ގޮނޑި ގެއްލުނު 12 މެމްބަރުން: އެ ގޮނޑި ހޯއްދެވުނީ ސައުދަށް އެކަނި
07 އެޕްރީލް 2019 - 02:33
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުމާއި އެ ގޮނޑިތައް ހޯއްދެވުމަށް އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކެވެ.
ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއި ކުރެއްވި މައްސަލައިގައި ޕީޕީއެމުން ވަކިކުރި އެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އަލުން މަޖިލީހަށް ވަދެވަޑައިގެންނެވޭތޯ ލައްކަ މަސައްކަތް ކުރައްވައިފަ އެވެ.
އެ މެމްބަރުންގެ މަސައްކަތާ ވެސް އެކު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރެވުމުން، މަދު ދުވަސްކޮޅަކަށް ނަމަވެސް އެ ގޮނޑީގައި އިށީނދެވަޑައިގަތުމުގެ ފުރުސަތު އެ ބޭފުޅުންނަށް ލިބިވަޑައިގަތެވެ. އެކަމަކު މަޖިލީހުގެ އާ ދައުރެއް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި އަނެއްކާ ވެސް އެ މެމްބަރުންނަށް މިވަނީ ގޮނޑި ގެއްލިފަ އެވެ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެން ފިޔަވަ އެވެ.
މެމްބަރު ސައުދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސައުދަށް ވެސް ކާމިޔާބު ކުރެއްވުނީ ވަރަށް ހަނި ފުރުސަތަކުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ހާރޫން ރަޝީދެވެ.
ވަރަށް ބޮޑު ޔަގީންކަމަކާ އެކު ގިނަ ބޭފުޅުން މި ފަހަރުގެ އިންތިޚާބަށް ކުރިމަތިލެއްވީ ކުރިން ވެސް ތަމްސީލު ކުރެއްވި ދާއިރާ އަށެވެ. އެކަމަކު، ގިނަ ބޭފުޅުންނަށް ވޯޓު ލިބިވަޑައިގަތީ އެންމެ ފުލުންނެވެ. އެގޮތުން، ދިއްދޫ ދާއިރާ އަށް ވާދަކުރެއްވި އަބްދުއް ލަތީފު މުހައްމަދު މައްޗަށް، އެ ދާއިރާ އިން ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ވަހީދެވެ.
އިހަވަންދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި، މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ލިބިވަޑައިގަތީ ފަހަތުން ދެ ވަނަ އެވެ. އެ ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ މުހައްމަދު ޝިފާއު އެވެ. މުހައްމާ އަމިއްލަ ގޮތުން ވާދަކުރެއްވީ، އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމުންނެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ހަނިމާދޫ ދާއިރާ އަށް ވާދަކުރެއްވި ހުސައިން ޝަހުދީ އަށް ވެސް މާބޮޑު ކާމިޔާބީއެއް ލިބިވަޑައެއް ނުގަތެވެ. އެ ދާއިރާގެ ގޮނޑި ނެންގެވީ މިހާރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.
އެމްޑީޕީގެ ވަރުގަދަ ކެންޑިޑޭޓު މުހައްމަދު މުސްތަފާ ފަހަތަށް ޖައްސައިލުމަށް ފަހު، އެ ދާއިރާ މި ފަހަރު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ރިޔާޒެވެ. ރިޔާޒަކީ ކުރިން ކިނބިދޫ ދާއިރާގެ މެމްބަރެވެ.
މުހައްމަދު އަމީތު ވާދަކުރެއްވި މަޑުއްވަރީ ދާއިރާއިން ކުރި ހޯއްދެވީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
ސައުދު (ކަނާތުން ދެ ވަނައަށް) ފިޔަވައި މި ހުރިހާ މެމްބަރުންނަށް ވީ ނާކާމިޔާބު .---ފޮޓޯ: ނިޝާން އަލީ/މިހާރު
ހަ ކެންޑިޑޭޓުން ވާދަކުރެއްވި ތުލުސްދޫ ދާއިރާ އިން، މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަށް ލިބިވަޑައިގެންނެވީ ތިން ވަނަ އެވެ. އެ ދާއިރާ ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ނަސީމެވެ.
