ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރަކީދޫ ކައުންސިލްގެ މެމްބަރުންނާ މިދިޔަ މަހު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
27 މާޗް 2019 - 19:37
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލޯކަލް ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފައިވީ ނަމަވެސް ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ދިނުމަށް މި ސަރުކާރުން އެކުލަވައިލި ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމާއި މިދިޔަ ފަސް އަހަރު ހިފަހައްޓާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށް ދޫކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމެވެ.
"މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
"އޭގެ ސަބަބުން ސަރުކާރު ހިންގުމަށް އަންނާނެ ވަރަށް ބޮޑެތި ބަދަލުތަކެއް. އެއާ އެކީގައި އަޅުގަނޑަށް ފެނިގެންދޭ މަސައްކަތްތައް ހަލުވި ވެގެންދާ ތަން ވެސް. އެއާ އެކު މާލީ ބާރުތައް [ކައުންސިލްތަކަށް] ދިނުން. އެ ހުރިހާ ކަމެއް އޭގެ ތެރޭގައި [ބިލް] އެބަހުރި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިނުމަށްޓަކައި ވެސް، ސަރުކާރު ހިންގާ ކޯލިޝަނަށް އަޣުލަބިއްޔަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލްގައިވާ ގޮތުން ކައުންސިލްތަކުން ވިޔަފާރި ކުރުމުގެ ބޮޑެތި ބާރުތައް ވަނީ ދީފަ އެވެ. އެގޮތުން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގުތިސާދީ ހަރަކާތްތައް ހިންގުމުގެ އިހުތިޔާރު ބިލުގައި ވަނީ ދީފަ އެވެ. އަދި އެގޮތަށް ވިޔަފާރި ހިންގުމަށްޓަކައި 'ލޯކަލް އޮތޯރިޓީ ކުންފުނި' ގެ ނަމުގައި ކުންފުނި އުފައްދުމުގެ ބާރު ވެސް ކައުންސިލްތަކަށް ވަނީ ދީފަ އެވެ. އެ ކުންފުނި އެކުލެވިގެން ވަނީ ބިލްގައި ވާ ގޮތުން އެންމެ ހިއްސާދާރެއްގެ މައްޗަށެވެ. އެއީ އެ ކުންފުންޏެއް ނިސްބަތްވާ ކައުންސިލެވެ. އެ ކުންފުނި ހިންގާނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ: ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެއްވަން އެމަނިކުފާނު ބޭނުންފުޅުވޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކައުންސިލްތަކުން އެކި ނަންނަމުގައި ފީ އާއި ކުލި ނެގުމުގެ ބާރު ވެސް ބިލުން ވަނީ ދީފަ އެވެ. ފީ އާއި ކުލި ކަނޑައަޅަން ޖެހެނީ ބިލްގައިވާ ގޮތުން ނަމަ އެ ކައުންސިލެއް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު އެވެ.
ކައުންސިލްތަކަށް ނެގޭ ފީ ގެ ތެރޭގައި އެ ރަށެއްގައި ރަޖިސްޓަރީ ކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރާއި އުޅަނދުފަހަރުގެ ލައިސަންސް ފީ އާއި ފިހާރަތަކާއި މާރުކޭޓު ގޮޅީގެ އަހަރ ފީ އާއި ޑައިވިން ސައިޓުތަކުގެ އަހަރީ ފީ އާއި ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލި ހިމެނެ އެވެ. އަދި ބަނދަރު ބޭނުންކުރާތީ ނަގާ ފީ އާއި ކަނޑަށް ޖައްސާ ބޯޓުފަހަރަށް ކަނޑައަޅާފައިވާ ޕްލެޓްފޯމާއި އެ ސަރަހައްދުގެ ފީ އާއި ގޮއިފާލައްބަ އާއި ހިންނަ ފަދަ ތަންތަނުގެ ކުލި ވެސް ދައްކަން ޖެހެނީ ކައުންސިލްތަކަށް ކަމަށް ބިލްގައި ވަނީ ބަޔާންކޮށްފަ އެވެ.
