ޚިޔާލު / ކޮލަމް

އޮޅުންބޮޅުން- ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވިދާނެ

އިމާރާތެއް ތަޅާލުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ: ވިސާ ނެތި ރާއްޖޭގައި އުޅުމަކީ ވަރަށް ފަސޭހަ ކަމެއް --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހުމަދު އަބްދުﷲ

28 މެއި 2019 - 08:37

26 comments

ވިސާ ނެތި ބިދޭސިން ރާއްޖޭގައި އުޅުމަކީ އާދައިގެ ކަމެކެވެ. ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތި ބިދޭސިން މަސައްކަތް ކުރުމަކީ ޢާއްމު ކަމެކެވެ. މިކަން އިމިގްރޭޝަނަށް ވެސް އެނގެ އެވެ. ފުލުހުންނަށް ވެސް އެނގެ އެވެ. ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަ ދޫކުރާ ފަރާތްތަކަށް ވެސް އެނގެ އެވެ. މިގޮތަށް އުޅޭ ބިދޭސީން އެކި ތަންތަނުން ހޮވައިގެން ތަފާތު ފަރާތްތަކުން އެމީހުން ލައްވާ މަސައްކަތް ކުރުވުމަކީ ޢާއްމު ކަމެކެވެ. މާލޭ ސަރަހައްދު ދޫކޮށް އެފަދަ މީހުން އެހެން ސަރަހައްދަކަށް ގެންދެވިއްޖެ ނަމަ އެ ހިސާބުން އެ ގެންދެވޭ ބައެއްގެ ވިސާ ނެތުމުގެ ވާހަކަ ދެއްކުން ހުއްޓުނީ އެވެ. ސަލާމަތްކަން ލިބުނީ އެވެ. ޤާނޫނާއި ޤަވައިދާ އެއްގޮތަށް، އެ ތަނެއްގައި ދިރިއުޅޭ ބަޔަކާ ގުޅިގެން އެ މީހަކު އުޅޭ ނަމަ އެވެ. ވިސާއެއް އޮންނަ ކަމެއް ނުވަތަ ނުއޮންނަ ކަމެއް އެއްވެސް ބަޔަކަށް ނޭނގެނީ އެވެ. ޢާއްމު ވިސްނުމަކީ އެމީހަކު ގެންގުޅޭ މީހަކު އެކަން ބަލާނެ ކަމެވެ. ބިދޭސީއަކު ފެންނަ އިރަށް ވިސާ އޮތްތޯ އެމީހަކު ކައިރިން ސުވާލު ކުރާ އެއްވެސް ގައުމެއް އޮންނާނެ ހެން ހިއެއް ނުވެ އެވެ.

