26 މެއި 2019 - 16:40
ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނާ ބެހުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ތަހުގީގަށް 12 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ހުޅުމާލޭ ކޯޓުން މިއަދު ނިންމައިފި އެވެ.
ހަ އަހަރާއި އަށް އަހަރުގެ ކުޑަ ދެކުދިންނާ ގަދަކަމުން ބެހިގެން، ރޭ ދަންވަރު ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިިދިޔަ ހުކުރު ދުވަހުގެ ރޭ 1:00 ހާއިރެވެ.
ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭގައި ގަންހިންގަނިކޮށެވެ.
ގަންހިންގުވުމަށް ފަހު ބަޔަކު ވަނީ ކުޑަ ދެ ކުދިންނާ ދޭތެރޭ އޭނާ ކަންތައްކުރި ގޮތް އަމިއްލަ އަށް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ވީޑިއޯގައި ބުނެފައިވާ ގޮތުގައި އެ ދެ ކުދިންނާ ހަތަރު ދުވަހެއްގައި ބެހިފައި ވެ އެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ އަތުގައި ނިޔަފަތި އެޅިފައި ހުރި ކަމަށާއި އަދި ކަންނޭލަކުން އެއްފަހަރު ޖަހާފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
27 May 2019
ފުރަތަމަ ފުލުހުންނަށް ރިޕޯޓްކުރީމަ އޭނަ ހައްޔަރުނުކުރީ ކީއްވެތޯ ކޮމިޝަނަރު ސާފުކޮށްދެއްވާ! ޕޮލިސް ފެއިލް!
ސަލީމު އިދުރީސް
27 May 2019
އިސްލާމް ދީނުގަނޫނަސް އިންސާނުން ހަދާފަހުރި ގާނޫތަކުގަވެސް ކުޑަކުއްޖަކާ ބެހުންނޫނަސް ކުޑަކުއްޖެއްގެ އޮރިޔާންކާޑު ފޮޓޯ ގެންގުޅުމާ ފޯނުންނުވަތަ ކޮންޕީޓަރުގަ އެފަދަ ފޯޓޯގަނޑެއްހުރުމަކީ ވަރައްގޮޑު އަދަބުލިބޭކަމެއް! އިސްލާމްދީނުގެއެންމެ އަސްލަކައްވެސްއަމަލު ނުކޮއްތިބެ އިސްލާމްދީނޭ ކިޔަސްކަމެއްރަގަޅެއްނުވާނެ! ޓުއަރިސްޓަކުބިކީނީގަ ފެނިއްޖެއާ ހީވަނީ ދީންގެއްލިދާނޭ އެކަމަކުމިގައުމުގަ ފިލިޓަރުނުގޮއް ހުންނައިންޓަނެޓުން ކުޑަކުދިނާ ބޭހޭވީޑިޔޯ ބެލެންހުރުން
ފާސްނުވާ ޑރ
27 May 2019
ރަނގަޅު.. ދަމާފަގެންދަންވީ..
ހައްގު
27 May 2019
އޭނާގެ ހައްގަށް ގޮވަލާއިރު އެ 2 ކުޑަކުދިންގެ މަތިން ހަނދާންކޮއްލާފައި އެކުދިންގެ ހައްގަށްވެސް ގޮވާލިނަމަ
ބަސް
27 May 2019
ކޮންމެ ބަހެއްގެ އެނމެ މާނައެއްތަ އޮންނަނީ? ދިވެހި ބަހުގެ ރަދީފް ވދާޅުވެލައްވާ
900 ޑިގުރީ
27 May 2019
ޢެމްޑީޕީއަށް ސޮއިކުރަނވީ އޭރުން ދޫކޮށްލާނެ ހޯރައިއްބެވެސް ދޫކޮށްލީ އެމްޑީޕީ އަދި ނަސީދުގެ ގާތްމީހެއްވީމާ މީ ރީދޫ ސަރުކާރުގެ އިންސާފު
ޕޮސް
27 May 2019
ފަލޫދާ ސަރުކާރު ވެސް ހަމަ އެހެން އިނގޭތޯ. ހޯރަ އިއްބެ ދޫކުރީ އޭނާގެ އަނބިމީހާ އަދި ދަރިފުޅު ކައިރިއަށް ފޮނުވަން.
ތިމާވެށި
27 May 2019
12 ދުވަސް ވަންދެން އާއްމުންގެ ކިބައިން ސަލާމް ވީއެވެ. ބަންދު ގެ މުއްދަތު ޖަހާ ސަބަބެއް ބަލަން އެބަ ޖެހެއެވެ.
ސަލީމު އިދުރީސް
26 May 2019
މިގެން އެގެނީ ދިވެޙީންތިބީ އަދިވެސް މިޑުލްއޭޖުގަ! އޭނައެކުރީ ބޮޑުކުށެއް ކަމައްވިއަސް، އެއްޗެތި ދުއްވާ މަގެއްގަ މެދުން އޭނަގަންގުމަކީ އޭނާގެފުރާނަޔައް ނުރައްވާފަދަ އަމަލަކައް ވާއިރު އެމިހުންނާ ދޭތެރޭގަ ފިއަވަޅު އެޅެންޖެހޭނެ! އިސްލަމްދީނުގަ އޮވޭބާ ސަރިޔަތަކާ ނުލައިއި މީހުންމަރަން
އެންދެރި
27 May 2019
އިސްލާމް ދީނުގަ ކުޑަ ކުދީންނާ ބެހުމުގެ ހުކުމް ވެސް ބަލާލަން ވީއެވެ.
ތުނިޔަ
27 May 2019
އިސްލާމް ދީނުގަ އޮވޭބާ ކުޑަކުދިނަށް ޖިންސީގޯނާ ކުރަން!
ާފާތިހު
26 May 2019
ގޯސް މަންޒަރުތައް ދައްކާ ވެބްސައިޓްތައް ވަގުތުން ބަންދުކުރުމަށް ގޮވާލަން ޔަޤީނުންވެސް އުމަރު ނަސީރުގެ ވެރިކަމެއް އޮތްނަމަ މިހާރު ގޯސްވެބްސައިޓްތަަށް ބަންދުކޮށްފިސް
ކޮތަރުގެ އަސަރު
26 May 2019
މިކަހަލަ މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ނަތީޖާއަކަށްވާނީ ކުއްވެރިޔާ ކޯޓް މަރުހަލާގައި ސަލާމަތްވުމުގެ ފުރުސަތު ބޮޑުވުމެވެ. އަދި މިފަދަ މައްސަލަތަކަށް ފުލުހުން އިހުމާލުވެ، މައްސަލަ ކުރިޔަށްގެންދާ ސްޕީޑު ލަސްވުމަކީވެސް އާއްމުން ޤާނޫނު އައްމައްޗަށް ނެގުމަށް ފުރުސަތު ބޮޑުވާނެ ކަމެކެވެ. ފުލުހުންނަށް އެނގޭހާވެސް ކަމަކީ މަގުމަތިން ފެންނަ މީހުންނާއި ހަޑި ބަހުން މުޢާމަލާތް ކުރާށެވެ. ހުޅުމާލެ ޕޮލިސް ސްޓޭޝަން ރީޝަފުލް ކުރުން ބުއްދިވެރިއެވެ.