"އޭގެ ސަބަބުން ސަރުކާރު ހިންގުމަށް އަންނާނެ ވަރަށް ބޮޑެތި ބަދަލުތަކެއް. އެއާ އެކީގައި އަޅުގަނޑަށް ފެނިގެންދޭ މަސައްކަތްތައް ހަލުވި ވެގެންދާ ތަން ވެސް. އެއާ އެކު މާލީ ބާރުތައް [ކައުންސިލްތަކަށް] ދިނުން. އެ ހުރިހާ ކަމެއް އޭގެ ތެރޭގައި [ބިލް] އެބަހުރި،" ރައީސް
އެއްވެސް ފީ އެއް ނުވަތަ ކުއްޔަކުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭނީ ދައުލަތަށް ދައްކަންޖެހޭ ޓެކްސްއެއް ވާ ނަމަ އެ އަށް ދައްކަންޖެހޭ ފައިސާ އުނިކުރުމަށް ފަހު ކަމަށް ބިލްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުބެ
28 March 2019
މި ޚަބަރުގައި ބަޔާންކޮށްފައިވާ ކުލިތަކަކީ މިހާރުވެސް ކައުންސިލްތަކަށް ލިބެމުންދާ ކުލިތަކެއް. މީގައި އާ ވާހަކައެއް ނެތް. ކައުންސިލްތައް ސަރުކާރުގެ ބެލެނި ވެރިކަމުން ދުރުކޮށް ބާރުތައް ދިނީމާ ވާގޮތަކީ ހިތުހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ ޚަރަދުތައް ކުރަމުގެ ފުރުސަތު ލިބެނީ. ބައެއް ކައުންސިލްތަކަކީ ކޮންމެގޮތެއް ވަރިހަމަވެ ރައްޔިތުންނަށް މަންފާ ހުރި ކަމެއް ކުރާބައެއްނޫން. ގަޑި ފުރާލީމާ ނިމުނީ.
ދަށުގެއާބާދީ
28 March 2019
ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ދިނުމަކީ އެއީ ސަރުކާރުގެ ބަޖެޓް ފޫދާނެ ކަމެކޭ އެއްގޮތަކަށް ވެސް މަޖްލީސް މެމްބަރުން މިކަމަށް ރުހެން މަމެންނަށް ނުފެނެއޭ ރާއްޖެ ތަރައްގީ ނުކުރެވޭނެއޭ ރާއްޖޭގައި 200 ރަށުގައި މީހުން އުތުރުން ދެކުނަށް ފެތުރި ތިބެގެން މިސާލު އެފެންނަނީ މާލެ އާއި ދުރު ސަރަހައްދު ތަކުގައި ޓޫރިޒަމް ވެސް ނުހިނގައޭ މީ ތަންޑާ ނަވާރައޭ މިއުޅެނީ މިކަން ދަންނަން ޖެހޭނެއޭ ވޯޓްލާ މާލެ ސަރަހައްދުގެ ރައްޔިތުން މާލެ އަށް ގެނޭ 10 ހާހުން
ކޮރަޕްޓްކާރޓެލްސް
28 March 2019
ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ދީ، ބިލް މަޖިލިހަށް ފޮނުވައިފި ނަމަ އެބިލް ގައި ހިމަނަން ޖެހޭނެއޭ ދަ ރާއްޖެތެރެ އަށް ޚަރަދު ކުރަން ޖެހޭނީ އެ ރަށަކަށް ލިބޭ އާމްދަނީންނޭ އެއްގޮތަކަށް ވެސް މާލެ ސަރަހައްދުގައި ތިބި ވިޔަފާރިވެރިން ގުދާރު ބިންދައިގެން ކުރާ ބުރަ މަސަައްކަތުން ސަރުކާރަށް ދައްކާ ޓެކްސް ފައިސާ އިން އެންމެ ރުފިޔާ އެއްވެސް އެމެންނަށް ޚަރަދު ކޮށްގެން ނުވާނެ ކަމަށް އެނޫނީ ތިޔާ ދެކޮޅު ޖެހޭނެ ކަމެއް ކަމަށް މަމެން ނުދެކެމޭ ތިޔާއީ
ވަށައިގެން
28 March 2019
ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ދީ، ބިލް މަޖިލިހަށް ފޮނުވައިފި ނަމަވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެއޭ ތިޔާއީ ދަ ރާއްޖެތެރެ ތިޔާއީ ސަރުކާރުގެ ތިޖޫރީ ވަގަށް ނަގާ ބަގައޭ ދަ ރާއްޖެތެރޭގެ ރަށްރަށަށް ލިބޭ އާމްދަނީ ކައުންސިލަރުންނާއި ގުޅިގެން ވަގުން ތައް ތިޖޫރީ އަބަދު އަބަދު އޮންނާނީ ވަގަށް ނަގާފައޭ ފައިސާ ތަކާއި އެކު އޭގެ ކުރީގައި ކުރަންވީ ކަމަކީ ތިޖޫރީ ލާން ކޮންކްރީޓް ގުދަނެއް ހަދާ ސިފައިންނާއި އަދި ފުލުހުން 24 ގަޑިއިރު ތިޖޫރީ ކޮޓަރި
ތިބޭތި
27 March 2019
ދެން ތިޔާ ފައިސާ ގަނޑު ފެންނާނީ ތިޖޫރީ އާއި އެކު ވަގަށް ނަގާފައި އޮތްވައޭ ބަލަންތިބޭތި...
ދޮންބެއްޔާ
27 March 2019
ދެން މައިސަރުކާރުގެ ޒިންމާއަކީ ހަމައެކަނި މާލެބެލެހެއްޓުންތޯ
ހަނާން
28 March 2019
މެގަ މަޝްރޫއުތައް