ހޯރަފުއްޓަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތް ބަޔަކާ ސަލާމް ކުރައްވަނީ. --ފޮޓޯ/އެމްޑީޕީ
31 މާޗް 2019 - 14:33
ހއ. ހޯރަފުށީގައި އެއާޕޯޓު އަޅައި ތުރާކުނުގެ ބިން ހިއްކައި އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީކޮށް، އެ ދާއިރާ އަށް ޓޫރިޒަމް ފުޅާކޮށް ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދޭން ސަރުކާރުން ގެންގުޅޭ ތަސައްވަރު އެ ދާއިރާގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުށަހަޅުއްވައިފި އެވެ.
ހޯރަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ސަލީމަށް ތާއީދު ހޯދަން ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވަނީ ރިޔާސީ އިންތިޚާބުގައި އެ ދާއިރާ އަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ތަކުރާރު ކުރައްވައިފަ އެވެ. އެއާއެކު، އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ފަށާފައިވާ ކަން ފާހަގަކުރައްވައި ކުރިއަށް ހުރި މަޝްރޫއުތައް ވެސް އިއުލާންކޮށްދެއްވި އެވެ.
"ރިޔާސީ އިންތިޚާބުގައި މި ދާއިރާގެ ރައްޔިތުން އެދިވަޑައިގަތް އެދުންތަކެއް ހުރި. އެންމެ ބޮޑު ކަމަކީ އެއާޕޯޓުގެ މަޝްރޫއު ހޯރަފުއްޓަށް ބަދަލުކުރުން. އިރާދަކުރެއްވިއްޔާ މިއަދު މިވަނީ އެކަން ބަދަލުކުރެވި އަމަލީ މަސައްކަތް ފެށިފައި،" ރައީސް ވިދާޅުވި އެވެ.
- ހޯރަފުށީގައި އެއާޕޯޓު ތަރައްގީކޮށް، މަގުތަކުގައި ތާރު އަޅައި ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުން.
- ތުރާކުނުގައި ބިން ހިއްކުން.
- އުލިގަމުގައި ފެނާއި ނަރުދަމާ ގާއިމްކޮށް، ގިރާ ސަރަހައްދު ހިމާޔަތް ކުރުން.
- ސިޓީ ހޮޓަލުގެ މަޝްރޫއު އަލުން ފަށައި ބަނދަރުކުރާ ޔޮޓުތަކުގެ ފީ ކުޑަކުރުން.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހޯރަފުށީގެ މަގުތަކުގައި ތާރު އަޅައި ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ތަރައްގީކޮށް މިހާރަށް ވުރެން ޚިދުމަތް ފުޅާކުރާނެ އެވެ. އެ ރަށުގައި ފުޓްބޯޅަ ދަނޑެއް އަޅައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ވެސް ހައްލު ގެންނަވާނެ ކަމުގެ ވައުދު ރައީސް ތަކުރާރު ކުރެއްވި އެވެ.
ސައްލެގެ ކެމްޕޭންގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
އެ ދާއިރާގައި ހިމެނޭ ތުރާކުނާއި އުލިގަމުގެ މަޝްރޫއުތައް އެޖެންޑާގައި ހުރި ކަން ފާހަގަކުރައްވައި ވިދާޅުވީ ތުރާކުނުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ. އެކަމުގެ ސާވޭކޮށް، ޑިޒައިން ވެސް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.
އުލިގަމުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައި އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ ވެސް މި އަހަރު ކުރިއަށްދާނެ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އުލިގަމުގައި ކުރިން އަޅަން ފަށައި މަސައްކަތް ހުއްޓި ވީރާނާވެފައި ހުރި ސިޓީ ހޮޓާ މަޝްރޫއު ވެސް އަލުން ފަށާނެ ކަމަށެވެ.
"ހޯރަފުށީގައި އެއާޕޯޓް އެޅިގެންދާ އިރު މި ސަރަހައްދަށް ލޯކަލް ޓޫރިޒަމާއި ޓޫރިޒަމް ފުޅާވެދާ އިރު އުލިގަމަކީ މިކަމަށް އެންމެ އެކަށީގެންވާ ރަށް ކަމަށް ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އުލިގަމަށް ބަނދަރުކުރާ ޔޮޓްތަކުން ނަގާ ފީ ބޮޑުވުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެކަމަށް ހައްލު ހޯދައިދިނުމަށް، ޔޮޓްތަކުން ނަގާ ފީ ވަރަށް އަވަހަށް ކުޑަކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ދެންނެވީ މި ދާއިރާ އަށް ކުރަން ހުރި ބައެއް ކަންކަމުގެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް ވޯޓު ދިނީ ގައުމުގެ ހާލަތު ބަދަލުކުރަން ބޭނުންވާތީ ކަމަށެވެ. ކޮރަޕްޝަނާއި ވައްކަން ހުއްޓުވައި އަނިޔާވެރިކަމަކީ ދިވެހިންނަށް ގަބޫލު ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަނިޔާ ހުއްޓުވައި ހެޔޮވެރިކަމަކަށް މި ސަރުކާރުން ވައުދު ވީ ފުއްދޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެއީ، ޚިޔާލީ ފޮލާއެއްގެ ގޮތުގައި ލިއެފައި ދޫކޮށްލަން ވެވަޑައިގަތް ވައުދުތަކެއް ނޫން ކަން މި ސަރުކާރުގެ 100 ދުވަސް ގުނަމުން އަންނަ އިރު ރައްޔިތުންނަށް މާ ބޮޑަށް ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
