ޚަބަރު

ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ: ޕޮލިސް

ލުތުފަރު މަރާލުމަށް ފަހު މޫދަށް އެއްލާލިތަން ފާހަގަކޮށްފައި -- ފޮޓޯ: ޕޮލިސް

ށ. ޅައިމަގުގައި ގެއްލިގެން ހޯދި ބަންގްލަދޭޝް މީހެއް ކަމަށްވާ ލުތުފަރު މަރާލީ، އޭނައާ އެކު އެއް ބޯޓުގައި މަސައްކަތްކުރި މީހުންނާ އެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ގެއްލުނު ބިދޭސީ މީހާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސީިރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ "ކުރިމަގު 1" ބޯޓުގައި މަސައްކަތްކުރާ ލުތުފަރާ ގުޅޭގޮތުން ފުރަތަމަ ހުށަހެޅީ ވީނުވީއެއް ގެއްލުނު މައްސަލައެއް ކަމަށެވެ. ނަމަވެސް މަރުގެ މައްސަލައެއްގެ ގޮތުގައި މިހާރު އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ލުތުފަރުގެ މަރާ ގުޅިގެން، އެ ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ދެ ފަހަރެއްގެ މަތިން 15 ދުވަސް އިތުރުކޮށްފަ އެވެ. މި މަހުގެ ފުރަތަމަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ ބޯޓުގައި މަސައްކަތްކުރާ އަލަމިންނާއި ނޫރުލް އިސްލާމެވެ. ޖެހިގެން އައި ދުވަހު ބޯޓުގައި ދެން ބާކީ ތިބި އެމް.ޑީ އަހުތަރު ހުސެއިނާއި ހަނީފް ބްރަދާ ހައްޔަރުކޮށްފައިވެ އެވެ.

ލުތުފަރު އެންމެ ފަހުން ފެނިފައިވަނީ، ކުރިމަގު ބޯޓުން، މިދިޔަ މަހުގެ 21 ވަނަ ދުވަހު ރޭގަނޑު 9:30 ހާއިރެވެ. އަދި ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:17 ހާއިރެވެ.

ލުތުފަރުގެ މަރާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސީިރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝިފާއު ވިދާޅުވީ ޅައިމަގު ބަނދަރުގައި އޮތް އިރު އެ ބޯޓުން އެ ރޭ 9:30-10:30 އާ ދެމެދު އާދަޔާ ހިލާފު އަޑުތަކެއް އިވުނު ކަމަށެވެ. އެހެންވެ އެ ސަރަހައްދުގައި ތިބި ބަޔަކު ބޯޓު ކައިރި އަށް ގޮސް ވާނުވާ ބެލި ކަމަށާއި އަދި އެއީ، އޭނާގެ އަންހެނުންނާ ފޯނުން ޒުވާބުކޮށްގެން ވާހަކަދެއްކި އަޑުކަމަށް ނޫރުލް އިސްލާމް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ވަގުތު ބޯޓުގައި އެކަކު ނިދާފައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

މަރާލީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން

ލުތުފަރު މަރާލައި އޭނާގެ ހަށިގަނޑުގެ ބައިތައް ބުރިކޮށްފައިވާ ކަމަށް މީގެ ކުރިން އަޑުތައް ފެތުރު ނަމަވެސް ފުލުހުން މިއަދު އެކަން ދޮގުކުރި އެވެ. ޝިފާއު ވިދާޅުވީ ލުތުފަރު މަރާލާފައި ވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަަމަށެވެ. އެއަށްފަހު ހަށިގަނޑުގައި ބަރު ޖަހައި ކަނޑުފައްތާފައިވާ ކަމަށް ވިދާޅުވި އެވެ. ހަށިގަނޑުގެ ބައިތައް ބުރިކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ މަރާލާފައި ވަނީ ބޯޓުގެ ވާތްފަރާތުން ދިރުނބާކޮޅު ހިސާބުން ތައްޓުމަތީގައި ބޭއްވުމަށް ފަހު ކަމަށާއި އެކަމުގައި ބައިވެރިވެފައި ވަނީ އަލަމިން އާއި ނޫރުލް އިސްލާމް ސަރުކާރާއި އެމް.ޑީ އަހުތަރު ހުސެއިން ކަމަށް ފުލުހުން ބުންޏެވެ. އެ ވަގުތު ހަނީފް ބްރަދާ އޮތީ ނިދައިފަ އެވެ.

