ޚަބަރު / ދީބާޖާ އިންވެސްޓްމަންޓް

ދީބާޖާގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން ހުށަހަޅައިފި

ސިިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދީބާޖާގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ބާތިލްކުރަން އެދިފައިވަނީ ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.

ދައުލަތަށް މާލީ ބޮޑު ބުރައަކަށް ވާ އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ހުށަހެޅިއިރު، ސިވިލް ކޯޓުގައި އިއްޔެ ވަނީ ހުކުމް ތަންފީޒު މަރުހަލާގެ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާފައިވަނީ ސިއްރުކޮށްގެންނެވެ.

ބަޔާނުގައި ބުނީ ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. ނަމަވެސް ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށް ކަން ފާހަގަކުރި އެވެ.

".ސިވިލް ކޯޓުގެ ނަމްބަރު.....ގަޟިއްޔާގައި ކޮށްފައިވާ ހުކުމަކީ 15 ފެބްރުއަރީ 2015ގެ ކުރިން ކޮށްފައިވާ ހުކުމެއްކަމަށްވެފައި، އުސޫލުގައިވާ ގޮތުން، އެފަދަ ހުކުމެއް ތަންފީޒުކުރުމަށް ކޯޓަށް ހުށަހަޅަންޖެހޭނީ ކަމާބެހޭ ފޯމަކުންނެވެ. އަދި އެ މައްސަލައެއް ހުކުމް ތަންފީޒު ޑިވިޝަނަށް ފޮނުވުމުގެ ކުރިން ސުލްހަވެރި ހައްލެއް ހޯދުމަށް ޑިސްޕިއުޓު ރިޒޮލިއުޝަންް ޑިވިޝަނަނަށް ފޮނުވާ ގޮތަށް ކަނޑައަޅާފައިވީނަމަ ވެސް، ބުނެވިދިޔަ ކަންކަން އެގޮތަށް ފުރިހަމަކޮށްފައެއް ނުވެ އެވެ،" ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ސިވިލް ކޯޓުގައި ބޭއްވި މައްސަލައިގެ އަޑުއެހުން ސިއްރުކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެް މެދުވެރިވެގެން ކަމަކަށް ނުފެންނަކަމަށް ބުންޏެވެ. ސިއްރު ހިފަހައްޓަންޖެހޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާނުކުރުމަކާ ނުލައި، ކޯޓުން މީޑިއާއަށް އަންގައި، އެ އަޑުއެހުމުގައި ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ކޯޓުން މީޑިއާއަށް އާއްމުކުުރުމަކީ، ދައުލަތުގެ މާލީ ބޮޑު މަސްލަހަތެއް ހިމެނޭ މައްސަލައެއްގައި، ފުރިހަމަ މައުލޫމާތު އެންމެންނަށް ލިބިދިނުމަށް ހުރަސްއެޅުންކަން ވެސް ފާހަގަކުރި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2014 ގައި އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިދިޔަ މަހު ވަނީ ތާއީދުކޮށްފަ އެވެ.

43 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެޓޮމް

15 May 2019

ޑރ ވަހީދުގެ ވެރިކަމުގެ ސަބަބުން ދައުލަތުގެ އޮފީސްތަކުގަހުޅުޖަހާ އެއާޕޯޓް ހޯދަން ގައުމުދަރައި އަދި މި ދީބަޖާގެ ކަންތައްވެސް މިއައީ ބަގާވަތުގެ ހިތި ގައުމު ނޭވާނުލެވިފަ

The name is already taken The name is available. Register?

ބުރޯުރޯ

15 May 2019

އޭ ފަޔާގެ ބިގަށް ދޭން ޖެހޭ ބަދަލް ދީ ހަލާސް ކުރީތޯ ބަލައިދީބަަލަ. އެކަން ކުރާ ގޮތަކުން އިތުބާރު އެބަ ހުޅަހަޅަން ޖެހޭ މަޖިލީހަށް. ބުރޯ ނެތެއްކަމަކު ކުދި ކުދި ބުރޯތައް މި ފެންނަނީ. ރައްޔިތުންނަށް ކޮޅު ކެހި.

The name is already taken The name is available. Register?

‫ސުލޭމޭން

15 May 2019

ތ‫ިޔަ ފޮޓޮއިން ތިފެންނަނީ ހިލާލީ ގަނޑުވަރު އަރިއަޅާލައިފައި ވަނިކޮށެވެ. ވެރިކަމުގެ ކިއްލާ އަރިއެޅުމުގެ މާނައަކީ ސަރުކާރު ވެސް އަރިއަޅާލި ކަމެވެ. ދެން މި ސަރުކާރު ގެންނަން ނުކުތް މީހުން ނުކުމެ ސަރުކާރު ހަމަބިމަށް ތިރިކުރާނެ ވަގުތު މިހިރަ ކުޑަތަންވަނީއެވެ.

The name is already taken The name is available. Register?

