ޚަބަރު / ރައްޔިތުންގެ މަޖިލިސް

އަދީބުގެ ހުކުުމުން ބާކީ އޮތްވަރު މަޖިލީހުން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ކަމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝަން އަލީ/މިހާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވަން ސަރުކާރުން ނިންމާފައި ވާއިރު އެކި ކުށްތަކުގައި އޭނާ އަށް އިއްވާފައިވާ ހުކުމުން ބާކީ އޮތީ ކިހާ ވަރެއްކަން އޮޅުންފިލުވަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިިޓީން ނިންމައިިފި އެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވަން ނިންމުމުން އެކަމާ ބެހޭ މައުލޫމާތު ސާފު ކުރަން ގައުމީ ސަލާމަތާއި ހާރިޖީ ގުުޅުންތަކުގެ ކޮމިޓީ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ މިއަދު ހާޒިރު ކުރި އެވެ. އެބޭފުޅުންނާ ސުވާލުކުރަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އަދީބުގެ ހުކުމުގެ ބާކީ އޮތް ވަރެއް އޮޅުންފިލުވަން މެމްބަރުން ސުވާލު ކުރި ނަމަވެސް އެ ސުވާލަށް މުނާޒު ޖަވާބެއް ނުދެއްވަ އެވެ.

މުނާޒް ވިދާޅުވީ އޭނާ ކޮމިޓީ އަށް ވަޑައިގެންނެވީ އެ ސުވާލަށް ޖަވާބު ދެއްވަން ތައްޔާރުވެވަޑައި ނުގެން ކަމަށެވެ. އެހެންވެ އެ ސުވާލަށް ޖަވާބު ދެއްވެން ނެތް ކަމަށް ވިދާޅުވި ނަމަވެސް އޭނާ ވިދާޅުވީ އަދީބު މިނިވަން ވާނެ ތާރީހު ކަމަށް މީިޑިއާގައި މިހާރު ދައުރުވާ ތާރީހަކީ ރަނގަޅު ތާރީހެއް ނޫން ކަމަށެވެ.

"މިހާރު ހުރި ހުކުމްތަކުގެ ސީދާ އަދަދު.. އަޅުގަނޑު މިތަނަށް އައީ އެ ސުވާލު ކުރައްވާނެ ކަމަށް ނޫން. އެހެން ނަމަވެސް މީޑިއާގައި މިހާރު އެ ދައުރުވާ ދުވަސް އެއީކީ ރަނގަޅު ދުވަހެއް ނޫން އިނގޭތޯ،" މުނާޒް ވިދާޅުވި އެވެ.

އޭނާ މިޖަވާބު ދެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ކުރެއްވި ސުވާލު ކޮމިިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ތަކުރާރު ކުރެއްވުމުންނެވެ.

ކޮމިޓީގެ ބައްދަލުވުން ނިންމަވައިލައްވަމުން ޝަރީފްް ވިދާޅުވީ އެ ސުވާލުގެ ޖަވާބު ހޯދަން ކަރެކްޝަނަލް ސާވިސް އަށް ސިޓީއެއް ފޮނުއްވާނެ ކަމަށެވެ. އަދި ބައްދަލުވުމުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާނީ ޖަވާބު ހޯއްދަވާފައި ކަމަށް ވިދާޅުވި އެވެ.

އަދީބުގެ ހުކުމުން ބާކީ އޮތް ވަރެއް ބަލަން ކޮމިޓީ ނިމުނު ފަހުން ނޫސްވެެރިން ވެސް މުނާޒާ ސުވާލުކުރި އެވެ. އެހެން ނަމަވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ. އަދި ހުކުމެއް ނިމޭ ދުވަސް ހާމަ ނުކުރުމަކީ ހުކުމް އައި މީހެއްގެ ހައްގެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު ރަސްމީ ގަޑީގައި އެކަން ސާފުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ އެވެ.

