ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގ. ރެޑްޕާލް: އެ ގޭ 10 މީހުން ވަނީ ވަގުތީ ހިޔަލަށް ބަދަލުކޮށްފައި--- ފޮޓޯ: ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
10 އެޕްރީލް 2019 - 14:15
ގ. ރެޑްޕާލް ގޭގައި ރޯވެ އެ ގޭގެ ތިން ފްލޯގައި ވެސް މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާތީ އެ ގޭ އެންމެންނަށް މިހާރު ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި އެގޭގައި އުޅޭ އެންމެންނަކީ ވެސް ކުއްޔަށް އުޅޭ މީހުންނެވެ. އެ 10 މީހުން މިއަދު މާލޭގެ ގެސްޓް ހައުސް އަކަށް ބަދަލުކޮށް، އަންނަ އާދިއްތަ ދުވަހާ ހަމައަށް ހުރުމާއި ކެއުން ހަމަޖައްސައިދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ 10 މީހުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ހަތަރު ފިރިހެނުންގެ އިތުރުން ކުޑަ ފިރިހެން ކުއްޖެކެވެ.
އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އެ ގޭގެ ހަތް މީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފަ އެވެ. އެ އެންމެންގެ ހާލު ވެސް މިހާރު ރަނގަޅެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގޭގެ ސިޑި އަނދާފައި: އެ ގޭގައި މީހުންނަށް ނޫޅެވިގެން ވަނީ ވަގުތީ ހިޔާވަހިކަން ދީފައި. -- ފޮޓޯ: އެމްއެންޑީއެފް
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން، "މިހާރު" ވިދާޅުވީ އެ ގެޔަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު ބެލުމަށް މިއަދު އެސެސްމަންޓްތައް ހަދަން ފަށާނެ ކަމަށެވެ. އަމަލު ކުރާނެ ގޮތެއް ދެން ނިންމާނީ އެ އެސެސްމަންޓަށް ފަހުގައި ކަމަށް ހިސާން ވިދާޅުވި އެވެ.
"އަންނަ އާދިއްތަ ދުވަހާ ހަމައަށް އެހެރީ ހުރުމާއި ކެއުން ހަމަޖައްސައިދީފައި. ދެން އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމާނީ އެސެސްމަންޓްތަކަށް ފަހުގައި،" ހިސާން ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ ގ. ރެޑްޕާލް ގޭގައި ރޯވިކަމަށް ރިޕޯޓްކުރީ ރޭ މެންދަމުން އަލިވެ 3:45 ގައި ކަމަށެވެ. ރޯވީ ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ލަކުޑި ސިޑިއެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދެވަނަ ފަންގިފިލާ އާއި ތިން ވަނަ ފަންގިފިލާ އަށް އަލިފާނުގެ އަސަރުކުރި އިރު ފުރަތަމަ ފަންގިފިލާއަށް ވަނީ ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
11 April 2019
އެޢާއިލާއަށް ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން
ކައުންސެލަރު
11 April 2019
ތަނެއްދޮރެއް ނޭނގުނަސް ވާނެ ހަމަ ހަބަރެއް ފެންނައިރަށް މުރަނގަގަސްދޮށު މާލިމީ ހެދިގެން ރައިވަރުންނާ ބަނދިން ކޮމެންޓް ކުރަން. ތިޔަބުނާ އެއްޗެއް ލިބޭކަން ނޭނގޭ ޅަދަރިއަކުވެސް މި ދިވެހި އުޑުދަށަކު ނުހުންނާނެ. @މޮޔަ
ޔޫޝައު
10 April 2019
ހާދަ ރަނގަޅޭ!
