ ނިންމުމާ ގުޅިގެން މުޣުނީ ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ނަން ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭނާ އަންނަނީ މިހާރު ވެސް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.
Suvaaleh ves kurumeh nethi elhi fiyavalhaa medhu hithaama kuran, nan nunagaanan: Mughunee
The most trusted news source in the Maldives
Mihaaru
ސުވާލު ކުރުމެއް ނެތި ފިޔަވަޅު އެޅުމުން މުޣުނީ ކަންބޮޑުވުން ފާޅު ކުރުން--
"ޕާޓީގައި އެބަހުރި އެކަހަލަ ތުހުމަތެއް ކޮށްފިއްޔާ ބެލޭނެ ގުނަވަންތައް. އަޅުގަނޑަށް ސުވާލެއް ވެސް ކުރުމެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަކުރަން. މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީއަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން،" އެ މައްސަލަ ފެންމަތިވި ދުވަސްކޮޅު މުޣުނީ ވިދާޅުވި އެވެ.
މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުދާ
25 March 2019
އެމްޑީޕީ ގެ ދެފުށް ދެގޮތްކަން. ޙިސާނަށް ކުރެވޭ ތުހުމަތު މާ ގޯސް ްްްްްްްްްްްްްްްްްް އެއީކުޑަކުދިންތަކަކަށް ކުރި އަނިޔާއެއްގެ ތުހުމަތު. ނަޝީދު ތިނަދޫ ރައްޔިތުން ކިބައިން މާފަށް އެދެން ޖެޙޭނެ
ތިނަދޫރައްޔިތެއް
25 March 2019
ވަރަށް ބޮޑު ތެދެއް. ހަވަރު ތިނަދޫ ހަދާންހުންނާނެ
އިބިރިހިންބެއްޔާ
25 March 2019
ތަސައްރަފު ނުފުދޭ ޕާޓީއަކަށްތާ ތިޔަވަނީ.
ޒިޔާދާ
25 March 2019
އެންމެންގެވެސް ދޫމަތީ ޒިޔާދާ ނަޢީމްގެ ނަން އޮތް އިރު ހަނދާންކުރަމާ، މި ފަދަ މީހުންގެ މައްސަލަތަކަކީ ފުލުހުންނަށް އާންމުކޮށް ހުށަހެޅޭ މައްސަލަތަކެއް ނޫން.މީހުންގެ ލޯ މަތިން ދުރުގައި ދެމީހުން ދެމެދުގައ ހިނގާ ގެވެށި އަނިޔާގެ ހާދިސާ ތަކަކީ އެކަން ހިނގިކަމުގެ ހެކި ހުންނަ މައްސަލަތަކެއްވެސް ނޫން. ގިނަ ފަހަރަށް ފިރިހެނުން ތިބޭނީ އަންހެންމީހާއަށް ބިރުދައްކާ އޭނާ ފިއްތާލާފަ. އެހެން ވީމަ، މީނަގެ މައްސަލަ ކޯޓުގައި ނެތުމަކީ އަދި މިކަން ހިނގާ ނުދިއުމެއްނޫން.
އަލީ ޡާޙީރު
25 March 2019
އައްނިގެ ބޯއި އެއްވީމާ ސަލާމަތްވަނީ. ކުޑަކުއްޖާކާ ބެހުނު ހޯރަ ޢިއްބެވެސް ސަލާމަތްކުރިއެއްނޫން !
ކުޅުދުއްފުށީބެ
25 March 2019
އެމްޑީޕީ ޑިމޮކްރެޓިކް ޕާރޓީއެކޭ ކިޔަކަސް އެޕާރޓީ ހިނގާނީ ދާދާ އަންގާ ގޮތަކަށް، އެތެރޭގެ ޑިމޮކްރެސީ ގަބީލާ އަކާ އެއްވަރު.
ޢެޑްމުންޑޯ
25 March 2019
ފުލުހުންނަށް މައްސަލައެއް ހުށަހެޅިފައި ނެތުމަކީ އަދި ގެވެށި އަނިޔާނުކުރާމީހަކަށް ވުމެއްނޫން ،
ނަންބަރު
25 March 2019
މިހާރު އެއަނއހެން މީހާއަށް އެއްޗެއް ވިސްނިފަ ހުންނާނީ. ދޮގަކަށް ވުރެ ތެދުބަސް ކާމިޔާބު ހޯދާނެކަމުގެ ހެކި މިލިބުނީ. މަރުހަބާ ރަޙްމަތްތެރިޔާ
ފޭޒް
25 March 2019
10 ވަރަކަށް މީހުންނަށް މުސާރަ ދީގެން އުޅުނަކަސް އަދި ނުހޮވޭނެ އިގިއްޖޭ
ބަބުރަންޖީ ހާޖީ
25 March 2019
އަދިވެސް އެންމެފަހު އޯޑަރު ނެރޭނީ ރޫހާނީ ލީޑަރު.
އަހްމަދު
25 March 2019
މުޤުނީކައިރީ އަހާބަލަ އެސް.ޓީ.އޯ އިން ވަކިކުރީ ކޮންކަމެއްކޮށްގެންތޯ
ޕަކާސް
25 March 2019
އެސްޓިއޯއިން ވަކިކުރީ ވަކިވާން ސިޓީ ލީމައެއްނު
މުޣުނީ
25 March 2019
މުޤުނީ އެއްނޫން. މުޣުނީ