ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހަދާ އާ ސަރަހައްދުގައި މިއަދު ބައެއް ވެހިކަލްތައް މަޑުކޮށްލައިގެން.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ސެޕްޓެމްބަރ 2016 - 18:40
ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހަދާނެ ވަގުތީ ބޮޑު ތަނެއް ކާނިވާ ސަރަހައްދުގައި މިއަދު ހުޅުވައިފި އެވެ.
ލައިސަންސް ނެގުމަށްޓަކައި ވެހިކަލްތައް ދުއްވަން ކާނިވާ ސަރަހައްދުގައި އާ ތަނެއް މި ހެދީ މާލޭގެ ސުނާމީ ބިނާ މައިޒާން ކައިރިން ކުރިން ބޭނުންކުރި ތަން ބަންދުކުރުމުންނެވެ. އެ ސަރަހައްދު ބަންދުކުރީ، އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތެއް ހެދުމުގެ މަސައްކަތަށް އެ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނުގެ މަގުގެ ބޮޑުއެއް ހަތަރުފުރޮޅުލީ ވެހިކަލްތައް ނުވަދެވޭ ގޮތަށް ބަންދުކޮށް އަދި އެތަނުގައި ވެހިކަލްތަކާއި އެނޫން ވެސް ސާމާނުތައް ބަހައްޓަން ނިންމުމާ ގުޅިގެންނެވެ.
ޕެޓްރޯލް ޝެޑް ކުރިމަތިން ކާނިވަލަށް ވަންނަ ދިމާލުގައި އަލަށް ގާއިމްކުރި ތަން ހުޅުވައި ދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެގްޒަމިނަރުންނާއި ޑްރައިވިން ސްކޫލްތަކަށް ފަސޭހަވާނެ ގޮތަކަށް ހުޅުމާލޭގައި މިފަދަ ޓްރެކެއް ގާއިމު ކުރާނެ ކަމަށެވެ.
އަލަށް ހުޅުވި ތަނުން ހިދުމަތް ހޯދާއިރު، ބައެއް ކަހަލަ އުނިކަންކަން ސައިކަލް ދުއްވާ މީހުންނަށާއި އެގްޒަމިނަރުންނަށާއި ޑްރައިވިން ސްކޫލްތަކަށް ފާހަގަ ކުރެވިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑްރައިވިން ޓެސްޓް ހެދުމަށް ކާނިވާ ސަރަހައްދުގައި ތައްޔާރުކުރި ތަން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް މިއަދު ހުޅުވައި ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ސްކޫލްތަކަށް އެންމެ ފަސޭހަ ގޮތަށް މި ތަން ނެތި ހިނގައިދާނެ. ނަމަވެސް އަޅުގަނޑުމެން ބަލާފައި މިއޮތީ މިތަނުގައި ލިބިފައި އޮތް ޖާގައިގައި މިކަން ކުރެވޭތޯ،" ނާފިޒު ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި އުޅަނދު ދުއްވާ މީހުން، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާތީ، ނުރައްކާތެރި އެކްސިޑެންޓް ހިނގައި، ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވާކަން ފާހަގަކުރެއްވި އެވެ. އެހެންވެ، ސައިކަލް ދުއްވާ މީހުން ހެލްމެޓް އަޅަން މަޖުބޫރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު"އާ ވާހަކަ ދެއްކި ޑްރައިވިން ސްކޫލްގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކުރިން ޓެސްޓް ހަދަން ބޭނުން ކުރާ ސަރަހައްދަށް ވުރެ ކާނިވާ ސަރަހައްދު ބޮޑަސް، ސައިކަލް ދުއްވުމަށް އެކަށީގެންވާ ސަރަހައްދެއް ނެތެވެ. އޭގެ ބަދަލުގައި އޮތީ ކާރު ދުއްވާނެ ބޮޑު ސަރަހައްދެއް ކަމަށް އެމީހުން ވިދާޅުވި އެވެ.
ކާނިވާ ސަރަހައްދުގައި އަލަށް ހުޅުވި ލައިސަންސް ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދުގައި މީހަކު މިއަދު ސައިކަލް ދުއްވަން ދަސްކުރަނީ: މިއީ ކުރިން ބޭނުން ކުރި ތަނަށްވުރެ ބޮޑު ސަރަހައްދެއް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން ކާނިވާ ސަރަހައްދުގައި ރަސްމިއްޔާތެއް ނުވަތަ ޝޯއެއް ބާއްވާ ވަގުތު، އުޅަނދު ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ހަމަޖައްސާފައި އޮތުމަކީ ލިބޭ ގެއްލުމެއް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ. އަދި ބައެއް ތަންތަނުގައި ގާ އަތުރާފައި ނެތުމުން އެބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީ
06 September 2016
އަޅެ ކީއްވެ؟ މި ގައުމުގަ ފައިމަގުގަ އުޅޭ މީހުނަށް ޖާގައެއް ނެތްތަ؟ މަގުމަތި މިހާރު ވެސް ފުރިފައެހެރީ ދުއްވާ އެއްޗެހިންނާ ޕާކްކޮށްފަ ހުރި ވެހިކަލުން. ދެންވެސް ހިތްފަސޭހަކޮށްލަން ދާން އޮތީޔާ އޮތް ހުސްބިމެއް ދުއްވުމުގެ ދާއިރާއަށް އަލަށް ނިކުންނަ މީހުން ތަމްރީންކުރަން... ):
ކައްދަ
05 September 2016
ޓްރާންސްޕޯޓް އިން ދޭ ޚިދުމަތްތައް ރަނގަޅުކުރިއްޔާ މާރަނގަޅު ދޯ. 7ކައުންޓަރ ހުންނަ އިރު އެއްމެ ކައުންޓަރ އިންނޫނީ ޚިދުމަތެއް ނުދޭ. ލަދުން ބޯހަލާކު.