ދަނގެތީ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވުމަށް ފަހު އިލްހާމް އަހުމަދު މިފަހަރު ހިޔާރު ކުރެއްވީ އުނގޫފާރު ދާއިރާ އެވެ. އެކަމަކު، އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ވަހީދުގެ މައްޗަށް އޭނާއަކަށް ކުރިއެއް ނުހޯއްދެވުނެވެ.
ޖުމްހޫރީ ޕާޓީން ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި އަބްދުﷲ މުހައްމަދު (އަބުޅޯ) އަށް ވެސް ވީ ނާކާމިޔާބެވެ. ބޮޑު ތަފާތަކުން އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އަބްދުﷲ ސަނީފެވެ. އަމިއްލަ ގޮތުން ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރެއްވި ސައުދުﷲ ހިލްމީ އަށް ވެސް ވީ ނާކާމިޔާބެވެ. އެ ގޮނޑި ހޯއްދެވީ އެމްޑީޕީގެ އަބްދުލް މުޣުނީ އެވެ.
މައްޗަންގޮޅީ ދެކުނު ދާއިރާގެ ގޮނޑި އަބްދުﷲ ސިނާންގެ އަތުން ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ހައިތަމެވެ. ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި އަލީ ޝާހަކަށް ނުނެންގެވުނެވެ. އެކަން ކުރެއްވީ އެމްޑީޕީގެ މުހައްމަދު ރަޝީދެވެ.
ފުވައްމުލަކު ދެކުނު ދާއިރާ އަށް ވާދަކުރެއްވި މެމްބަރު އަލީ ފަޒާދަށް އޭނާގެ ދާއިރާ އިން ކާމިޔާބު ނުހޯއްދެވުނު އިރު އެ ގޮނޑި ނެންގެވީ އެމްޑީޕީގެ މުހައްމަދު މުމްތާޒެވެ.
ޕީޕީއެމް ދޫކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމުން އެ މެމްބަރުން އެންމެ ފުރަތަމަ އުއްމީދު ކުރެއްވީ އެއްވެސް ޕްރައިމަރީއަކާ ނުލައި އެ ބޭފުޅުންނަށް މަޖިލީހުގެ ޓިކެޓް ލިބޭނެ ކަމަށެވެ. އެކަން އެގޮތަށް ނުވުމުން، ބައެއް ބޭފުޅުން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްލާ
08 April 2019
މަޖލީހުގެ ގޮނޑިއެއް ނުލިބުނަސްް އެއްވެސް މީހަކައް ފާފަ އެއްނުވާނެ އަދި ލަދުގަންނާ ކައްވެސް ނުޖެހޭ މައްސަލަ އަކީ ތިމާ ހއއްދެވި ފަރާތައް ކިޔަމަންތެރިކަން އަދާ ނުކުރާ ކޮންމެ މީހަކުވެސް އެދުނިޔޢގެ ޢޒާބާއި ކުރިމަތި ލާން ޖެހޭނެ މިދުނިޔޭގަ މަގާމެއް ނުލިބިގެން ލަދުގަންނާކައް ނުވާނެ ތިމާގެ މައިންބަފަްިން ޙާލުގަ އުޅެ ދަރިން އަޅާ ނުލާ ސޫކޮއްގެން ދުނިޔެ ދޫކުރީ ކިތައް ކިތައް މައިންނާއި ބަފައިން ތޯ
ފާތިމާ
07 April 2019
ތިއީ ހަމަ ތިމީހުންނަށް ވާންވީ ގޮތް އަދިވެސް ގޮޑި ވިއްކާ ވޯޓު ވިއްކާ ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓު ތަކުގެ ދަހިވެތި ކަމުގަ
ނުޝްރަތު
07 April 2019
ޚާއްޞަކޮށް ނަޝީދު އަޑީގަ ހުރެގެން މިކުދިންލައްވާ ހުރިހާ ގަނައެއް ތަޅުވާފަ އެކުދީންގެ ސިޔާސީ ހަޔާތް ފުނޑާލީ ސީދާ ނަޝީދު... މިކަމަރު ވެރިޔާ އިންޑިޔާއަށް ރާއްޖެ ވިއްކާލާ މަންޒަރު ބަލަން މިތިބީ.. ދިވެހިންގެ ބިން މޯދީއަށް.
