މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައި---
31 މެއި 2019 - 20:49
ލ. އަތޮޅުގެ ރަށްތަކަށް ފާއިތުވި 26 ގަޑިއިރުގެ ތެރޭގައި 190-200 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކްރީ ވިދާޅުވީ އެ ސަރަހައްދުތަކަށް ކުރީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެއީ އާދަޔާ ހިލާފު ވިއްސާރައަކަށް ނުވިއަސް ބޮޑު ވިއްސާރައެއް ކަމަށް ވިދާޅުވި އެވެ.
ތ. ލ، ގއ. ގދ. އަދި މ. އަތޮޅަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވީ ވެސް ލ. މާމެންދޫގަ އެވެ. އެ ރަށުގެ 200 އަށްވުރެ ގިނަ ގެޔަށް ފެން ވަންއިރު އޭގެ ތެރެއިން 50 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެ އެވެ.
ފެންބޮޑުވުމުގެ ސަބަބުން މާމެންދޫން ކަރަންޓު ކަނޑާލި އެވެ. ނަމަވެސް ރޭ ފަތިހު 5:00 އިން ފެށިގެން މުޅި ރަށަަށް ކަރަންޓު ދީފައި ވެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނިގޮތުގައި ވިއްސާރައިގައި 16 ރަށަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެ ހުރިހާ ރަށެއް ވެސް އާއްމު ހާލަތަކަށް ބަދަލުވެފައިވާއިރު މިހާރު ކުރަމުން އަންނަނީ މަގުތަކުުން ފެން ހިންދުމުގެ މަސައްކަތްތައް ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
31 May 2019
2004 ޑިސެމްބަރ ސުނާމީއިން އިބުރަތް ލިބިގަނެ ރާއްޖޭގެ ރަށްރަށުގަ ގެދޮރު އިމާރާތް ކުރާއިރު ބިމުން މައްޗަށް ދެތިން ފޫޓު އުސްކޮށް ހިއްލާލާފައި އިމާރާތް ކުރުން ގަވާއިދަކުން ކަނޑައަޅަން ނުޖެހޭބާ؟ އަދި ޚާއްޞަކޮށް އިންޖީނުގެ ތަކާއި ސްކޫލް ތަކުގެ ކްލާސް ރޫމްތައް މުހިންމުކަމުގައި ދެކެން. އެހެންމެ ސިއްޙީ ޚިދުމަތާއި މުވާޞާލާތީ ޚިދުމަތްދޭ ތަންތަނާއި ބޭންކް ތައްވެސް މެއެވެ. ރާއްޖޭގައި މިސްކިތްތައް ހުންނަނީ ހަމަ ބިމަށްވުރެ އުސްކޮށް ކަން މިތާ ފާހަގަކޮށްލަން.
ފެންބޮޑުނުވާނެއޭ
31 May 2019
ލ. އަތޮޅަށް 200 މިލިމީޓަރުގެ ވާރޭ ވެހުނު ނަމަ އެއްގޮތަކަށް ވެސް އެ އަތޮޅުގޭގެ ތަކުގެ ތެރެއަށް ފެންވަދެ ގޭގެ ތަކެއްޗަށް ގެއްލުން ވެގެން ނުވާނެއޭ މިއިން އެގިގެން ދަނީ މެޓް އޮފީހުން ވެސް މިކަމުގައި ވަރަށް ބޮޑު އިހްމާލެއް ވެފައިވާ ކަމަށް އަދި ޕްލޭނިންގް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ބިލްޑިންގް ކޯޑް ގައި ވެސް ކަންކަން ރަނގަޅު ކުރަން އެޕްލިކޭޝަނަށް ފެތޭ އެއްވެސް ޕްރެކްޓިކަލް ކަންކަން އޭގައި ނެތް ކަން 500 މިލިމީޓަރަށް ވާރޭ ވެހުނު ނަމަވެސް ގޭތެރޭގައި