ނަސްލީ
10 April 2019
މިފެންނަނީ ދައުލަތަކުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހަދާލާފައިވާ ގޮތުގެ މިސާލެއް. ކުލި ލިބުނީމާ ނިމުނީ. ކުލީގެ ވިޔަފާރިއަށް ރައްޔިތުންގެ ދިރިއުޅުން ހަލާކުކޮށް ހަނާކުރަނީ. މާލޭ ބޭފުޅުން ބޭނުންވަނީ ކުލި ސަރުކާރުންވެސް ބޭނުންވަނީ ކުލި. އެހެންވީމާ ޤައުމު ހަލާކުވިޔަސް ، ރައްޔިތުން ހަލާކުވިޔަސް ކަންކަން ރާވަނީ ރައްޔިތުން އަތުން ކުލި ހޯދުމަށް . ކުއްޔަކީ އެބޭފުޅުންގެ ދިރިއުޅުން. ދައްކަވަނީ ޕުލާސްޓިކު ކޮތަޅާއި ޕުލާސްޓިކް ފުޅީގެ ވާހަކަ. ދެންހެޔޮ
ރަދީފް
10 April 2019
މީހެއްގެ ނަފްސަށް ގެއްލުމެއް ނުލިބުނީތީވެ މާތްﷲ އަށް ހަމްދުކުރަން.
މަރޭމިތުރު
10 April 2019
ހުރިހާ ދިވެހިންނަށް ހެލްތު އިންޝުއަރެންސް ކުރެވޭނެގޮތެއް ހަދައިދޭންޖެހޭ ކަމަށް ދެކެން. އިންޝޯރެންސް ކުންފުނިތަކުން މިކަން ކުރެވޭނެ ނިޒާމެއް ސަރުކާރު މެދުވެރިވެގެން ފަހިކޮށްދިނުމަށް ގޮވާލަން.
ރަދީފް
10 April 2019
@މަރޭމިތުރު.ހެލްތު އިންޝުއަރެންސް ލިބޭ ދޯ ކޮންމެ ދިވެއްސަކަށް""؟؟؟!! .މަރޭ ބުނަން ތިއުޅުނީ ''ފަޔާ އިންޝުއަރެންސް ނުވަތަ ޕްރޮޕަޓީ އިންޝުއަރެންސް'' ކަމަށް ވާނަމަ ކޮންގައުމެއްގަތޯ ރައްޔަތުންނަށް މިބުނ ކަންތައް ފްރީކޮށްދެނީ؟؟؟ ރާއްޖޭގަ ހާލުގަ ޖެހޭފަރާތްތަކަށް ހުރިހާ ސަރުކާރުތަކުން ވަރަށް ރަނގަޅު ހިދްމަތްދީ އެމީހުން މަގުމަތިވިޔަނުދީ ގެންގުޅެ ބަލަހައްޓާ ދޯ.ވ.ވެދުން
ރަނި
10 April 2019
ފޮތެއް ކިޔާލަބަލަ. ހަމައެކަނި ޚަބަރު ކިޔާތީ ކަންނޭނގެ ބައެއް ފަހަރު ކިޔޭ ނުކިޔޭ ނޭނގި ތިއުޅެނީ. ތި ކިޔާ އެއްޗަކާއި މި ޚަބަރާ ކޮން ކަމެއް؟ އެހެން ނުނަސް ޔުނިވާސަލް ހެލްތު ކެއާ އޮތް ޤައުމެއްގަ ކޮން ޕްރައިވެޓް އިންޝުއަރެންސްއެއް؟
މަރޭމިތުރު
10 April 2019
ޑިމާންޑުތަކެއް އެބަހުރި. އާސަންދައިން ކަވަރުނުވާ ކަންކަންކުރަން. ހެލްތު އިންޝުއަރެންސް ކުރެވެނީ ވަރަސް ގިނަ ފައިސާ ދައްކައިގެން އހަރެން ދިއައިންކުރަންވެގެން.
ޕިޔާ
10 April 2019
ކަލޯ މިހާރުވެސް ސަރުކާރުން އޮތީ ހުރިހާ ދިވެހި ރައްޔިތުންނަށް "އާސަންދަ" ކިޔާ ހެލްތު އިންޝުއަރެންސް ސްކީމެއް ލިބޭގޮތަށް ހަމަޖައްސައި ދީފައި! ހިޔެއްނުވޭ ދިވެއްސެއްވިއްޔާ އެ ނުލިބޭ މީހަކު އުޅޭނެ ހެނެއް!!
ސްކޭމް
11 April 2019
އިންޝުއަރެންސް ލިބެނީ ހަމައެކަނި މުއްސަދިންނަށް. އައެއް ބައިފަހަރު ކްލެއިމް ކުރަން ދިޔައީމަ ބުނަނީ ތީތި ކަވަރއެއް ނުވެޔޯ.