ފުލުހުން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި--
02 ޖޫން 2019 - 12:10
ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި މަސް ދުވަހުގެ ތެރޭގައި ނައްތައިލުމަށް ނިންމައިފި އެވެ.
ތަފާތު މައްސަލަތަކުގައި ފުލުހުން ހޯދާ މަސްތުވާތަކެތި ނައްތައިލުމަށް ޚާއްސަ ގަވައިދުތަކެއް ހަދާފައިވީ ނަމަވެސް މިހާރު ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މަސްތުވާތަކެތި ހިމެނެ އެވެ.
މިކަމާ ގުޅޭ ގޮތުން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި މި މަސް ތެރޭގައި ނައްތައިލާނެ ކަމަށެވެ. އެ ތަކެތި ނައްތައިލަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނުން ލާޒިމު ކުރާ އަދަދަށް ވުރެ އިތުރުވާ މަސްތުވާތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ ހާއްސަ އޮޑިޓެއް ހަދަމުން. އެ އަށް ފަހު މި މަސް ނިމުމުގެ ކުރިން، މިހާރު ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލާނަން،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންގެ އަމާޒަކަށް ކުރިމަގުގައި ވާނީ މަސްތުވާތަކެތި އަތުލައިގަންނަތާ މަސް ދުވަސް ތެރޭގައި އެތަކެތި ނައްތާލުމެވެ.
މަސްތުވާތަކެތީގެ ގާނޫނު ބުނާގޮތުން އެފަދަ މައްސަލައެއްގެ ޝަރީއަތްތައް ނިމެންދެން ސާމްޕަލްގެ ގޮތުގައި ވަކި އަދަދެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ޖެހެ އެވެ.
ދޭތެރެދޭތެރެ އިން ފުލުހުން އަންނަނީ މަސްތުވާތަކެތި ނައްތައިލަމުންނެވެ. ނަމަވެސް ނައްތައުނުލާ ގިނަ އަދަދެއްގެ ތަކެތި އަދިވެސް އަބަހުއްޓެވެ.
މި ފަހުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ގދ. އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތި ވެސް ހިމެނެ އެވެ. އަދި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މާލޭގެ ގެތައް ރެއިޑްކޮށް ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔާމީން1 .
03 June 2019
1 މަސްދުވަސް މާގިނަ ސާމްޕަލް އައް ވާވަރު ބަހައްޓާފަ 24 ގަޑި އިރު ތެރޭ ނައްތާލަންވީ ތިތާ އެތެރޭގަ ސުޓޮކް ކުރަން ގެރެންޓީ އެއް ނެތް
ކޮރަލް
02 June 2019
އަވަހަށް ނައްތާލަން ވީއެވެ.
ނާޑުވާ
02 June 2019
އަރި އަތޮޅު ކަނދު އަޑިން ނެގި ޓަނެއްގެ މަސްތުވާތަކެތިން ކިހާ އެއްޗެއް ނައްތާލެވިއްޖެތޯ. މި ތަކެތީގެ ސާފު އޮޑިޓްއެއް ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ.
ްއަދުރޭ
02 June 2019
އެހާ ދުވަސްވަންދެން ކީއްކުރަންތޯ ބަހައްޓަނީ؟ ބަހައްޓައިގެން ކޮންކަމެއްތޯ ކުރަނީ؟
ޓިނުބެ
02 June 2019
އެއިން ވިޔަފާރިނޫންބާ؟
1828
02 June 2019
ރަނގަޅު ނިންމުމެއް. ގިނަ ދުވަސް ވީމައި އަލުން ތަހުލީލް ކުރަން ކޯޓުން އަންގައިގެން ތަހުލީކުރީމައި ފަހަރުގައި ނާށި ނުވަތަ ކީސް ކުނޑިއަށް ވެދާނެ.
މަރޭމިތުރު
02 June 2019
އޭގެ ތެރޭގައި ފޭކު މަސްތުވާތަކެތި ހުރެދާނެކަމަށް ބެލެވޭ!
ނެތީމޭ
02 June 2019
އަތުލައިގަންނަ މަސްތުވާތަކެތި މަސް ދުވަސްތެެރޭގައި ނައްތާލަނީ ނަމަ ތިޔާއީ މަމެން އުފާ ކުރާ ކަމެކޭ ތަމެންގެ ވެރިކަމުގައި ތިޔާ ކަން ކުރަމުން ދަނީ ހޯމް މިނިސްޓްރީން ވަރަށް ރަނގަޅަށޭ މަމެން ބުނަން ނެތީމޭ އިނގޭތޭ..
ބަބުރަންޖީ ހާޖީ
02 June 2019
10 އަހަރުވަންދެން އޭއްޗެހި ބެހެއްޓިސަބަބު ޕޮލިހުންގާތުގައި އެބަޖެހޭ އަހަން.
މަރޭމިތުރު
02 June 2019
ތަހުގީގުތައްފުލުހުންގެ ދައްވީމާ ވާގޮތެކޭ! ތަހުގީގުން ނޭނގޭތީ އަސްތާ ވާގޮތެކޭ!.............. ހަގީގަތަކީ ފުލުހުންގެ ތަހުގީގުތަކަކުން ބައެއްފަހަރު އެއީ ކޯއްޗެއްކަންވެސް އެނގެން ނެތުންކަމަށްވެދާނެ. އެކަމަކު 10 އަހަރަށް މަސްތުވާ ތަކެތި ނުނައްތައި ހުރުމަކީ އެއިން އެތެރެއިން އެމީހުންނަށް ވިޔަފާރިކުރެވިދާނެ ކަމެއްކަމަށް ބެލެވޭ.! ބަދަލުތަކެއް ގެނަސް ހުރި ދަބަރުތައް ފިލުވައި ސާފުކުރަމާ!
ހަބޭސް222
02 June 2019
ތިޔައީ ވަރަށް ދެރަކޮށް ހިނގާ ކަމެއް، ބޮޑުންގެ ތެރޭގައި ވެސް ތި ވިޔަފާރީގެ ހިއްސާ އޮންނަ ވާހަކަ ކިޔާތީ އަޑުއަހަން ، އެކަމަށް ވަނީ ނަމަ، މަސްދުވަސް ތެރޭ ތި ތަކެއްތި ނައްތާލައިފި ނަމަ ބޮޑުންނަށް ލިބޭ ވަރަށްބޮޑު ގެއްލުމަކަށް ވާނީ!