ލުތުފަރު މަރާލި ރޭ އެ ވަގުތު ބޯޓަށް މީހަކު އަރައިފާނެ ކަމުގެ ބިރަށް، ލުތުފަރުގެ ދެ ފައިގައި ވަލެއް އައްސައި މޫދަށް ބާލާފައިވާ ކަމަށާއި އޭގެ ގަޑިއެއްހާ އިރު ފަހުން ނޫރުލްއިސްލާމް މޫދަށް ފުންމާލުމަށް ފަހު ލުތުފަރުގެ ހަށިގަނޑު އަލުން ނެގީ ކަމަށް ފުލުހުން ބުންޏެވެ. އަދި ލުތުފަރު ލައިގެން ހުރި އަންނައުނު ބާލުވައި އޭނާގެ ހަށިގަނޑުން ފެން ހިއްކައި، އެހެން އަންނައުނު ލައްވައި، އޭނާ އާއްމުކޮށް ނިދަން އޮންނަ ތަންމަތީގައި ބޭއްވިކަން ވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ.

"އެހެން ބާއްވާފައި ވަނީ އެ ވަގުތު ބޯޓަށް އެހެން މީހަކު އެރިކަމުގައި ވިއަސް ލުތުފަރު ބޯޓުގައި ނިދާފައި އޮތްކަން ދެއްކުމުގެ މަގުސަދުގައި. އެއަށްފަހު އޭނާގެ ހަށިގަނޑާ މެދު އަމަލުކުރާނެ ގޮތަކާ ދޭތެރޭ މަޝްވަރާކުރުމަށް ފަހު އެ ރޭގެ ދަންވަރު 1:30 ހާއިރު ލުތުފަރުގެ ހަށިގަނޑު ކަނޑުފައްތަން ނިންމައި ތިން މީހުން ވެގެން ލުތުފަރުގެ ހަށިގަނޑު ކުރިމަގު ބޯޓާ ދިމާލުން ފަޅުތެރެއަށް ދެ ވަނަ ފަހަރަށް ބޭލުވި،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލުތުފަރު ކަނޑުފައްތާފައި ވަނީ ބޯޓުގައި ބޭނުންކުރާ ވަލާއި ގޯންޏާއި އަދި ފެންއަޅަން ބޭނުންކުރާ 20 ލީޓަރުގެ ތިން ފެން ހަން ބޭނުންކޮށްގެން ކަމަށެވެ. އެ މީހުންނާ އެކީގައި އެ އެއްޗެހި ބާލުވައި، އެ ތިން ހަން ލުތުފަރުގެ ހަށިގަނޑުގައި ބަނުމަށް ފަހު ހަންތަކުގެ އެހީގައި ލުތުފަރުގެ ހަށިގަނޑު ފަޅުތެރެއިން ލާފައި، ގެންގޮސް ބަނދަރުގެ ބޭރު ތޮށިގަނޑު މަތިން އަރުވައިގެން ތޮށިގަނޑުގެ ބޭރަށް ހަށިގަނޑު ގެންގޮސްފައިވެ އެވެ. އޭގެ ފަހުން ބޯޓުން ގެންދިޔަ ގޯނިތަކަށް، އެ ދިމާލުގައި ހުރި ހިލަތަކުން ހިލަ އާއި މޫދުން ގާ އެޅުމަށް ފަހު ލުތުފަރުގެ ފަޔާއި އުނަގަނޑުގައި އެ ބަސްތާތައް އައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ލުތުފަރުގެ ކަށިތައް ކަނޑު އަޑީގައި. -- ފޮޓޯ: ޕޮލިސް

