ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމަށް ތާއީދު ހޯއްދެއްވުމަށް އެ ރަށަށް ވަޑައިގެން އާޒިމްއާ ސަލާމްކުރައްވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ
05 އެޕްރީލް 2019 - 17:27
މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ އާޒިމަށް ތާއީދުކޮށްދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު އެގޮތަށް އެދިވަޑައިގަތީ އާޒިމްގެ ކެމްޕެއިނަށް މަހިބަދޫއަށް ވަަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމަށް ތާއީދު ހޯއްދެއްވުމަށް އެ ރަށަށް ވަޑައިގެން ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: އަދާލަތު ޕާޓީ
އާޒިމަށް ތާއިދުކޮށްދޭން އެދިވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވަމުން އިސްލާހީ ހަރަކާތުގައި އަދާލަތު ޕާޓީގެ ދައުރު ފާހަގަކުރެއްވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ވެސް އެ ދާއިރާ އަށް ވާދަކުރަން ނިންމައި ކެންޑިޑޭޓަކު ނެރުނެވެ. އެކަމަކު، އެ ޕާޓީގެ ކެންޑިޑޭޓުގެ ނަން ނަގައި، ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި އާޒިމަށް ތާއީދުކުރަން ނިންމީ އެވެ.
މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމް، އެ ރަށުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ
އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީން ބިސްނަސް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އާޒިމް ވަނީ ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގައި ވެސް އުޅުއްވި އެވެ.
Mahibadhoo dhaairaage AP candidate @aliaaxim ge campaign ah RJ @ibusolih Mahibadhoo ah vadaigenfi. Dhaairaage rayyithunnaa baddhalukuravvaa AP ge candidate ah thaaeedh kohdhevvumah RJ edhivadaigennevi. Adhi islahi harakaathugai AP ge dhauru faahangakurevvi. #sathirees #Majilis19 pic.twitter.com/n1UdI7n1Eh
— Adhaalath Party (@AdhaalathOffice) April 5, 2019
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.ފަސްބާޑި
06 April 2019
.އަދާލަތު ކެންޑިޑޭޓން ނަށްތާއީދު ކުރާއިރު ކޮބައިތޯ މައުމޫނު އެއޮއްވަރަށް ދަލުބޭރުން ޖެހިގެން ތާއީދު ދޭއިރުވެސް އެއްމެ ފަހަރަކުވެސް މައުމޫނުގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްލިއްޔާ ކީއްތަވާނީ ހަމަ ހައިރާންވޭ.
ސަލީމް
06 April 2019
ޙަިއރާން ވާކަށް ނުޖެހޭ.އަމިއްލަ އަށް ސޮއިި ކުރި އެއްބަސްވުމާ ހިލާފްވެ ވައުދާ ހިލާފްވި މީހަކު ކޮންމެ ނުބައިކަމެއްވެސް ކޮށްފާނެ.އެހެންވީމަ ރަގަޅު ފިލާވަޅެއް މިފްހަރު ދީ