ވިސާ ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ގެންގުޅޭ މީހުންނަށް ކުރާ ފައިދާ އަކީ ޒިންމާއެއް ނެތި، ކަންބޮޑުވުމެއް ނެތި މީހުން ގެންގުޅުމެވެ. އެ މީހަކު މަސައްކަތަށް ރަނގަޅު ނޫން ނަމަ އެ ހިސާބުން ދޫކޮށްލެވެ އެވެ. ބަލިވެއްޖެ ނަމަ ގަދަވެގެން އަންނަން ދޫކޮށްލެވެ އެވެ. ބިދޭސީން ގެންގުޅެން ނަގަން އޮންނަ ހުއްދަ އަށް ދައްކަން ޖެހޭ ފީ ދެއްކުމުން ބަރީއަވެ އެވެ. ކޮންމެ ތިން މަހަކުން ދައްކަން ޖެހޭ ވިސާ ފީ ދެއްކުމުން ވެސް ބަރީއަވެ އެވެ. އަހަރަކު އެއްފަހަރު ނުވަތަ ދެ އަހަރުން އެއްް ފަހަރު އެ މީހަކު ދިރިއުޅޭ ޤައުމަކަށް ޗުއްޓީ އަށް ދިއުމަށް ޓިކެޓު ގަތުމުން ވެސް ބަރީއަވެ އެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދޭތެރެދޭތެރެ އިން ނޫސްވެރިން ތަފާތު ގޮތްގޮތަށް އެންމެންގެ ސަމާލު ކަމަށް ގެނެ އެވެ. މިހެން ދިމާވުމުން، ކަމާ ބެހޭ ފަރާތްތަކުން އިޢްލާނެއް ކޮށްފާނެ އެވެ. ގަވައިދާ ޚިލާފަށް އުޅޭ މީހުން ހޯދުމަށް މަސައްކަތްތަކެއް ކޮށްފާނެ އެވެ. އަތުޖެހޭ ބައެއް މީހުން ބަންދުގައި ބައިތިއްބައިގެން އެމީހުންގެ ވަޒަނަށް ފޮނުވުމުގެ މަަސައްކަތެއް ފަށައިފާނެ އެވެ. ބިދޭސީން ރާއްޖެ ގެނައުމަށް ހުށައަޅަން ޖެހޭ ކަރުދާސްތައް ގިނަކޮށްފާނެ އެވެ. ގަވައިދާ ޚިލާފަށް އުޅޭ މީހުން ގަވައިދުގެ ތެރެއަށް ފައްތައިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތެއް ވެސް ފަށާފާނެ އެވެ. މިފަދަ ކަންތައްތައް ދަންނަ މީހުން ބުނާ ގޮތުގައި މިިހެން ކުރެވޭ މަސައްކަތަކުން ގަވައިދާ ޚިލާފަށް މަސައްކަތްކުރާ މީހުންގެ އަދަދަށް މާ ބޮޑު ތަފާތެއް އަންނަ ކަމަކަށް ނުދައްކަ އެވެ.

ރާއްޖެ އަށް ގަވައިދާ ޚިލާފަށް ބިދޭސީން އަންނާނީ ކިހިނެއް ބާވަ އެވެ؟ ރާއްޖެއާ އެއް އިން ވެފައި އެއްފަސްކޮށް އެއްވެސް ގައުމެއް ނުއޮވެ އެވެ. އެންމެ ކައިރީ ގައި އޮތީ ވެސް މަލިކެވެ. އިންޑިއާގެ ކަނޑުގެ ސިފައިން ތުރާކުނާއި މަލިކާ ދޭތެރޭގައި އޮންނަ ކަނޑުގެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓަ އެވެ. ބައެއް ފަހަރަށް އަޅުގަނޑުމެންގެ ސަރަހައްދަށް އެމީހުން އެރިއަސް އެހެން ބަޔަކު ނޭނގިގެން ވެސް އެ ފަޅިން އައުމުގެ ޖާގައެއް ނެތެވެ.

ޤަވައިދާ ޚިލާފަށް އުޅޭ ގިނަ މީހުންނަކީ ބަންގާޅު މީހުން ކަމުގައި ވެއެވެ. ބަންގާޅަކީ ދިވެހި ރާއްޖެއާ ވަރަށް ދުރުގައި އޮންނަ ގައުމެކެވެ. ބަންގާޅުން މަސައްކަތު މީހުން ގޮވައިގެން ނަވެއް ރާއްޖޭގެ ކަމާ ބެހޭ ފަރާތަކަށް ނޭނގި ނާދެވޭނެ އެވެ. ނާދެ އެވެ. މިގޮތަށް ކަން އޮތް ކަމުގައި ވަނީ ނަމަ ވިސާ ނެތި ރާއްޖޭގައި ބިދޭސީން އުޅެނީ ރަސްމީ ގޮތުން ރާއްޖެ އަށް އެތެރެވާން އޮންނަ ގޮތަކަށް އެތެރެ ވެގެން، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލުންނެވެ. ނުބެލިހެއްޓި ގެންނެވެ. މީހުން އެތެރެވާ ބަނދަރުތައް ނުބެލިހެއްޓިގެންނެވެ. ތަފާތު މަސައްކަތްތަކަށް ރާއްޖެ ގެންނަ ބިދޭސީންގެ ރަޖިސްޓުރީ ނުބެލިހެއްޓިގެންނެވެ. ކޮމްޕިއުޓަރުންނާއި ޕުރޮގްރާމް ކޮށްގެން މަސައްކަތްތައް ކުރެވޭ ޒަމާނުގައި ވެސް މެ އެވެ.

