ތިލްމީޒާ، އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ އެކު.
22 މެއި 2019 - 12:53
ރާއްޖެ އިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، ތިލްމީޒާ ހުސައިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް އިއްޔެ މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.
އޭނާ އަކީ، ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައެޅި ފުރަތަމަ އަންހެން ދާއިމީ މަންދޫބެވެ.
އދ.ގެ އިތުރުން އެމެރިކާ އާއި ކެނެޑާ އަށް ރާއްޖެ އިން ކަނޑައެޅި ސަފީރު ތިލްމީޒާ، ވަނީ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީއެއް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޗީފް އޮފް ޕްރޮޓޮކޯލް، ޝޯ ޕީ ލޯލާ އަށް އަރުވައި މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަސްމީކޮށް ފަތްކޮޅު އަދި އަރުވާނެ އެވެ.
New Permanent Representative of the Maldives to the United Nations, H.E. Ms. @Thilmeeza Hussain presents credentials to the UN Secretary General H.E. Mr. António Guterres (@antonioguterres) today. pic.twitter.com/ssxCB09288
— Maldives Mission NY (@MVPMNY) May 21, 2019
ތިލްމީޒާ މިހާތަނަށް ހުންނެވީ ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމުގަ އެވެ. މީގެ ކުރިން އޭނާ ވަނީ އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިއުޓީ އެމްބެސެޑަރުކަން ވެސް ކުރައްވައިފަ އެވެ. ތިލްމީޒާ މަތީ ތައުލީމް ހާސިލްކުރެއްވީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ އިން އެމެރިކާގެ ޔުނިވާސިޓީއަކުންނެވެ.
އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑަށް ހީނަރުވި އެވެ. ހާއްސަކޮށް، އެމެރިކާ އަކީ، ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި އެއް ގައުމެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ވަރުގަދަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންސަން
02 June 2019
މީސްމީހުންނަށް ލިބޭކުރިއެރުމާއި އުފަލުގައި ބައިވެރިވާން ދަސްކުރޭ ހުރިހާކުދިންވެސް
ާއަފްލާ
23 May 2019
މަރޭ މިތުރު ޔާމީނާ އަޅައިގެން ތިއުޅެނީ 5 އަހަރުގަ މިގައުމުން ފެންނަން ހުރި ތަރައްގީ ބަލާބަލަ ބްރިޖެއް ހުވަފެނުންވެސް ކަލޯމެންނައް އެޅުނުތަ؟އަސްލައްވެސް ރ ޔާމީން ބޮރިޖެއް އެޅީދޯ ބުރާނތިވެފަ
އަބުޖީ
22 May 2019
އަޅޭ މީ އެއްކަލަ އެމްޑީޕީ ހިސާން ކޮށްކޮދޯ؟ އަޅެ މީއާއިލީ ވެރިކަމެއް ނޫންތަ؟ މައުމޫނާ ޔަމީން ވީމަދޯ އާއިލީވެރިކަން ކިޔަނީ؟ މަގާމުތައް ހަމަ ބަހާލަނި އެމްޑީޕީ ކުދިންގެ އާއިލާ މީހުންނަށް. އިބޫސޯލިޙްއަށް ވަރަށް ސަލާމް.
Liv 52
22 May 2019
ހިސާން ހުސައިންގެ ކޮއްކޮތަ ނޫނީ ދައްތަ ތަ. މުޅިން ޢާއިލީ ވެރިކަން.....