11 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 6%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައްޔާހު

13 June 2019

ތަރައްގީގެ މަޝްރޫޢުތަށް ހުއްޓިފަ ވާގޮތާއި ކުރިއަށްނުދާގޮތް ހޯދަން ސަރުކާރު ޖަވާބުދާރީ ކުރުވާނީ ކޮންދުވަހަކުންތޯ؟

The name is already taken The name is available. Register?

އަހުމަދު ވަހީދު

13 June 2019

އޭ ކަލޭނޭ ކަލޭމެން ހޭ އަރާކަށް ނުވޭތަ އަދި ވެސް ރާއްޖޭގަ. އެންމެ ފަހުން ހިންގި ބޮޑު ހުޅުޖެހުމައް ހިތްވަރުދިން މީހުން މިއަދު ތިތިބީ. އޮޔާ ގޮސްނިމެނީ ވަރައް ސަލާމް

The name is already taken The name is available. Register?

Abdul Rasheed

12 June 2019

ބަލަގާ މީތޯ މި 5 އަހަރު މަޖިލިސްގެ މަސައްކަތަކީ. ކޮބައިތޯ ކުރީގަ ބުނި އެޖެންޑާ 19. ސާބަސް ތިގޮތުގަ ރައްޔިތުންގެ ފައިސާފޮތި ހުސްއަރުވާލާ. ޖަލު ގޮޅިން މީހުން ނެރުމާ މީހުން ވެއްދުން ކަމެއް ނޫން އެބަ ކުރެވޭބާ؟

The name is already taken The name is available. Register?

ތުއްތުކަލޯ

12 June 2019

އެއީ ހުދުފޮތިކޮޅެއް ނޫންތޯ

The name is already taken The name is available. Register?

ޅޮސް އުނދޯލި

12 June 2019

މިއީ ނަންނުވެ ހިންގާ ބަރުލަމާނީ އެއްތަ؟

The name is already taken The name is available. Register?

ހޮޓްކިންގ

12 June 2019

އަދީބު މިނިވަންވާތީ ހާދަބިރެކޭ މިގަންނަނީ. ބަލަ އޭގެކުރިން މިނިވަންކުރިމީހުން އެއީ ހުދުކާފޫރުތަ؟

The name is already taken The name is available. Register?

ބިނާ

12 June 2019

މީހަކާ ދެކޮޅަށް ރާއްޖޭގަ ބޭއްވި އެންމެ ބިޔަ މުޒާހަރާ ކުރުވާފަ ދެން އެބުނަނީ އެއީ މައެޅުވި ފަންނެކޭ. މީހުންގެ ހިތާ ބަހުގެ ތެދުވެރިކަމެއް ނެތި މި ކިޔަނީ އިންސާފޭ ޖުޑިޝަރީއޭ. ބަހުގެ އިތުބާރު ގެއްލުމާއެކު މީހުންގެ ހިތްތަކުން އިންސާފަށް ލޯބިކުރުން ފޮހެވިގެންދެ އެވެ.

The name is already taken The name is available. Register?

ނަޖާހުސެން

12 June 2019

ޟމައިޓް ބީ އަ ޑްރާމާ ދޯ

The name is already taken The name is available. Register?

ހަސަދު

12 June 2019

ޟިހެއްގެ ނިޔާ އިން ބާކީ އޮތީ ކިހާވަރެއްތޯ ބެލުން އެއީ މަޖުލިހުގެ ޒިންމާ އެއްބާ!!. ގައުމު މިހާރު ވަރަށްބޮޑަށް މަސުހުނިވެ ހަލާކާ ދިމާއަށް މިސްރާބު ޖަހައިފި.

The name is already taken The name is available. Register?

ޙިސްނާ

12 June 2019

މިހާރު ރައީސް އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތީ ބާ؟؟ މުޅި ގައުމު މިހާރު ހިންގަނީ މަޖިލީހުން އެކަނި. އެއްވެސް މުއައްސަސާއެއްވެސް ނެތީބާ؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454