މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ރައީސް އޮފީސް
17 ޖޫން 2019 - 13:57
ރާއްޖޭގެ ތަރައްގީ އަށް ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސް ގައި ފެށި ޕާޓްނާޝިޕް ފޯރަމްގައި އަމީރު ވިދާޅުވީ، ޕްރައިވެޓް ސެކްޓަރަށް ވިޔަފާރީގެ ފަހި މާހައުލެއް ތަނަވަސް ކޮށްދިނުމަށްޓަކައި "ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް" ގެ އާ މޮޑެލްއެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި، ޕްރައިވެޓް ސެކްޓަރުގެ ދައުރު ރާއްޖޭގެ އިގްތިސާދުގައި ފުޅާކުރުމުން ސަރުކާރުން ހޭދަކުރަންޖެހޭ މިންވަރު ކުޑަވެ، ގައުމުގެ ދަރަނި ކުޑަ ކުރުމަށް ފަސޭހަވާނެ އެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ދެތިން މަހެއް ތެރޭގައި ރާއްޖޭގެ ޓޭކްސް ނިޒާމު ފުރިހަމަ ކުރުމަށްޓަކައި އިންކަމް ޓެކްސް ތައާރަފް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕާޓްނާޝިޕް ފޯރަމްގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، އިންވެސްޓަރުން އިތުރުކުރުމަށްޓަކައި ފޮރިން އިންވެސްޓަރުންނާ ގުޅޭ ގާނޫނުތަކަށް ރަނގަޅު ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
"އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. އެގޮތުން ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް އަންނަނީ ގެންނަމުން. އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށް، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމު ކުރުމަށް ގާނޫނަށް ބަދަލު ގެނެވޭނެ. މި ހުރިހާ ކަމެއް ކުރާނީ ގައުމުގެ މަސްލަހަތު އިސްކޮށްގެން،" އޭނާ ވިދާޅުވި އެވެ.
ޖުމުލަ 35 ގައުމަކުން 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ޕާޓްނާޝިޕް ފޯރަމްގައި އަމީރު ވިދާޅުވީ، ސަރުކާރުގެ ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭނާ އެކު، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ގައުމު ރަނގަޅު މިސްރާބަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އެހެން ގައުމުތަކާއި މާލީ އިދާރާތަކުގެ އެހީއާ އެކު ރާއްޖޭގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
17 June 2019
ޔާމިން ކުރަން ނިމްމާފަ ހުރި މަޝްރޫއުތަކެ މިސަރުކާރުން ވަނީ ހުއްޓަލާފަ. ދިވެހިންނާ ގުޅިފަ ހުރިކަންތަ ހުއްޓުވުމަކީ ދެރަކަމެއް.
ޢާދު
17 June 2019
އުޑުން ތަރިބާލަނީ. ބޮޑުކަމެއް ކުރެވޭތަނެއް ނުފެނޭ. ކުރާނަމޭ ކުރާނަމޭ ކިޔަކަސް ކަމަކުނުދޭ. ނަތީޖާ ދެކެން ބޭނުމީ. ޏުވަންޔާ ކުރެވޭވަރުގެ މީހުން ހޯދާ.
ނާ އުއްމީދު
17 June 2019
ދަނޑުވެރި ކަމުގެ ދާއިރާ އިން ކަމެއް ކުރެވޭތޯ ބެލުމަށް ބޮޑު އަގުގައި ފަޅު ރަށެއް ގަނެގެން ފެށި މަސައްކަތުގައި އުއްމީދެއް ނެތް ކަން އެގިއްޖެއެވެ.ސަރުކާރަށް ބޭނުން ވަނީ އެކި ނަންނަމުގައި ކުއްޔާއި ޗާޖްސް ތަކެވެ. އެހެން ކަމެއް ސަރުކާރުން ކޮށްދޭކަށް ބޭނުމެއް ނުވެއެވެ.