ރާއްޖެއިން ބޭރުން ބޯޓެއް މުދާ ހިފައިގެން ރާއްޖޭގެ ބަނދަރަކަށް އަންނަ އިރު އެތަނެއްގައި ކަސްޓަމްސްގެ މީހުން ތިބެ އެވެ. ފުލުހުން ތިބެ އެވެ. ބޯޓު އަންނަ ދުވަސް ކުރިން އެނގެ އެވެ. ބޯޓުން ގެންނަ މުދާ ކުރިން އެނގެ އެވެ. ބޯޓުގައި ތިބި މީހުންގެ އަދަދު ކުރިން އެނގެ އެވެ. މި ޒަމާނުގެ ސްޓައިލަށް މީރުބަހުރު ވެސް ބޯޓަށް އަރަ އެވެ. މި ދެންނެވި ރަސްމީ ފަރާތްތަކުގެ މަސައްކަތް އިޚްލާޞްތެރިކަމާ އެކު ކުރެވޭ ނަމަ ޤަވައިދުތައް ބަލަހައްޓަން ތިބޭ ރަސްމީ ފަރާތްތަކަށް ނޭނގި، ކަނޑު ބޯޓުން ޤަވައިދާ ޚިލާފަށް މީހުން ރާއްޖެ އަށް އެތެރެ ވެވިގެން ނުވާނެ އެވެ. މަތިންދާ ބޯޓުން އެތެރެވުމަކީ ނުވާނެ ކަމެކެވެ. އެތެރެވެވޭ ފައްތަރުތައް އޮންނަ ގޮތުންނެވެ. ހުޅަނގުގެ ގައުމުތަކަށް ބޯޓުފަހަރުގައި މީހުން އެތެރެކުރާ ގޮތަށް ރާއްޖެ އަށް އަދި މީހުން އެތެރެ ނުވެ އެވެ. އެ ގޮތަށް އެތެރެވާން އުޅެފި ނަމަ އަޅުގަނޑުމެންގެ ކޯސްޓު ގާޑް އެފަދަ އުޅަނދުތައް އަތުލައި ގަންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ވިސާއެއް ނެތި ރާއްޖޭގައި ހުރެވޭނެ ބާކީ އޮތީ އެންމެ ގޮތެކެވެ. ހުއްދަ ހޯދައިގެން ގެންނަ މީހުން ވަކި ހިސާބަކުން އެމީހުން ގެންނަ ފަރާތުން ދޫކޮށްލުމެވެ. ނުވަތަ އެ މީހުން ފިލުމެވެ. މުސާރަ ނުދީގެންނެވެ. ބޭސްފަރުވާކޮށް ނުދީގެންނެވެ. ބައެއް ފަހަރު ކާނެ ފައިސާ ވެސް ނުދީގެން ނެވެ. މި ގޮތަށް މީހުން ފިލުމުން ބައެއް ފަރާތްތަކުން ފިލިކަން ކަމާ ބެހޭ ފަރާތްތަކަށް އަންގާ ކަމުގައި ވެސް ވެއެވެ. އިޢްލާނު ކުރާ ކަމުގައި ވެސް ވެއެވެ. ރާއްޖޭގެ އަތޮޅެއްގެ ރަށަކަށް އެފަދަ މީހަކު މީހެއްގެ އެހީތެރިކަމާ އެކު ހިނގައްޖެ ނަމަ ހޯދޭނެ ގޮތެއް ނުއޮންނާނެ އެވެ. މިހާރު ހަމަޖެހިފައި އޮންނަ ގޮތުން ހޯދައިދޭނެ ބަޔަކު ވެސް ނުތިބޭނެ އެވެ.

