ހުޅުމާލޭގައި ދުއްވާފައި ދިޔަ ޓެކްސީއެއް: ހުރިހާ ޓެކްސީތަކެއް އެއް ޑިޒައިނަކަށް ބަދަލު ކުރަން ވަނީ ނިންމާފައި
12 މެއި 2019 - 21:49
މާލޭގައި ދުއްވާ ހުރިހާ ޓެކްސީތަކެއް އެއް ޑިޒައިނަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މާލެގައި ދުއްވާ ގިނަ ޓެކްސީތައް ހުރީ ވަރަށް ބޮޑަށް ބާވެ، ކުލަވެއްޓިފައި ކަމަށެވެ. އެހެންވެ، ހުރިހާ ޓެކްސީތަކެއް އެއް ކުލައެއްގައި އެއް ޑިޒައިނަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތަށް ބުނާނަމަ ލަދުގަންނަ ދަރަޖައިގައި ބައެއް ޓެކްސީތައް އެބަހުރި. ކިތަންމެ އަލަސް، ޓެކްސީތަކަކާއި ޕްރައިވެޓް ކާރަކާ ވަތްކެއް ނުވޭ. އެހެންވެ، އަޅުގަނޑުމެންގެ މަގްސަދަކީ މީހުން އަޅައިގަންނާނެ ފަދަ ގޮތަކަށް ޓެކްސީތަކަށް ބަދަލު ގެނައުން،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ގޮތަަކަށް ޓެކްސީތައް ހުންނަ ނަމަ، މާލެއަށް އަންނަ ޓޫރިސްޓުންނަށް ވެސް ފަސޭހަ ވާނެ އެވެ. އަދި މިއީ އާއްމުންނަށް ލިބޭނެ ލުޔެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން، މި ރޯދަ މަހު ޑްރައިވަރުންނަށް މައުލޫމާތު ދޭނެ ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް އަހަރެއްހާ ދުވަހުގެ މުހުލަތެއް ދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މާލޭގައި ދުއްވާ ބައެއް ޓެކްސީތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ އާއްމުން ކުރެ އެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ބައެއް ޓެކްސީތައް ބާވެފައި ވާއިރު ކާރުގެ ސީޓުތައް ހަލާކުވުން ނުވަތަ ވަސް ނުބައިވުން ފަދަ މައްސަލަތައް ފާހަގަ ކުރެ އެވެ.
އަދި އެ މައްސަލަތައް ހައްލުކޮށް، ޓެކްސީ އާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ބޭންކުތަކުން ލޯނު ދޫކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯރު
13 May 2019
ޓެކްސީ ކޯޕަރޭޝަން ހަދާ ސަރުކާރުން ޑުރައިވަރުން ލައިގެން ޓެކްސީކުރަން ފަށާބަލަ! ޒަމާނީ ޓެކްނޮލޮޖީއާއެކު ޓެކްސީ އޮތްތަނާ ދަތުރާ ހުރިހާ ކަމެއް މޮނިޓަރ ކުރެވޭނެ އުސޫލަކުން. އޭރުން ރައްޔިތުންނަށް ޚިދުމަތް ދެވޭނެ. އަގުބޮޑު ވެގެން އިތުރު މީހުން އަރުވައިގެން ޝަކުވާނުކުރާނެ.
ސަރަފިއްޔާ
13 May 2019
ޓެކްސީގެ އަގުތައް ވެސް ކަނޑޫދޫ މިރުހަށް ވުރެ ހެޔޮ ވާން ޖެހޭ.
އަލީީ
13 May 2019
ހުރިހާ ޓެކްސީއެއް ރީންދޫ ކުލައަށް.
ކަންއޮތްގޮތް
13 May 2019
ތިފަދަ ކުރުއްވާނެކަންތަކުގެ ހުވަފެން ނުދައްކާ މިނިސްޓަރު ފުރަތަމައަށް ވެވަޑައިގެން ވަޢުދެއްކަމުގައިވާ ގަރާޖް ރަޖިސްޓްރީކޮށް ދުއްވުމުގެހުއްދަ ނަގައިގެން މާލޭމަގުތަކުގައި ދުއްވާނަގާފައި ރޭގަނޑަށް މަގުމަގުގެ ދެފަރާތުގައި ނުޤަވާޢިދުން ޕާކުކޮށްފައިހުންނަ ވެހިކަލްތައް ނަގާދެއްވައި، މާލޭގެ މަގުތަކަކީ ރޭގަނޑުވަގުތުގައި ދުއްވާލަންފަސޭހަތަނަކަށް ހައްދަވާދެއްވުން މާރަނގަޅުވާނެ. އިތުރު ހުވަފެންދެއްކުން ފަހަށް ބާއްވަވާ!
ސަލާމީ
13 May 2019
ޓެކްސީތަކައް ގެންނަންވީ ޓޫރިޒަމް އިސްތިހާރުކުރެވޭ ކަހަލަ ޑިޒައިނެއް.
ރަންދެލި
13 May 2019
ޑުބާއީ ސްޓައިލް ގެ ޓެކްސީ ޕެއިންޓް ސްކީމް ތައާރަފް ކުރުމަށް ވުރެ މި ވަގުތު ކުރަންވީ އެހެން ކަންތައް ހުރި ކަމަށް ފެންނަނީ. މިސާލަކަށް މީޓަރު ހަރު ކުރުން. އެތެރެ ސާފު ތާހިރު ވެހިކަލް ތަކެއް ކަން ކަށަވަރު ކުރަން ކުރަން ޖެހޭ ކަން ކަން ކުރުން!