ގައުމު
05 September 2016
ނޫސްވެރިންނަށް ކޮންމެ ކަމެއްގައިވެސް ފެންނަނީ ގޯސްކޮށް ހުންނަ ކަންތައްތައް އެކަނި ކަމުގައި ހީވެއެވެ. ކަމަކާ ގުޅޭ ގޮތުން މީހަކާ ސުވާލު ކުރިއަސް އެ އޭންގަލުން ނޫނީ ސުވާލުވެސް ކުރާނެހެނެއް ހިއެއް ނުވެއެވެ. މިއީ ވަކިބަޔަކަށް އަޅުގަނޑު ތާއިދުކުރާތީ ދައްކާ ސިޔާސީ ވާހަކައެއް ނޫނެވެ. އެކަމަކު މިއީ އަޅުގަނޑުމެންގެ ތެރޭގައި ޢާއްމުވަމުންދާ އިޖްތިމާޢީ ނުރަނގަޅު ކަމެއްގެ ކަންބޮޑުވުމެކެވެ. ނިކަން ވިސްނަވާށެވެ. އަޅުގަނޑުމެންގެ ދީނުގައިވެސް ވަނީ ލިބިފައިވާ ނިޢުމަތްތަކުގެ ވާހަކަތައް ގިނަގިނައިން ދައްކާ އުޅުމަށާއި އެކަކު އަނެކަކަށް ޝުކުރުއަދާކޮށް ހިތްހެޔޮކޮށް އުޅުމަށް އަންގަވާފައެވެ. ނަމަވެސް އަޅުގަނޑުމެން މި އާދަކުރަނީ ޝަކުވާކުރުމާ ކުށްވެރި ކުރާށެވެ. އަޅުގަނޑުމެން މިމަގުން ދާއިރު، އަޅުގަނޑުމެންގެ ކިބައިގައި ހުރުމަށް އެންގެވި ސިފައިން ސިފަލިބިގަންނަތަން މި ފެންނަނީ ދޮން ފަރަންޖީންނެވެ. އެއިން މީހަކަށް ކިތައްމެ ކުޑަކުޑަކަމެއް، ކިތައްމެ އަވަހަކަށް ކޮށްލަ ދިނަސް "ތޭންކްސް" އެބަ ބުނެލައެވެ. ކަމެއްގެ ވާހަކަ ދައްކާއިރުވެސް އަބަދުވެސް އެއިންކަމެއްގައި ކިރިޔާވެސް ބުނެވެން އޮތް ރަނގަޅު ވާހަކައެއް އޮތްނަމަ އެ ވާހަކައެއް އެންމެ ފުރަތަމަ ބުނުމަށް އެމީހުން އިސްކަން ދެއެވެ. އަދި އެކަމެއްގައި އޮތް ގޯސް ވާހަކައެއް އޮތްނަމަވެސް ވީހާވެސް ޕޮޒިޓިވްކޮށް ނޫނީ އެވާހަކައެއް ނުބުނެއެވެ. ކިހާ ރީތި އާދައެއްތޯއެވެ؟ މިފަދަ ރީތި އާދަތައް އަޅުގަނޑުމެންގެ ތެރޭގައި އާލާކުރެވޭނީ ކޮންމެ މީހަކުވެސް ޢަމަލީގޮތުން އެމީހުންގެ ޒިއްމާ އުފުލައިގެންނެވެ. ނޫސްވެރިން މިވާހަކަ ބަލައިގަންނާނެކަމަށް އުއްމީދު ކުރަމެވެ.
ޢަލަ
05 September 2016
ރައީސް ޔާމީންގެ ތަރައްޤީ ހައްތާހާވެސް.
ޙަސަންދީ
05 September 2016
މިވެސް ބޮޑު ޕޮރޮޖެކްޓެއް ތިންދުވަސް ވަންދެން މި ޚަބަރު ރާއްޖޭގެ ނޫސްތަކާއި ޓީވީ ތަކުން ގެނެސްދޭނެ، ފެރީ ޓާރމިނަލް ޓަކުގައި ބަހައްޓާފައި ހުރި ސްކްރީންތަކައް މިލިޔަނުން ޚަރަދު ކުރި ޕޮރޮޖެކްޓެއްގެ ގޮތުގައި އަރާނެ ...