ވިސާއާ ނުލައި އުޅޭ މީހުން ރާއްޖޭގައި އަތުލައި ގަނެވޭނެ ނިޒާމެއް ވަރަށް ފަސޭހައިން ގާއިމު ކުރެވިދާނެ އެވެ. މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުން ތިބެ އެވެ. އެއްގޮތަކީ ބިދޭސީއަކު އެއްވެސް ރަށަކަށް މަސައްކަތެއް ކުރުމަށް ހިނގައްޖެ ނަމަ އެ މީހަކު ދިއުމާ އެކު އެ މީހެއްގެ ހުއްދައިގެ ކާޑު ބެލުމަށް ފަހު ފުލުސް އޮފީހުގައި ރަޖިސްޓުރީ ކުރުމެވެ. މި މަސައްކަތް ރަށު ކައުންސިލުން ވެސް ކުރެވިދާނެ އެވެ. އެއީ ފަޅު ރަށެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައި ވާ ނަމަ، އެ ރަށާ އެންމެ ކައިރީގައި އޮންނަ ރަށެއްގައި އެމީހާގެ ކަންތައްތައް ބެލެހެއްޓިދާނެ އެވެ. ފަތުރުވެރިކަމުގެ ރަށްރަށަށް ކަމާ ބެހޭ މިނިސްޓުރީން ގޮތެއް ހަމަޖެއްސި ދާނެ އެވެ. ދާދި ފަހުން އެނގުނު ގޮތުގައި ރިޒޯޓެއްގައި މަސައްކަތް ކުރުމަށް އުޅުނު ގިނަ މީހުންނަކީ ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ މީހުންނެވެ. އެފަދަ ތަންތަނުން ބޮޑެތި ޖޫރިމޭނާތައް ކުރެވޭ ގޮތަށް ޤާނޫނު ބަދަލު ކުރެވެންވީ އެވެ. އެތަނެއްގައި ހުރި އެނދުގެ ނިސްބަތާއި، ޤަވައިދާ ޚިލާފަށް ގެންގުޅުނު މީހުންގެ ޢަދަދާއި އެ މީހުން ޤަވައިދާ ޚިލާފަށް މަސައްކަތް ކުރި ދުވަހަށް ވެސް ބެލެވިގެންނެވެ. ޢާޢްމު ގޮތެއްގައި ކުރެވޭ ޖޫރިމަނާއަކުން އެފަދަ ތަންތަނުގައި އެފަދަ ކުށް ކުރާ މީހުން އިޞްލާހެއް ނުކުރެވޭނެ އެވެ. ރާއްޖޭގެ ރަށްރަށުގައި ކަންތައްތައް ހުންނަ ގޮތުން، އަދިވެސް ރަށަށް އަލަށް މީހަކު ދިއުމާ އެކު އެ ހިސާބުގަނޑުގެ މީހުންނަށް އެނގޭނެ އެވެ. ކުރިން ނޭނގޭ ކަމަށް ވާ ނަމަ ދުވަސްކޮޅަކުން ރަށު ކައުންސިލަށް ވެސް އެކަން އެނގޭނެ އެވެ.

ދިވެހިން ލައްވާ ރުއްސައިގެން، ލޮއްސައިގެން ކަންތައް ކުރުމުގެ ދުވަސްތައް މާޒީ ވެގެން ހިނގައްޖެ އެވެ. މިހާރު ކަންތައް ކުރެވޭނީ ޤާނޫނުގެ ތެރެއިންނެވެ. އެކަމަކު ދިވެހިރާއްޖެ އަކީ ޤާނޫނު ތަންފީޒު ކުރުމަށް އެންމެ ބަލިކަށި، ދޯހަޅި، ފިނޑި، މައިބަދަ ބިނދިފައި އޮތް ގައުމެކެވެ. މި ކަމަށް ބޭސްފަރުވާއެއް ކުރެވޭނެ ޤާބިލު ކަމެއް ލިބިފައި ތިބި ބަޔަކު ތިބިކަމަކަށް، ހިންގުމުގެ ދާއިރާއަކުން އަދި ނުފެނެ އެވެ. އަޅުގަނޑުމެން އުއްމީދު ކުރަންވީ އެވެ.