ބޮޑުބަލާ ސެނާ

15 May 2019

ފަޔާ ރިފްއަތު، މީ ފިސާރި ފަހުލަވާނުން ބައިތުލް މާލު ދވލމގ. ޔާމީނަށްވުރެ މޮޅު. ޔާމީނު އެވަރު ތިލަކުރަން 5 އަހަރު ނެގި. މި ކޭސްތަކުގައި 6 މަސް ނުވޭ ރާސް ޓަސް. އަދި ކޯޓު މެދުވެރިކޮށްގެން. އަޅޭ ގަދަ އެއް ނޫންތަ؟ ހީވާގޮތުން ޔާމީނު ކޭޥަރުގެ 10 ގުނަ ފަސް އަހަރު ތެރޭ ކާނެ. އެއީ 6 މަހުން ބިލިއަނެއް ގެ ރޭޓުން. ހިނގާ އަތްޖަހަން.

The name is already taken The name is available. Register?

ސދފގހ

15 May 2019

އެމްޑީޕީއަށް ރާޢްޖޭގެ ކަރަޕްޝަނެއް ނުހުއްޓުވޭނެ ގެންނަން ވާ އިސްލާހެއް ނުގެނެވޭނެ! އެކަން އެމީޙުން ސާބިތު ކޮށްދީފި ކޯޓާ ގުޅިގެން މި ދަވާލި ލާޜި ގަޑު ތަކުން!

The name is already taken The name is available. Register?

ހާދަރޭ

15 May 2019

އެމްޑީޕީއަށް ރާޢްޖޭގެ ކަރަޕްޝަނެއް ނުހުއްޓުވޭނެ ގެންނަން ވާ އިސްލާހެއް ނުގެނެވޭނެ! އެކަން އެމީޙުން ސާބިތު ކޮށްދީފި ކޯޓާ ގުޅިގެން މި ދަވާލި ލާޜި ގަޑު ތަކުން!

The name is already taken The name is available. Register?

ހާދަރޭ

15 May 2019

ނާޒިމް ސައްތާޜު ބުނީ އިސްލާމީ ޚީލާފަތުގައި ބައިތުލް މާލު ހުސްވެފައިވެސް އެބަހުއްޓޯ ބަދަލު ދޭން ޖެހިގެން. އިންނާެނ ޓްވީޓް ގަނޑެއް. ވީމާ މި ވަންކަން މި ހިނގަނީ ވަރަށް މަތިން އެންޑޯސް ވެގެން. މަށަށްވެސް އޯކޭ ބައިތުލް މާލު ހުސްކޮށްލިއަސް ވަގުންނަށް އިސްލާމީ ޝަރީއަތް ހިންގާ އަތް ކަނޑަނިކޮށް. 2 ކަން ކޮށްލަ

The name is already taken The name is available. Register?

ކޭތަ އިބުރޭ

15 May 2019

މި ފައިސާއިން ބައި އަޅަން ޖެހޭ މަދަކަ ބައިވަރުމީހުންނެއް ނޫން އުޅެނީ ކީ އެއް! އެ ކަަމަކު ރައީސް އިބޫ އަކީ މަޑުން ހުންނެވިއެއް ކަމަކު، ކުޅިކުޅި ވަރު ކުޅެވޭނެ ބޭޅެއް ނޫން!

The name is already taken The name is available. Register?

ހހހހހ

15 May 2019

މިހާރު ހޮވާފަ ތިއޮތް މަޖްލިހުގެ އިހްލާޞްތެރިކަމެއް ހުރިއްޔާ ނިކަން، ދިވެހި ރައްޔިތު އެންމެންގެ އާމްދަނީ މޮނިޓަރ ކުރެވޭނެ ނިޒާމެއް އެކުލަވާލުމާއި، ކޮންމެ ރައްޔިތެއްގެ އާމްދަނީގެ މައުލޫމާތު ދިވެހި ކޮންމެ ރައްޔިތަކަށް ފެންނާނެ ނިޒާމެއް ގާއިމު ކުރުމަށް ޤާނޫނެއް ހަދާ އެގާނޫނު 6 މަސްތެރޭ ތަންފީޒު ކޮށްލަބަލަ. އޭރުން ކޮރަޕްޝަނެއް ނޯންނާނެ.

The name is already taken The name is available. Register?

އަލީޔ

15 May 2019

ކޮރަޕްޝަން ހުއްޓުވަންށޭ ކިޔާ ނުޖެހޭ އެންމެންގެ އާމްދަނީ ހާމަކުރަން. ޝައްކެއް އުޅެންޏާ ކަމަބޭހޭ ފަރާތްތަކުން އޮންނަ އުސޫލުން ބެލޭނެ. ތިކަމުން އުފެދޭނީ އިތުރު ހައިޖާނު. ހަސަދައާއި، ކޭޝްއޮންލީ އާ މިހެންގޮސް ބައިވަރު.

The name is already taken The name is available. Register?

