ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމުން ކަސްޓަމަރުން ޚިދުމަތް ހޯދަނީ.-- ފޮޓޯ:ހުސައިން ވަހީދު/މިހާރު
19 ޖޫން 2019 - 15:57
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެހެނިހެން ކުންފުނިތަކާއި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މައުލޫމާތާއި ސެކިއުރިޓީ ކޯޑާއި ޕިން ހޯދަން މަސައްކަތްކުރުން އަނެއްކާވެސް އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ބީއެމްއެލް އިން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލުން ބުނީ ފަހަކަށް އައިސް މިފަދަ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. ކަސްޓަމަރުން ހުރިހާ ވަގުތެއްގައި ވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ބޭންކުން ވަނީ އެދިފަ އެވެ.
ބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް ނުވަތަ ކޭޝް ކާޑުގެ މުހިންމު މައުލޫމާތުތައް ދިނުމަށް ނޭދޭނެކަން ބޭންކުން އަންނަނީ ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.
ކާޑުގެ މައުލޫމާތު ހޯދާށާއި އެހެން ގޮތްގޮތުން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންނަށް އޮޅުވާލާތީ، ބޭންކުން އަންނަނީ ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ވެސް ހިންގަމުންނެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން، ގުޅައި ކާޑުގެ މައުލޫމާތު ހޯދައިގެން ބައެއް މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
19 June 2019
ވަރިހަމަނު. ތިހާވަރަށް ތިޔަކަން ކުރާއިރުވެސް ފުލުހުންނަކަށް ތިބަޔަކު އަތުލައި ނުގަނެވެ. ހެދޭމީހުން ހެދިގެން މަޅީގަ ޖެހެނީ.
ރިލޯޑް
19 June 2019
ރިލޯޑަށް އެދި ގުޅާ ކުދިންގެ އެންމެ ހެއްވާ ކަމަކީ އެއް ނަންބަރަކަށް 3 ފަހަރު ގުޅާއިރުވެސް ރޭކާނުލާ އެ ނަންބަރަށް ކުރިން ގުޅުނު ކަމެއް. ކުރިން ފަހަރަކު ކޮމެންޓެއްގައި އޮތް އެއީ ޖަލުގައި ތިބި ބަޔަކު ކުރާ ކަމެކޭ. މިހާރު ޖަލުތަކުގެ ކަންކަން ބަލަހައްޓަނީ އެހާ ރަގަޅު ބައެއްވީމަ މިކަން ހުއްޓުވަން ކީއްބާ ކުރަނީ؟
އެޑްމުންޑޯ
19 June 2019
އޮޅުވައިލައިގެން ފައިސާ ހޯދުން ހުއްޓޭނީ ދިވެހިންގެ ގަމާރުކަން ފިލާ ދުވަހަކުން
މަރޭމިތުރު
19 June 2019
މިކަމުގައި އާްއްމުން ހޭލުންތެރި ކުރުމަށް އެކި އެކި ރޭޑިއޯތަކުންނާއި ޓީވީ ތަކުންނާއި ނޫސްތަކުން އިސްތިހާރުކުރުވަން ބެންކުން ކުރި މަސައްކަތެއް ނުފެނޭ!!
ރަދީފް
19 June 2019
މަރޭ ކަލޭ އިންޑިޔާގަ ހުރެގެން އެންޑީޓީވީ ނުވަތަ ތަމަޅަ، މަލަޔާލަމް ، ކަންނަޑާ ތެލުނގު ޗެނަލްތައް ބަލާނަމަ އެފަދަ ސްޕޮޓެއް ނުފެނިދާނެ.ރާއްޖޭގަ ހުރި ހުރިހާ ޓީވީ ޗެނަލްތަކުން އެކަމަށް ހޭލުންތެރިކުރުވަން ބީއެމްއެލްއިން ސްޕޮޓެއް ދައްކަމުންދޭ.އަދި ހުރިހާ އޭޓީއެމްތަކުގަ ހުންނަ ސްްކްރީންތަކުން ވެސް އަބަދު އެ ސްޕޮޓްތައް ދައްކާ.
ޢަބްދުﷲނާފިޒް
19 June 2019
މަރޭމިތުރާ، އެންމެ ފަހުން އައިނު ހެއްދީ ކޮން އިރަކުތޯ............
ރަދީފް
19 June 2019
މިއީ ރާއްޖޭގެ ޖަލުތަކުގަ ތިބޭ ފަރާތްތަކުން ހިންގާ ވަރަށް ހުތުރު ޖަރީމާއެއް.ދުވަހަކުވެސް އެގުޅާ ނަމްބަރެއްގެ ވެރިފަރާތް ނުހޯދޭ.މިވެސް އަރަތެއް.ސިޔާސީ މީހަކާއި ދިމާލަށް އެއްޗެއް ބުނެފަ އެސްއެމްއެސްކޮށްފިނަމަ ވަގުތުން އެމީހަކު ހޯދޭ.ނަމަވެސް މިޖަރީމާ ހިންގާ މީހުން ނުހޯދޭ.އެހެންވީމަ މިއީ ހުރިހާ ބޮޑުންނަށް އެނގިގެން ކުރެވޭ ކަމެއްކަން ކަށަވަރުވެ ޔަގީންވޭ.ވ.ވެދުން
ޖަމީލުބެ
19 June 2019
ކޮބާތަ އެއްކަލަ "އިންޓެލް" މަޢުލޫމާތު ހޯދާ ކުދިންކޮޅު؟ މިކަންތައް ކުރާމީހުން ހަމަ އެއްގޮތަކަށްވެސް އިންޓެލް އަކަށް އަތަކު ނުވޭދޯ؟
ހަސަން ނުވަވަނަ
19 June 2019
މިހާރު އެހީއަށް ބޭނުންވެގެން އެކި ކަހަލަ ފޮޓޯތައް ޖަހައިގެން ހިންގާ ފޭސްބުކް ޕޭޖްތައްވެސް އެބައުޅޭ