26 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 76%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުޅާ

28 May 2019

ލިޔެކިއުމެއްނެތް ބިދޭސީން ގިނަވީމާ އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ލިޔެކިއުންނެތި އެއީ ބަނގްލަދޭޝްމީހެއްކަން ކަނޑައެޅޭނެގޮތެއް ނޯންނާނެއެވެ. އެހެންވީމާ ގަދަކަމުން ނުފޮނުވޭނެއެވެ. އާހިރުގަ ރޮހިންޔާ ކްރައިސިސް ކަހަލަ ކަންތައްގަނޑަކަށް ދިއުން ދުރެއްނޫނެވެ.

The name is already taken The name is available. Register?

ކޮތަރު

28 May 2019

މައްސަލައަކީ އިމިގުރޭޝަންގަ ދަށުން ސިޓީއުރަ ބޭނުންވާ މީހުން އުޅޭތީ

The name is already taken The name is available. Register?

ފޫބި

28 May 2019

އަހަރެން އިބޫއަށް ވޯޓުދިނީ މިކަމަށް ހައްލެއްއަންނާނެ ކަމަށް ހާދަބޮޑު އުއްމީދެއްކޮށްގެންނޭ. މިއީ އިޚްލާސްތެރިނަމަ އެއްވެސްކަމެއްނޫން. ވިސާނެތްމީހުންނަށް ޚިދުމަތްތައް ދިނުން ހުއްޓާލީމަ މިކަން ވަރަށްފަސޭހައިން ހުއްޓޭނެ.

The name is already taken The name is available. Register?

ދޭސީ

28 May 2019

މާލޭ އޭރިއާއިންވެސް ގަވައިދާ ހިލާފަށް އުޅޭމީހުން ހޯދިދާނެ. ބަހައް އަރާ ކޮންމެ ފަހަރަކު ނޫނީ ފެރީއަށްއަރާ ކޮންމެ ފަހަރަކު ވޯކްޕާމިޓް ދައްކަން މަޖުބޫރު ކުރަންވީ. އެކަމަކު މިހާރު އުޅޭނެ ފޭކް ކާޑު ހަދައިންވެސް. ފޭކް އައިޑީކަޑު ނުހަދާ ކަމެއްވެސް ނޭންގެ.

The name is already taken The name is available. Register?

ސަރުކާރު ބޭކާރު

28 May 2019

ސަރުކާރުން ގަސްތުގައި ރައްޔިތުންނަށް ދުއްޕާންކުރަން ކުރާކަމެއް!

The name is already taken The name is available. Register?

ޓަކާ

28 May 2019

ސިފައިންނާއި ފުލުހުންގެ މުއައްސަސާ އެލާޓަށް ގެނެސްގެން ނަމަވެސް މިހާރުކުރަންވީ މިކަންތަކެވެ. ބިދޭސީން އެެތެރެވެފައިވާ އަދަު ނޭނގޭ އިރު މިއީ ކިހާ ބޮޑު ނުރައްކަލެއްހެއްޔެވެ. އެހެން ގައުމުތަކުގެ ސަރުކާރުން އިމިގްރޭޝަން ކަންތަކުގައި ހަރުކަށި ގާނޫނުތައް ތަންފީޒުކޮށް ގަވާއިދުތައް ހަދާއިރު ދިވެހި ސަރުކާރަށް މިއީ ކަމަކަށް ނުވާ ކަމެއްކަހަލައެވެ. ސަރުކާރުން ޢަމަލުކުރާ ގޮތުން މިއީ ސަރުކާރުން ބޭނުންވެގެން ކުރާ ކަމެއްހެންވެސް ހީވެއެވެ.

The name is already taken The name is available. Register?

