ސ
03 މެއި 2019 - 10:29
ބާސެލޯނާ (3 މެއި) – ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ކޮންމެ ސީޒަނެއްގައި އޭނާއާ ދެކޮޅަށް ކުޅެން ނުޖެހުމަކީ ނަސީބެއް ކަމަށް ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ މެސީގެ ދެ ލަނޑާ އެކު ބާސެލޯނާ އިން ވަނީ ލިވަޕޫލުގެ މައްޗަށް 3-0 އިން ކުރި ހޯދައިފަ އެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށްވާ ވެން ޑައިކަށް އެރޭ މެސީ ހުއްޓުމުގައި ކާމިޔާބެއް ނުލިބުނެވެ.
"މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. މިދިޔަ އަހަރުތަކުގައި އޭނާ ދެއްކި ތަފާތުން މިކަން ސާބިތުވޭ. އަހަރެމެން މެޗުގައި އެޓޭކްކުރިއިރު ވެސް އުނދަގޫވޭ. އެއީ އެނގޭ ކައުންޓާ އެޓޭކަށް މަޑުކޮށްގެން މެސީ އެބަހުރިކަން،" ވެން ޑައިކް ބުންޏެވެ.
މި މެޗުގައި މެސީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލަށް އެތައް ބަޔެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ. ވެން ޑައިކް ބުނީ އެ ގޯލުން އެކަނި ވެސް މެސީގެ ފެންވަރު ސާބިތުވާ ކަމަށެވެ.
"އޭނާ އެންމެ މަތީ ފޯމުގައި ކުޅޭއިރު ހުއްޓުވަން ކުރެވޭނެ ކަމެއް ނޯންނާނެ. އަހަރެން އުފާކުރަން އަހަރެން ސްޕެއިނުގައި ނުކުޅޭތީ. ކޮންމެ ސީޒަނެއްގައި އޭނާއާ ދެކޮޅަށް ކުޅެން ނުޖެހޭތީ އުފާކުރަން،" ވެން ޑައިކް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންޑައިކް
04 May 2019
މެސީގެ ފެންވަރު އިގޭނީ މެސީ ހުއްޓުވަން އުޅުނީމަ.... މެސީ ވަރަށް މޮޅު!
ހުސޭނާ.
04 May 2019
ސްޕެއިން ލީގުގަ ކުޅުނަސް 2 މެޗުގަ މެސީ އާއި އިިކޮޅަށް ކުޅެންޖެހޭނީ. ހަމަ ޗޮކުހުން.
ވެން ހާލް
03 May 2019
ވެން ޑައިކް މަށަކަށް ފާހަގައެއް ނުވޭ..އެކަމަކު ލިވަޕޫލްގެ ފަހަތަށް ކުޅޭ ވަރަށް ފާހަގަ ކުރެވޭ ކުޅުން ތެރިއެއް މަށަށް ފާހަގަ ކުރެވޭ. ވެން ޑައިކް އަކީ އެއީތަ؟ އެވެސް ގަދަ ސޮރެއް.
ާތެދެއް
03 May 2019
ތީ ވ ބޮޑު ތެދެއް.. އިނދިކޮޅު ޓީމް މެސީ ދޫކޮއްފަ އެޓޭކް ކުރުން ރަނގަޅު ގޮތެއް ނޫން . ކައުންޓރ އެޓޭކްގައި މެސީއަށް ބޯޅަ ލިބިޖިއްޔާ އެއީ މަރު.
ސޯބެ
03 May 2019
ވެންޑައިކް އައް އެބަވިސްނޭ ތީ ވަރައްމޮޅު ޑިފެންޑަރެއް މޮޅެތި ޑިފެންޑަރުން އަބަދުވެސް މޮޅެތި ފޯވާޑުންނައް ތައުރީފް ކުރާނެ، މެސީހަމަ މޮޅީ...
ސިޔާސީ
03 May 2019
ކޮބާތަ ރޮނާލްޑޯ ކުދިންކޮޅު، މެސީ ހަމަ މޮޅީ
ވެން ޑައިކް ގެ ބޭބެ
03 May 2019
ވެންޑައިކަށް ވިސްނޭ!
ޝޫމައިކަލް
04 May 2019
މާރަގަޅަށް ވެސް ވިސްނޭ ވެންޑައިކަށް!