ގަމާރުކޮއި
13 May 2019
ޓެކްސީތަކުގައި އެއްކުލަ ލުމާ އަދި މީޓަރު ހަރުކުރުމަކީ މާޒީއަށް އަބުރާދިއުން. ޓެކްނޮލޮޖީ ބޭނުންކޮށް ކުރިއަރަން އެބަޖެހޭ. ތިއަމަލުން ދާނީ ފަހަތަށް
ވަހީދު
13 May 2019
އިބްރާހީމްބެ ވެރިކަމަށް އައިފަހުން މުޅިސަރުކާރު ޓެކްސީ އާއި އަޅައިގަނެގެން.
ދިސްވޭއޭ
13 May 2019
މާލޭގައި ދުއްވާ ޓެކްސީ ތައް ޓެކްސީ ކުރަންވީ ކިތަންމެ ބޮޑު އިންވެސްޓެއް ކޮށްގެން ނަމަވެސް އެމްޓީސީސީންނޭ މާލޭގައި ޓެކްސީ ދުއްވާ ޑްރައިވަރުންގެ ސަބަބުން ވެސް ރާއްޖޭގައި ބިރުވެރި ހާދިސާ އެއް ހިނގައިފާނެއޭ މާލޭގައި ކުރާ ޓެކްސީ ތަަކަކީ އެއީ ސަރުކާރުގެ ކުންފުންނަކުން ކުރާ ޓެކްސީ ތަކަށް ހަދަންވީ އެއިރުން ޓެކްސީ ތަކުން ނަގާ އަގު ވެސް މިހާރަށް ވުރެން ތިން ގުނަ ދަށްވާނެއޭ...
ކައްޓަފުޅި
13 May 2019
ބަލަ އިހަށްދުވަހުދޯ ތިބުނާކަހަލަ ބޮޑު ކުންފުންޏަކުން ދުއްވާ ބަހެއްމީހެއްގެ ގައިމަތިން ދިޔައީ؟ ދެނޯ؟
ކަތީއްބެ
13 May 2019
ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިމާވެފައިވާ އެންމެ ބޮޑު ކަމަކީ ޓެކްސީތަކުގެ މައްސަލަހެން ވަރަށްބޮޑަށް ހީވޭ، މިނޫންކަމެއް އެމިނިސްޓްރީއިން ކުރާތަނެއް ނުފެނޭ، މުޅިންވެސް ޓްކްސީގެ މައްސަލަ ޙައްލުނުވެގެން އުޅެންޖެހެނީ، ކަނޑުދަތުރުފަތުރުގެ ނިޒާމެއްވެސް ހަރުދަނާކޮށް އޮންނަންޖެހޭ، ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮވެއްޖެ، އެހެނަސް މިނިސްޓްރީގެ މައިގަނޑު މަސައްކަތަކަށް ވެފައި މިއޮތީ މުޅިންވެސް ޓެކްސީ، އެހެން ދިމާއަކަށް ފޯކަސް އެނބުރާލަން އެބަޖެހޭ.
ޚާފަ
13 May 2019
ޓެކްސީ އަކީވެސް އަގުބޮޑުކޮށް ގަންނަ އެއްޗެއް ގިނަފަހަރަށް ނިކަމެތިމީހާ ދަރާވިކިގެން ކާރު ގަތީމަ ޓޫރިސްޓުންނަން ދައްކަން އޭގެ މުޅި ބޮޑީ ޕެއިންޓް ބަދަލު ކުރަުން އެއީ އިންސާފެއް ނޫން. ޕެއިންޓް ކުރަން ދޮރުފަތެއް އެކަނިވެސް 1200 ރުފިޔާ އަާނެ މަދުވެގެން. ވާހަކައެއް ބުނާއިރަށް ނިކަން ވިސްނާލަބަލަ. ޓެކްސީއެއްގެ ވީލްގަ ހިފީމަ އެނގޭނީ އެކަމުގަ ހުރި ގޮންޖެހުންތައް.
ރައްނަމާރި
13 May 2019
ގިނަ ޓެކްސީ ޑްރައިވަރުންނަކީ ވަރަށް މިކަރުހަދާ އެއްވެސް އުޅުމެއް އަޚުލާގެއް ހުންނަބައެއް ނޫން. އަހަރުމެން މިތިބެނީ ޓުއަރިޒަމަށް ބަރޯސާވެގެން. މި ޓެކްސީ ކުރާމީހުންނާ ހެދި މުޅިގައުމުގެ އަގުވެއްޓެނީ
އަލީީ
13 May 2019
ވީލްގަ ހިފާއިރަށް މުޅިމީހާ ބަދަލުވޭ. ރައްޔިތުންފެލާލާ، ކުރު ދަތުރެއް ނުކޮށްދޭ. ޑުރައިވަރ ދާދިމާއަކަށް ފަހަރަކު އެއްޗެއް ނަގަމުންނަގަމުން ދާންޖެހެނީ. ފައިސާ ހަލާލުނުވަނީ ހަމައެކަނި ވަގަށްނެގީމައެއްނޫން ޑްރައިވަރޫ.