މަރަދޫ މޫސަ

28 May 2019

ދިވެހިން ދާދިއަވަހަށް މިކަމަކާއި ހެދި ދެލޮލުން ކަރުނަ އަޅާވަރުވާނެއެވެ. އިބްރާހިމާއެވެ. ހަވީރު ބާޒާރު މައްޗައް ނުކުމެލަ ބަލާށެވެ. ތި ސޯލްޓް ބިލްޑިންގ ކައިރީ މަޑުކޮށްލިއަސް ހެވެއެވެ. ބަންގާޅިން ގަނޑު އުތުރިއަރަނީ ކުޅަނދުރު ހަތައަކުން ކުޅަދުރު ނުކުންނަ ބީދައިންނެވެ. މާދަމާ މިގައުމު އަންނަން އޮތް ޖީލަށް ދެއްކޭނެތޯއެވެ. ނޫނީ ތިންބައިކުޅަ ދެބައި ބަންގާޅިންނަށް ބަދަލުވަންދެން ދޫކޮށްލަނީތޯއެވެ.

The name is already taken The name is available. Register?

ކަނބާއައިސަާ

28 May 2019

ޑެމޮކްރަސީއަކީ ވޭނެކެވެ. މީހުން ހިތްހަމަޖައްސަން ގާނޫނުތައް ތަންފީޒު ނުކުރެވެއެވެ. ވެރިން ތިބެނީ ބިރުންނެވެ. މިކަހަލަ ކަންކަން ހައްލުކުރެވޭނީ ވަރަށް ގަޓް ރައީސުންނަށެވެ. ޕިލިޕީންސްގެ ޑުޓާޓޭމެން ކަހަލަ މީހުން ނަމޫނާއަށް ބަލާށެވެ. ގަވައިދާ ޚިލާފަށް މީހުން އެތެރެކުރާ މީހުން 15 ވަރަކަށް އަހަރަށް ޖަލަށް ނުލެވެންވީ ކީއްވެ ހެއްޔެވެ. ގައުމުގެ މަސްލަހަތާއި އަންނަން އޮތް ޖީލުގެ ހައްގުގައި އެގޮތް މާ އައުލާކަން ބޮޑެވެ.

The name is already taken The name is available. Register?

ޅަބޭ

28 May 2019

ބިދޭސީންގެ މައްސަލަ ހައްލުކުރެވިދާނެ. އެކަމު އެމްޑީޕީއަކައް ތިކަމެއް ނުވާނެ. އެބައިގަނޑައް އަބަދުވެސް މުހިންމީ މަޖިލިސް ޗަރުކޭސް، ޕާޓީ ނާޗަރަންގީ، އިންތިހާބު އުފާފާލުކުރުން، މަގުމަތީ ރީނދޫ ކުލަލުން، ރީނދޫލާޖެހި އެކްޓިވިސްޓުންނައް ކުންފުނިތަކުގެ ޑައިރެކްޓަރުކަން ދިނުން، ޕޯޑިއަމް ތަކުގަ އަޗާތެޅުން.

The name is already taken The name is available. Register?

އަޅަމުންގެންދާ

28 May 2019

މި މައްސަލާގެ ނާޒުކުކަން ގައުމީ ސަލާމަތާއި ބެހޭ އިދާރާތަކުގެ މީހުންނަށް ނޭނގެނީ ބާއޭ ހިތަށް އަރާ އިމިގްރޭޝަނަށް ނުވަންޏާ ދެން ކޮންމެވެސް އެހެން ބަޔަކު ކުރަން ޖެހޭ ކަމެއްމީ، މިއީ މަހާ ސިންތާ ބާއްވައިގެންވެސް ހައްލު ނުކޮށްފިނަމަ ކޮޅުނެތްކޮޅަށް ކަރުނަ އަޅަންޖެހޭ ބޮޑު މައްސަލައެއް ކޮންމެ ސަރުކާރެއް އައިސް މޮޅުވާހަކަ ދައްކާލާނެ، ޒިކުރާ މިސްކިތް ކައިރިން ގެންދާނީ 50 ހަކަށް ބިދޭސީން މައްސަލަ އެ ހައްލުވީ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454