ޝަރީއަތް ހިންގާ މާލަމެއް: ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިން ގޮތުގެ މައްސަލާގައި ސިސިލްފަރު ކުންފުނިން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
29 މެއި 2019 - 15:45
ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުމުގެ މައްސަލައިގައި ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހަ ކުންފުންޏަށް އެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން އޮތީ ނިންމައިފަ އެވެ. ސިސިލްފަރުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެކަމަށް އެދި ކުރިމަތިލި ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.
އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ކުރިން ނަގާފައިވާ އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ.
ދައުލަތުން އިޖްރާއީ ނުކުތާ ނެގީ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން، މާލިއްޔަތު ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ސިސިލްފަރު ކުންފުނިން ފުރިހަމަ ކޮށްފައި ނެތް ކަމަށް ބުނެ އެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ނުކޮށް ކޯޓަށް ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް ދައުލަތުން ނެގި އިޖުރާއީ ނުކުތާގައިވެ އެވެ.
އެ މައްސަލަ ނިމެންދެން ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް ސިސިލްފަރު ކުންފުނިން ކޯޓުގައި އެދުނެވެ. އެކަމަކު މިދިޔަ ހަފުތާގައި ކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
29 May 2019
މިއަންނަ އަހަރަށް އިންތިޒާރުކުރިއްޔާ މާރަގަޅުވާނެ ،
މަސްރޭސް
29 May 2019
ކަންކަން ކުރުވަން އަމުރު ނެރެން ބުނާއިރު އެތައްބަޔެއްގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ކުޑަކޮށް ވިސްނާލަންވެސް ވާނެދޯ! ބަލަ ހައްޖުގެ އަޅުކަން ކުރިމަތީ އޮއްއިރު ތިޔަ ކަމަކާހުރެ ދިވެހިން ހައްޖައް ދިޔަނުދީ ހިފަހައްޓާންތަ ތި އުޅެނީ؟
ރަދީފު ބިންތު ކުމާރު ބިންތު މަރޭ
29 May 2019
ހިއްޖުން ކަޓުނަގަންއުޅުމަކީ ހާދަ ނުބައިކަންބޮޑުވެގެންވާ ކަމެކޭ.
ޢަނބު
29 May 2019
ސަރުކާރާ ދެކޮޅު އެއްވެސް މައްސަލަ އެއްނުހިނގާނެ....
ޖަމީލުބެ
29 May 2019
ސަރުކާރާ ދެކޮޅު މައްސަލައަކަށް މިމައްސަލަ ވީގޮތެއް ބުނެދެއްވުން އެދެން
އެފެރެން
29 May 2019
ސަރުކާރުން އަތްނުބާނާކަމުގެ ފުރިހަމަ ހެކި ތި ފެނުނީ..... ސިސިލް ފަރަކީ ރައީސްގެ ރަހުމަތްތެރިއާ މަޖިލިހުގެ ރައީސް، ރައީސް ނަސީދުގެ ކޮއްކޮ މަޖިލިހުގެ ނައިބުރައީސާ އީވާ އަބުދުއްލޯ ގެ ފިރި ސާބެގެ ބައްޕަ ގެ ކުންފުންޏެއް. ސާބެ އަކީ ސަރުކާރު މައިޕާރޓީގެ ލީޑަރސިޕްގެ އިސްބޭފުޅެއް.