"އެ ބަސްތާތަކުގެ އިތުރުން ބޮޑު ގަލެއް، ހަށިގަނޑުގައި އެއްސުމަށްފަހު، ކުރިން ވެސް ހަށިގަނޑުގައި އައްސާފައި ހުރި ހަންތަކުގެ އެހީގައި ހަށިގަނޑު، ބަނދަރާ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދަށް ފަތާފައި ގެންދިއުމަށް މަސައްކަތްކުރި. އެހެން ނަމަވެސް ބަސްތާތައް ބަރުވުމުން އޭގެތެރެއިން ބައެއް ބަސްތާތައް ތޮށިގަނޑާވީ ހިސާބުން ދޫކޮށްލުމަށް ފަހު، ހަށިގަނޑުގައި އައްސާފައި ހުރި އެހެން ބަރުތަކާ އެކީގައި ލުތުފަރުގެ ހަށިގަނޑު އެ ދިމާލުން ކަނޑުގެ ސަރަހައްދަށް ގެންގޮސް، ހަށިގަނޑުގައި ބަނދެފައިވާ ހަންތައް ވަކިކޮށް، ބަރުތަކާ އެކީގައި ލުތުފަރު ކަނޑަށް ފައްތާފައިވާކަން ފާހަގަކުރެވޭ،" ލުތުފަރު ކަނޑުފެއްތި ގޮތް ތަފްސީލުކޮށް ދެއްވަމުން ޝިފާއު ވިދާޅުވި އެވެ.

އޭނާ މަރާލުމަށް ފަހު އެ ތިން މީހުން ހަންތައް ހިފައިގެން އައިސް ބޯޓަށް އެރީ އެވެ. އަދި ނިދުމަށްފަހު ފަތިހު ބޯޓު ފުރަން މީހުން އަރައި ތައްޔާރުވުމުން ލުތުފަރާ ގުޅޭގޮތުން އެ ބިދޭސީން ބޯޓުގެ ކެޕްޓަނާ ސުވާލުކުރި ކަމަށް ވެސް ވިދާޅުވި އެވެ. އެ މީހުންނަށް ލުތުފަރާ ގުޅޭ މައުލޫމާތު ނޭނގޭ ކަމަށް، ކެޕްޓަންގެ ގާތު ބުނި ކަމަށް ޝިފާއު ވިދާޅުވި އެވެ.

ފަރުމަތިން ފެނުނީ ހުސް ކަށިތަކެއް

ފުލުހުން ބުނި ގޮތުގައި، އަދި ނިއުސް ކޮންފަރެންސްގައި ވެސް ދައްކާފައި ވަނީ ލުތުފަރުގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެކެވެ. އޭގެ ތެރޭގައި ވަކިވަކިން ހުރި ކަށިތަކަކާއި ކަރުން ފެށިގެން މައިބަދަ އެއްްކޮށް އޮތް ކަށިގަނޑަކާއި ބޮލުގެ ނާށިގަނޑު ހިމެނެ އެވެ. އެ އެއްޗެހި ފެނިފައި ވަނީ އެ ސަރަހައްދުގެ 27 މީޓަރު އަޑިންނެވެ.

އެއީ ލުތުފަރުކަން ޔަގީން ވަނީ ކިހިނެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ފުލުހުން ބުނީ ތަހުގީގުގައި ލުތުފަރު ކަނޑުފެއްތި ކަމަށް ބުނާ ސަރަހައްދާއި އެ ކަށިތައް ފެނުނު ސަރަހައްދާ ދިމާވާ ކަމަށާއި ކަށިތަކުގެ މުއްދަތަށާއި ލުތުފަރުގެ އިސްކޮޅަށް ބެލިޔަސް އެއީ ލުތުފަރުކަން ޔަގީންވާ ކަމަށެވެ. އެހެން ނަމަވެސް، ލުތުފަރަކީ ކާކުކަން އަދި ހޯދިފައި ނުވާތީ ސައިޓިފިކް ނުވަތަ ޑީއެންއޭގެ އެއްވެސް ހެއްކެއް އަދި ނެތް ކަން ފުލުހުން ފާހަގަ ކުރި އެވެ.