ހހހހހ

15 May 2019

އާއްމު މީހާގެވެސް އިހްލާސްތެރިކަމެއނެތް. ގައުމެއްގެ ހަޒާނާގެ ހަޒާންދާރުގެ ހުންނާނީ ކޯންޗެއް؟ ހުސް ފީއުނބު. ކުޅުޖަހަން ރަނގަޅު ފީކުދާނު. އަޚްލާޤެއް އިލްމެއް ތެދުވެރިކަމެއްނެތް. ނާތަހުޒީބު ގަބީލާވަންތަ ބައެއް ތިބި ތަނެއް. ކަނީ ހަލާލު އެއްޗަކަށްވީ ދުވަހަކުން، އިޙްލާޞްތެރި އަބުރުވެރި އަމާނާތްތެރި ބަޔަކު މިގައުމުން ނުކުންނާނީ.

The name is already taken The name is available. Register?

6666

15 May 2019

ޤާނޫނު އަސާސީގައި އޮތީ ރަގަޅަށް. ނެތިގެން މިއުޅެނީ އޭގައި އޮތް ގޮތަށް މަސައްކަތް ކުރާނެ އޭސީސީއަކާ ޕޮލިހަކާ ކޯޓެއް. މައްސަލައަކީ ކަރަޕްޓް މީހުން ނުބޭލުން. މި ބައިގަނޑު ބާލާޢިަރަށް އޮޓޯއިން ހުރިހާ މުއައްސަސާއެއް މަގަށް އެޅުނީ. އެޖެންޑާ 19 ގައިވެސް ދައްކަންވީ ކަރަޕްޝަން ވާހަކަ ދެއްކިއަސް ކަމެއް ނުވެގެން މިއުޅެނީ ކަރަޕްޓް ބައިގަޑު 2 ޕާޓީގައިވެސް އުޅޭތީ. ނިޒާމް އިސްލާހު ކުުރުމަށްވުރެ ކުރަން ޖެހޭ ކަމަކީ ކަރަޕްޝަން ހާމަކޮށް ބަލާ ޖަލަށް ލުން

The name is already taken The name is available. Register?

ހހހހހ

15 May 2019

ކޮރަޕްޝަން ބަލާނެބައެއް ތިބިނަމަ، 1000 މިލިއަން ރުފިޔާ 6 މަސްތެރޭ ރައްޔިތުންގެ ހަޒާނާއިން ކުންފުނިތަކަށް ނުދޭނެ. ކޯޓުން ހުކުމް ކުރުމާއެކު، ބިގަށް ފައިސާދޭންފެށި ގޮތަކީ މިކަމަށް އޮތް އަލިގަދަ ހެތްކެއް.

The name is already taken The name is available. Register?

ދސައއަ

15 May 2019

މަގު ޗާޓް ވެސް މިހާޜު ވަރަށް ސަޅިއޯ! މި ކަމުގައި އުޅޭ ލޯޔަރުންވެސް ގުޅިފައިވަނީ އެންމެ މައްޗާ. ކުޑައާ އެއްކޮށް. މީގެން އެނގޭ އަނެއް އެއްޗަކީ ކަރަޕްޝަން ފައިސާ ކެއުމުގައި އެމްޑީޕީ އަކުންވެސް ވަކި ޕީޕީއެމަށް ދޫނުކުރާނެކަން.

The name is already taken The name is available. Register?

މުރާސިލު1

15 May 2019

ބަލަ ތިޔަ މައްސަލައިގެ ހުކުމް ތަންފީޒު ކުރަން އުޅެނީ އުސާލާއި ޚިލާފަށް ކަމަށްވާނަމަ، ކޯޓުތަކުގެ ކަންތައްތައް ބަލަން ދިވެހި ދައުލަތުން ލާރި ދީފައި ބައިތިއްބާފައި ތިބޭ މީހުން ހޭލާކަށް ނުވޭތޯ އަދިވެސް. ސްޕްރީން ކޯޓާއި ޑީޖޭއޭ އާއި ޖޭއެސްސީ މީހުންތައް ރޯދަބަލިކަމުން ތަންތަން ނުފެންނަނީ ތޯ ވެސް ބަލަންވެއްޖެ ނޫންތޯ. ނޫނީ ސަރުކާރުން ފުލުހުން މެދުވެރިކޮށް މިފަދަ މީހުން ތިބި ތަނެއް ހޯދަންވީ ނޫންތޯ.

The name is already taken The name is available. Register?

ނަން

15 May 2019

ފުލުހުން މެދުވެރިކޮށް އުޅެފިއްޔާ ކޯޓު ތަޅު އަޅުވަނީޔޭ ކިޔާފަ ހަމަ ތިމީހުންތައް ނިކުންނާނެ. މަޖިލީސް ހޮވުނީމަ ދެން ގަވާއިދާ އެއްގޮތަށް ކަމެއް ކުރެވޭނީ ބޭނުންވިޔަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454