ދޮގެއްތަ؟
07 April 2019
ތީގެން އެކަކަށްވެސް ލިބުނުކަމީ ހިތާމަ ހުރި ކަމެއް. ތީ ގައުމީ ފެންވަރުގެ ޣައްދާރުން.
ވަހީދު
07 April 2019
މާތްﷲއަށް ހަމްދާއި ޝުކުރުހުރި. ޔާމީން ސަރުކާރުން ފައިދާ ނަގައި އެތައް ކަމެއް ކޮށް ފަހުން ޔާމީންގެ ވެރިކަން ވައްޓާލަން މަޖުލީހުގައި ވޯޓުދޭން ކުރި މަސައްކަތަކީ އަނިޔާވެރި ޚިޔާނާތެއް. ރައީސް މައުމޫނުގެ އެދުމަށް އިބްރާހިމް މުޙައްމަދު ޞާލިހު އެ 12 މެންބަރުންނަށް މަޖުލީހުން ދެވަނަ ދައުރެއް ދޭނެކަމަށް ބުންޏަސް، އެކަމެއް އެހެން ނުވާނެ. އެއީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ވާތީ. ކަންކަން ނިންމާނީ އައުލަބިއްޔަތު ބޭނުންވާ ގޮތަށް.
ދިރާސާވެރިޔާ
07 April 2019
ހަޔާތުގައި މީހަކު ކުރި އެންމެ ހިތި ތަޖުރިބާ ލޯބިވާ ބަލިވެ މަރުވެގެން ދިޔަ އިރު ލޮލަށް ނުފެނި .ޖަނާޒާގައި ބައިވެރިކޮށްދިން. މަންމަ ބަލިވީ ސައުދު ހައްޔަރުކުރުމުގެ ހިތާމައިގަ. މާތްﷲ ހައްގަށް ނަސްރު ނަސްރު ދެއްވާނެ ކަން ، ހިތްތައް މޮޅަށްދެނެވޮޑިގެން ވަނީ މާތްﷲ
ދދދދދދ
07 April 2019
ކޮންމެ މީހަކު ހައްޔަރު ކުރިޔަސް އެމީހެއްގެ މަންމަ ހިތާމަ ކުރާނެ ބަލިވެސް ވާނެ. އެކަމަކު ހައްޔަރު ކުރަން ޖެހުނީމަ ކުރާނެ. އެއީ 12 ޣައްދާރުންކުރެ އެކަކު.
ނަން
07 April 2019
ބޭކާރު ބައެއް
ދަތްނެތްކުއްޖާ
07 April 2019
ގޯނި ގޯނީގައި ރައްޔިތުންގެ ޙަޒާނާ އިން ވައްކަން ކުރި ހުރިހާ މުޖުރިމުންނަށް ރައްޔިތުން ނޫނެކޭ ބުނެ އެވެރިން ކޮއްފައިވާ ވައްކަންތައް ބެލުމަށް މިއަދު ސަރުކާރަށް ރައްޔިތުން އެދަނީ ގޮވަމުން.
ކަނބިލި
07 April 2019
އިޚްލާޞްތެރިކަމެއް ނެތް އަމިއްލަ އެދުމުގެ ފަހތުން ދުވި އެންމެންނަށް ރައްޔިތުން ބުނެފި ނޫނެކޭ
ދޮގެއްތަ؟
07 April 2019
الحمدلله. ގައުމު މި ހާލަތަށް ވައްޓާލުމުގެ މައި ބައިވެރިން. މާފެއް ނުކުރި ދޯ މީހުން؟ އަދި ތިއެއް ނޫން ލިބޭނެ ކެހި.