ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް: އޭނާ ކާމިޔާބު ކުރެއްވި މަޑުއްވަރީ ދާއިރާގެ ވޯޓު އަލުން ގުނުމުން އޭނާއަށް ވަނީ ވޯޓު އިތުރުވެފައި -- ފޮޓޯ/މިހާރު
10 އެޕްރީލް 2019 - 16:28
ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނިއިރު، އެ ދާއިރާގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ވޯޓް އިތުރުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި އާދަމް ޝަރީފް މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ 868 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 851 ވޯޓެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ދެމެދުގައި އޭރު އޮތް ވޯޓުގެ ފަރަގަކީ 17 އެވެ.
އާދަމް ޝަރީފަށް ވޯޓު އިތުރުވީ އެ ދާއިރާގެ ތިން ފޮއްޓެއްގެ ވޯޓު މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަނުން އަލުން ގުނުމުންނެވެ. ބާތިލް ވޯޓު ކަމަށް ކުރިން ކަނޑައަޅާފައި އޮތް ވޯޓުތަކުގެ ތެރެއިން ނުވަ ވޯޓެއް ސައްހަ ކަމަށް ނިންމުމާ އެކު އާދަމް ޝަރީފަށް ވޯޓު އިތުރުވެ، ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު މިހާރު ވަނީ 26 އަށް ބޮޑުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ ޝަކުވާތަކާ ގުޅިގެން ބައެއް ފޮށިތަކުގެ ވޯޓު އަލުން ގުނަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބު ކުރެއްވި މާމިގިލީ ދާއިރާގެ ބައެއް ފޮށިތަކާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބު ކުރެއްވި މާވަށު ދާއިރާގެ ބައެއް ފޮށިތައް ވެސް ދެ ވަނަ ފަހަރަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާލިމާ
11 April 2019
ބާތިލު ވޯޓުގެ މައްސަލައަކީ ޕީޕީއެމްއިން އެންމެ ފަހުވަގުތު ގާނޫނަށް ބަދަލުގެނެސްގެން ކުޅުނު ކުޅިވަރެއް.
Thutha Firimeeha
11 April 2019
މީނަގެ ގޮނޑި އަވަހަށް މައުމޫނު ޕާޓީޔާއި ހަވާލުކުރޭ، މީވެސް ޔާމިންގެ ޖަރީމާގެ ބައިވެރިިވި މީހެއް.
ހަމްދަރުދީ
11 April 2019
5 އަހަރު 3 އިންތިހާބު 3 ފިތުނަ ރައްޔިތުން ހަމަޖެހިލައިގެން އުޅޭނެ ވަގުތެއްނެތް ސިޔާސީޕާޓީ ހަދަންވެސް ޖެހޭ އެކަމަކު ސަރުކާރުގަ އޮންނަޕާޓީ އެއްގަނޫނީ މީހަކު އުޅެގެންވެސް ނުވެ އިންތިހާބު ކާމިޔާބުވުމުން ދެންފެށެނީ ބަޔައްބޯގިނަކުރަން ހިދުމަތެއްބޭނުމިއްޔާ މިޖެހެނީ ސަރުކާރު ޕާޓީޢައް ވަންނަން މިކަހަލަ ޑިމޮކްރެސީއަކައްވުރެ ރަސްކަމެހްވެސް މާރަގަޅުވާނެ މަށައްޔަގީން ރައީސްގެ ބަދަލުގަ ރަސްކަމެއް އުފައްދާފަ އެމަގާމު ނަސީދު އާ ހަވާލުކުރަން ދިވެހިން ރުހުން ދޭނެ
މޫސާފުޅު
11 April 2019
ކޮމެންޓްކުރާމީހުންގެ ބަސްމަގާައި އަޚްލާޤީ ފެންވަރު ދައްކަން ވަރަށް ފާހަގަކުރެވޭ. މުޢާމަލާތްކުރާއިރު ރީތިބަހުން ކުރުން މުހިއްމު. މިއުޅެނީ ފަސާދަކުރާކަށްނޫން. ކަންކަން ރަނގަޅުކުރެވޭތޯ. އަލިފާ ބާ އެނގުނަސް ތިމާއަކީ އެންމެ މޮޅުމީހާ ކަމުގައި ދެކޭނެކަމެއްނެތް.
މޮޅުމީހާގެއައްޕަ
11 April 2019
ބުނޭނު ކޮނުނުކޮނުނު ހެން ފަސް ވަާނީ ގިނައޭ. މިހާރު ގުނަންވީ ހަމައެކަނި ބާތިލްވޯޓް އެކަންޔެއްނޫން. ތިވަރަށް މައްސަލަ ހުރީޔަ އެއްކެންޑިޑޭޓުގެ ވޯޓް އަނެއްކެންޑިޑޭޓައް ދީގެން ގުނާފަ އޮތުންވެސް އެކަށީގެންވެއެވެ.
.ހިތިހިތާމަ
11 April 2019
.އީސީގެ ނަގާބިލުކަމާ އޮލުވާލުން މި ފަޅާއެރީ އެއްމެ ފުރަތަމަ ބުނެފި ވޯޓު ކަރުދާހުގާ އިތުރު އެއްވެސް އެއްޗެއް ރޮނގެއްވެސް އަޅައިފީމުން ވޯޓު ބާތިލު ވާނެކަމަށް ދެން މީޑިއާގާ މީހުންގެ ކުރިމަތީ ބުނީ ވޯޓު ގުނާމީހުން އަތުގާ ގަލަމެއް ފަނސޫރެއް އަނގޮޓިެއް ގަޑިއެއްވެސް ނުބޭއްވޭނެކަމަށް އެކަމެއްވެސް އެގޮތަކަށް ނުވި އެމީހުން އަތުގާ ގަލަން ފަނސޫރު ހުރިހާ ތަކެތިވެސް ހުރި އެމީހުނަށް ރޮނގެއް އަޅާލުމަކީ އުދަގޫ ކަމެއްބާ އިނތިޚާބުގަބޫލު ނުކުރަން.
ރާވެރިބެ
11 April 2019
ގުނިގުނިހެން ފަލީހަތްވެ ފަރަގު ބޮޑުވަނީ ... އަދިވެސް ޝުކުރުކޮށް ހުއްޓާލާކަށް ނުވޭތަ
ހާލިދާޒިޔާ
10 April 2019
މިހާވަރު ވީމަ ހުރިހާފޮއްޓެއްވެސް އަލުން ގުނަންޖެހޭނެ ނޫންތަ؟ އެންމެ ފޮއްޓެއްނޫން މި މައްސަލަޖެހުނީ. އެމްޑީޕީ މެޖޯރިޓީ އެމީހުނައް ކަޝަވަރު، ވީމާ އަލުން ގުނުމަކުން މާބޮޑު ގެއްލުމެއްނެތެއްނުން. އަލުން ކޮންމެ ދާއިރާއެއްގެ ކެނޑިޑޭޓުން ކުރިމަތީ ގުނާލަން ފެނޭ. ހަމަ ނަޝީދު ގެ 168 ވޯޓުގެ ފަރަގު ބޮޑު ވެސް ވުން ގާތް ދޯ.
ބާމު
10 April 2019
ދަތްދޮޅި ދުއްވާލާނެ ގިނަނުވިނަމަ.
އަހްމަދު
10 April 2019
މީނާ މިވަންނަނީ މަޖިލީހަށް. ކުރިން ބުނެފައޮތީ ތިމަންނަ ހުރިނަމަ ދަތްދޮޅި ދުއްވާލާނަމޭ. މިފަހަރުވެސް ހަމަ އެހެން ހަދަން އުޅެފާނެ...