ފުވައްމުލަކު ތުނޑީގައި މިއަދު ގެނބުނު މީހުން ސަލާމަތް ކުރަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
14 ޖޫން 2019 - 23:13
ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު މީހަކު ލައިފްގާޑް ރިންގެއް ބޭނުން ކޮށްގެން މިއަދު ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު 11:41 ހާއިރު ފުވައްމުލަކު ތުނޑީ ކޮޅަށް މޫދަށް އެރި އުޅުނު 22 އަހަރުގެ ފިރިހެނަކު ގެނބެނިކޮށް ސަލާމަތް ކުރީ އެ ސަރަހައްދުގައި ތިބި ތިން މީހަކު ކަމަށެވެ. އޭނާ ގެނބެމުން ދިޔަ ތަން ފެނިގެން ސަލާމަތް ކުރީ އެތަނުގައި ހުރި ލައިފްގާޑް ރިންގެއް ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތުނޑީކޮޅުގައި ހުރި އެ ރިންގަކީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމްގެ ފައުންޑޭޝަނުން ބެހެއްޓި ރިންގެކެވެ. އެ ރަށުގައި މޫދަށް އެރި އުޅޭ ހިސާބުތަކުގައި އެފަދަ ސާމާނު ވަނީ ބަހައްޓައިފަ އެވެ.
އޮޔާ ދިޔަ މީހާ ސަލާމަތް ކުރި މީހުންގެ އަގު ވަޒަން ކުރުމަށް ސޯޝަލް މީޑިއާގައި މީހުން އަންނަނީ ގޮވާލަމުންނެވެ.
އެކަހެރިކޮށް އޮންނަ ފުވައްމުލަކަކީ މޫދަށް އެރި އުޅެން ރައްކާތެރި ރަށެއް ނޫނެވެ. ހިތާމަވެރި އެތައް ހާދިސާއެއް މީގެ ކުރިން ހިނގާފައި އެބަހުއްޓެވެ. ލައިފްގާޑް ރިންގްތައް ފައިސަލް ފައުންޑޭޝަނުން ބެހެއްޓީ އެކަންކަން ހައްލު ކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
15 June 2019
ތިކަންތިހާ ހުޝިޔާރުކަމުގައި ހިންގިމީހުންނަކީ ބަތަލުން. އެމީހުންނަށް ޝުކުރިއްޔާ!
ޙަސަން އަޙްމަދު
15 June 2019
ފައިސަލް ނަސީމަށް ދަރުމަ ހުރި! މި މީހާ ސަލާމަތް ކުރަން އުޅުނު މީހުން އެ ކުރީ އިންސާނަކަށް ކުރެވޭ އެންމެ ހެޔޮ ކަންތައް. މީހެއްގެ ފުރާނަ ސަލާމަތް ކޮށްފި މީހާ އެންމެހާ މީސްތަކުންގެ ފުރާނަ ސަލާމަތް ކުރި ފަދައެވެ. އަދި މީހަކު މަރާލި މީހާ އެންމެހާ މީސްތަކުން މެރި ފަދައެވެ.
މަރޭ
15 June 2019
ގެނބުނު މީހެއް ނޫން. ގެނބެން އުޅުނު މީހެއް.
މަރޭ ރޯނުއެދުރު
15 June 2019
ގެނބެމުންދިޔަ މީހެއް
ޚަންްްް
15 June 2019
ޕުލީޒް.... އައްޑޫ ގެ ބީޗް ކައިރި ވެސް މިފަދަ ރިންގް ބަހައްޓަބަ...
ލައިފުރިންގު
15 June 2019
ކޮބާލައިފުރިނގުގެ މުހިއްމުކަން އެބައިގޭތާ. ހާއްސަކޮށް ރިންގުބެހެއްޓި ފަރާތުގެވިސްނުމާއި ފިކުރު އެފަރާތުގެ އެހީގެ އަގުވަޒަންކުރެވޭ. އެހީތެރިވެވޭނީ މިލިއަންޑޮލަރުން ނޫކަން ކުޑަ އެހެނަސް މުހިއްމު ބޭނުންބޮޑު ކުޑަކަމަކުންވެސް މިހުންގެ ފުރާނަސަލާމަތްކުރެވިދާނެކަން މިފެންނަނީ