ޑރ.ނަޒުނާ އަހުމަދު ހިތަދޫ/ޔޫކޭ
22 May 2019
މި މަގާމްތަކަކީ ރާއްޖޭން ބޭޜުގައިމުޅި އުމުރު ދިރިއުޅޭ ދިވެހިން ހަމަޖައްސާލާ ދޭ އެއްޗެއްގެ ބަދަލުގައި ރާއްޖޭގައި އުޅޭ ދިވެހިން ދަންނަ މި ދަތި ހާލު އަދި މި ރީތިކަން އަބަދުމެ ތަޖްރިބާ ކުރަމުންދާ ރަތްލާ ޖެހި ދިވެއްސަކަށް އެމްބެސެޑަރު ކަމާ ސަފީރު ކަން ލިބޭނެ ދުވަހަކަށް! އިނގިރޭސި ވިލާތުގެ އިތުރުން އީ ޔޫ ގެ ސަފީރުކަމާއި އެމެރިކަ އަދި ކެނަޑާ ސަފީރުކަން ދިން 2 އަނހެނުންނަކީ އެތާނގެރައްޔަތުން، ވަޒީފާއަށްޓަކައިވަގުތީ ގޮތުން ރައްޔަތުކަންދުކުރީ....
ހިސާނު
22 May 2019
ލައްވާ ނަސީބު ދޯ؟ ލިބޭ އިއްޒަތް ދޯ؟ އެމީހަކު ދިރި އުޅޭ ތަނަކުން އެމީހަކަށް ހެޔޮވަރު ކޯޓެއް..
މަރޭމިތުރު
22 May 2019
ޔާމީނު ރާއްޖޭގައި ހިންގީ ވެރިކަމެއނޫން. ޔާމީނު މިގައުމުގައި ހިންގީ ޖަރީމާތަކެއް. އެހެންވެ އެވަރަށް އެއިރު ރާއްޖޭގެ ކަންކަން ހީނަރުވީ.
އަސްލުވެސް
22 May 2019
ތިހުރީ ވާނުވާގައިތޯ މިސަރުކާރަށް 6 މަސްވީއު އަދި މިސަރުކާރު އުޅެނީ ކަމެއް ޕްލޭނު ނުކުރެވިގެން
ޗޮކްލެޓް ގެސްޓް
22 May 2019
އަހަރުން ދެކެން ބޭނުންވަނީ މި މަގާމްތަކަކީ ރާއްޖޭން ބޭޜުގައި މުޅި އުމުރު ދުވަހު ދިރިއުޅޭ ދިވެހިން ޚަރަދު ބަރަދު ހަމަޖައްސާލާ މެޑަލް ޖަހަން ދޭ އެއްޗެއްގެ ބަދަލުގައި ރާއްޖޭގައި އުޅޭ ދިވެހިން ދަންނަ މި ދަތި ހާލު އަދި މި ރީތިކަން އަބަދުމެ ތަޖްރިބާ ކުރަމުންދާ ރަތްލާ ޖެހި ދިވެއްސަކަށް އެމްބެސެޑަރު ކަމާ ސަފީރު ކަން ލިބޭނެ ދުވަހަކަށް!
މުރާސިލް
22 May 2019
ބައިނަލް އަގްވާމީ މިފަދަ ތަންތާ އޭޝިޔާގެ ގިނަ އަންހެން ވެރިން ތިބެނީ އެމީހުންގެ ރަށު ހެދުން ލައިގެން. އެފްރިކާވެސް. ފިރިހެނުން ކޯޓު ލިއަސް. ރާއްޖޭގެ އެންޑީޕީ ކުދިންނަށް އެކަޑައީ. އެއީ ކީއްވެތަ؟ އެންޑީޕީ ކުއްޖަކު ސާފު ކޮށްދީބަލަ ކީއްވެތޯ މާ ޔޫރަޕްވެގެން އުޅެނީ!
ޗޮއްޒ
22 May 2019
މި މަންޖެއަށް ދިގު ހެދުން ފޮނުވި ބޭފުޅާއަށް ޝުކުރިއްޔާ.
ގަހާފޮޑިދޮންތި//ފޭދޫ
23 May 2019
މި މަންޖެއަށް ދިގު ހެދުން ފޮނުވީ އެމަންޖެގެ ދައްތަ ހިސާން ހުސައިން... ޑި އެޗް އެލް މެދުވެރިކޮށ ް 4 ދުވަހުން އެމެރިކާއަށް.. އިތުރު މައުލޫމާތެއްބޭނުންވާނަމަ އަންގައިދީ