ފުލުހުން ބުނީ ލުތުފަރުގެ ހަށިގަނޑުގެ ކަށިތައް އެކަނި ހުރީ، އެ ކަށިތައް ފެނިފައި ވަނީ އޭނާ ކަނޑުފެއްތިތާ 15 ވަރަކަށް ދުވަސްވެފައިވެ، މަސްގަނޑު ވަކިވެފައިވާތީ އެވެ. ކަނޑު އަޑީގައި އޮންނަ ހަށިގަނޑެއްގެ މަސްތައް އާންމުކޮށް 4-5 ދުވަސްތެރޭގައި ހަށިގަނޑާ ވަކިވާ ކަމަށް ވެ އެވެ.

ލުތުފަރުގެ ބޮލުގެ ނާށިގަނޑު

ލުތުފަރު ކަނޑުފެއްތި ކަމަށް ބުނާ ސަރަހައްދު ފާސްކުރިއިރު ގާ އަޅައި ވާ އައްސާފައިވާ ބަސްތާތަކާއި ބަނދަރާ އޭރު އޭނާ ލައްވާފައި އޮތް ކަމަށް ގަބޫލުކުރެވޭ ފަޓުލޫނާއި ވާ އައްސާފައި ހުރި ގާތައް ވެސް ވަނީ ފެނިފަ އެވެ.

ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުން ފެނުނީ ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ލުތުފަރާ ގުޅޭ ރަސްމީ އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވާތީ އެކަމުގައި ދަތިތަކާ ދިމާވާ ކަމަށް ފުލުހުން ބުނެ އެވެ.

"ކޯޓުގައި ވެސް ކުށަށް އިއުތިރާފުވި"

އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރުމުން ލުތުފަރު މަރާލިކަމަށް ތިން މީހުން އެއްބަސްވެފައިވާ ކަމަށް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް މުހައްމަދު ސާމިހު ވިދާޅުވި އެވެ. އަދި ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ކޯޓުގައި ވެސް ވަނީ ލުތުފަރު މަރާލިގޮތް ކިޔައިދީ އެކަމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

"...މުއްދަތުގެ މަޖިލީހަށް [ކޯޓަށް] ގެންދާ ކޮންމެ ފަހަރަކު ވެސް މި ފަރާތްތަކުން ކޯޓުގެ މަރުހަލާގައި ނުވަތަ މުއްދަތު މަޖިލީހުގައި މި ފަރާތްތައް މިކަން ކުރިގޮތް ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައި، ކޯޓުގެ މަރުހަލާގައި ވެސް [މަރާލިކަމަށް] އިއުތިރާފުވެފައި،" ސާމިހު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދި ވެސް އިތުރަށް ކުރަމުން އަންނަކަމަށެވެ. އަދި އެމީހުންގެ މައްޗަށް ދައުވާކުރަން ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

81 ކޮމެންޓް, 187 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 37%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސަންބޭ

18 May 2019

ލުތުފަރު މަރާލީ އެއްޖިންސުން ގުޅުން ހިންގަން އުޅޭތީކަމަށް ކުޅެދީފި.

The name is already taken The name is available. Register?

ހެއްވާދޯ

18 May 2019

ހަހަހަ ބުނަންއޮތް އެތި މާބޮޑު

The name is already taken The name is available. Register?

ވައިސޯރ

18 May 2019

ބޮޑަށް ވައްތަރީ 3 މީހުން ވެގެން ލުތުފަރާ އެއް ޖިންސުން ގުޅުން ހިންގަން އުޅުނީމަ އޭނަ އެއްބަސް ނުވެގެން ހެން. ތިޔޮތީ އިދިކޮޅައް ކިޔާދީފަ.

The name is already taken The name is available. Register?

އަދީބު

18 May 2019

ދެން ދުވަސްކޮޅަކުން އިވޭނީ، "ލުތުފަރުގެ މަރާ ގުޅިގެން ހައްޔަރުކުރި އެންމެން އަނބުރާ ޤައުމަށް ފޮނުވާލަނީ". ވައްލާހު އައުލަމް

The name is already taken The name is available. Register?