އަމާޒަކާ އެކު 100 ދުވަހަށް ވައުދުތަކެއް ވެ، ސަރުކާރުގެ 90 ދުވަސް ގުނަން ފެށީ އެ ވައުދުތަކުގެ 83 ޕަސެންޓް ހާސިލް ކުރުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެތެރޭގައި ހިމެނޭ 28 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދާ ކަން ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ބަދަލުތަކެއް ގެނެވޭނެ ގިނަ ކަންތައްތަކެއް މިހިރީ ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ތައުލީމީ ދާއިރާގެ އިތުރުން ހިފެހެއްޓިފައިވާ ހައްގުތަކަށް ބެލި ނަމަވެސް ތަފާތު ރައްޔިތުންނަށް އިހްސާސް ކުރެވޭނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ބޭނުން ވަނީ ރައްޔިތުންނަށް ވެވަޑއިގަތް ވައުދުތައް ފުއްދުމަށެވެ. އެ މަސައްކަތުގައި ސަލީމްގެ ފުރިހަމަ އެއްބާރުލުން ލިބިވަޑއިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ އޭނާ އަށް ވޯޓު ދޭން އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ރައީސް އެދިވަޑައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސާވެރިޔާ
01 April 2019
އައިހެވަން މަޝްރޫއު ކުރިއަށް ގެންދަން ގޮވާލަން
ނެގުނުކަތީބު
01 April 2019
މީ ކޯއްޗަކަށް ކޯއްޗަކުން ނުފޫޒު ފޯރުވުންތޯ؟ މީ ޙަލާލު ކެމްޕެއިން؟؟؟؟
އައްނި
01 April 2019
"ވިދާޅުވި އެއީ ކެމްޕޭނަށް ދީފައި ހުރި ފައިސާ އޭ. ކެމްޕޭން ނިމިއްޖެ. ފައިސާ ހަރަދެއް ނުކުރި. އަދި އަޅުގަނޑުމެނަށް އެބަ އެނގޭ ކެމްޕޭނަށް ދޭ ފައިސާ ވެސް ރިސިޓް އާ އެކީގަ ކަން އަންނަނީ. ކާކުތޯ ކެމްޕޭނަށް ފައިސާ ދިނީ؟ ނޫން. އެއީ ވަގަށް ނަގާފައި ހުރި ފައިސާ ކަނޑައެޅިގެން ވަގަށް ނަގާފައި ހުރި ފައިސާ. ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފައިސާ."~Raees Nasheed~
ގަމާރު ނަންބަރ 1
01 April 2019
ހާދަ ގަމާރު މީހުން އުޅޭ ރަށެކޭ ދޯ މި އިހަވަންދޫ އަކީ.
މިލިޓަރީ
01 April 2019
ދިވެހިންނަ ހެޔޮވިސްނުން ދެއްވާންދޭ. އެމްޑީޕީއަކީ އަނިޔަވެރި ބައެއް ދިވެހިން ހަދާންކުރޭ. މިމިހުން މިރާއްޖެއަކަ ހެވެއްނެދެނެ.
އާރީ
01 April 2019
އިހުތިޖާޖް ކޮށްބަލަ އަމިންލައަށް. އެހެން މީހަކު ނޫޅެ މޮޔަބޮލަށް އަރާގެން. ހަޖަމް ކޮށްލައިގެން ފިންތާލައިގެން ހުރޭ.
ތެދުވެރިޔާ
01 April 2019
އެމްޑީޕިއަ ވޯޓުދޭނީ ގަމާރުން.
މަންޑޭލާ
01 April 2019
މަކަރުވެރިކަމުގެ ހިތި ދިވެހިން ކުރަނެ. އިންޑިޔަ ސިފައިން ބަލާ.
ޝޮކްތެރަޕީ
01 April 2019
އެމްޑީޕިއަ މެޖޯރަޓީ ލިބިއްޖީޔާ މި ރާއްޖޭގެ މިނިވަންކަން ގެއްލޭނެ.
ކެހިވެރި ރޭވުން
31 March 2019
10-15 މިނިޓްން ނިމެން އޮޮންނަ އެއަރޕޯޓް ދަތުރު 20-30 މިިނިޓްންް އެހެން ރަށްރަށުގެ ރަށްޔިތުންނަށް ނިމޭގޮތަށްް އެއަރޕޯޓް ހެދުމަކީ ބޮޑު ޖަރީމާއެއް. އަމިއްލަ އެދުމުގެ އިންތިހާ. ހޯރަފުށީ އިރުމަތީ ބަނދަރަށް ފައިބެ، ވެހިކަލް ހޯދައިގެން އަނެއްކާ ހުޅަނގު ފަރާތު މާދުރުގައި އޮންނަ އެއަރޕޯޓަށް ދެވަނަ ދަތުރެއް ކުރަން ޖެއްސުމަކީ ކެހިވެރިި ރޭވުމެއް. އެހެން ރަށްރަށުގެ ރައްޔިތުން މިކަމާ އެބަ އިހްތިޖާޖު ކުރަންޖެހޭ. ތީ އަހަރެމެންގެވެސް ފައިިސާ.
މަހަށްދަގަ.
01 April 2019
ނުބައި ކުރިން 30 މިނެޓުން މިހާރު 3 މިނެޓުން ދެވޭނެ އިހަވަންދިއްޕޮޅުގެ 2 ވަނަ އާބާދީ އޮތް ރަށަށް އަދި ތަކަންދޫއާ މާރަންދޫއަށް ވެސް މިހާރު ގާތްވާނެ.. ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