މޖ

18 May 2019

ލުތުފަރާއި ދޯނީގައި ތިބީ ގަވާއިދާ ހިލާފަށްތިބި ބަޔެއްކަމަަށް ބެލެވެ، އެހެންވީމަ ލުތުފަރުގެ އެއްވެސް ލިޔެކިޔުމެއް ނެތީ މިމީހުން ލައްވާ މަސައްކަތް ކުރުވާ ފަރާތް އިމިގްރޭޝަން ގާނޫން އާއި ހީލާފް ވެފައިވާތީ އޭނާއަށް ވެސް ފިޔަވަޅުއަޅަން ޖެހޭ، އަދި މިގޮތަށް ދޯނިތަކުގައިޔާ ރަށްތަކުގައި އުޅޭ މީހުން ހޯދާ ފިޔަވަޅު އަޅަން ގޮވާލަން

The name is already taken The name is available. Register?

އޮޅޮވާނުލާ

18 May 2019

ހުސް ދޮގު އެހާއަަހައް ބައިބަި ވަކިނުވާނެ ބުރި ނުކުރަންޏާ.

The name is already taken The name is available. Register?

ޓޫލޭޓް

18 May 2019

ބްރޯ މަސް މިޔަރު ފަދަ ތަކެތި ދަތް އަޅައިފި ނަމަ އެހެން ވުން އެކަށީގެންވޭ.

The name is already taken The name is available. Register?

ތަންދޮރު

18 May 2019

މާބޮޑަށް އިނގެނީ

The name is already taken The name is available. Register?

ރީތި މޫސަ

18 May 2019

މަރާލާފައޮންނަ ފާނައެއް ނުވަތަ ވެނެއް ކުދި ކުދި މަސްތައް ކައިނަގާއިރުވެސް މަހެއްހާދުވަހުން ކަށިގަނޑަކަށްވަނީ އަނެއްކާ އޭނަ އެމީހުންފެއްތީ ކީއްކޮށްފަބާ؟ ހުސްސުވާލު އެމީހުންކޮންމެސް ދޫކޮށްނުލާތި

The name is already taken The name is available. Register?

ފައިސަލް އަލީ

17 May 2019

އޭލެވެލް ފެންވަރު ކުދީން ނެތީ ތޯ، އިމްރާނޫ ؟ ތިއޮއް އަގު ވައްޓުވާ ލަނީ މުޅި މިނިސްޓްރީ ގެ.

The name is already taken The name is available. Register?

ފަރިޔާލް

17 May 2019

މިއީ ކުޑަ މައްސަލަ އެއް ނޫން. މިވަރު ކުޑަކުޑަ ކަމެއް ބަލާލާ ފެންވަރު ނެތިއްޔާ އިމްރާނު އަމިއްލަ އަށް ވަޒީފާ އިން ވަކިވުމަށް ގޮވާލަން.

The name is already taken The name is available. Register?

ހާމިދު ޝާހިދު

17 May 2019

ރާއްޖޭގައި ގެއްލިފައިވާ ކިތަންމީހުން މިގޮތައް ކަނޑުފައްތާފައިވާނެބާ...! ކީއްވެތޯ ފުލުހުން ގެ ތަހްގީގުތައް މިއަށްވުރެއް ފެންވަރު ރަނގަޅު ނުކުރެވެނީ.

The name is already taken The name is available. Register?

މުބީނު މާރނީ

17 May 2019

މި ފެންވަރު ގެ ކުދިން އާއްމުން ނަށް މައުލޫމާތު ދިނުމަށް ނެރެގެން ނުވާނެ. އެއީ އޯގަނައިޒޭޝަން ގެ ވެރިޔެއްގެ ކުށް. އެހެން ބަހަކުން ބުނާ ނަމަ މިނިސްޓަރ އިމްރާން ގެ ކުށް. މި ދެ ކުދިން ދައްކާފަ އެހުރީ ކުޑަކުދީން ދައްކާ ކަހަލަ ވާހަކަ ކަން ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454