މަސްވެރިންތަކެއް މަސް ބާނަނީ: މަސްވެރިކަން ކުރާ އުޅަނދުތަކުން ޑިއުޓީ ކަނޑާލާ ޕްރޮގްރާމްގައި ބައިވެރިވާން ވަނީ ހުޅުވާލާފައި -- ފޮޓޯ/ގެމަނަފުށީ މަސްވެރިން/ފޭސްބުކް
19 ޖޫން 2019 - 23:21
ޑިއުޓީ ނުނަގާ ރާއްޖެ އެތެރެކުރާ ޑީސަލް ގަތުމަށާއި އެ ތެޔޮ ސަޕްލައިކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މަސްވެރިކަން ކުރާ އުޅަނދުތަކުން ގަންނަ ތެލުން އިމްޕޯޓް ޑިއުޓީ ކަނޑާލެވޭ ގޮތަށް ސަރުކާރުން ގާނޫނަށް ހުށަހެޅި އިސްލާހު ކުރިން އޮތީ ފާސްކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން، އެ ޕްރޮގްރާމްގެ ދަށުން ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މަސްވެރިކަން ކުރުމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށެވެ. އެހެންވެ، އެކަމުގެ ލައިސަންސް ނެގުމަށް ފަހު އެޕްލިކޭޝަން ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އުޅަނދުތަކަށް ޑީސަލް ދޫކުރުމުގައި ބައިވެރިވާން ބޭނުންވާ ސަޕްލަޔަރުން ވެސް އެކަމަށް އެދޭ ފޯމް މިނިސްޓްރީ އަށް ހުށަހަޅަން ވަނީ އެދިފަ އެވެ.
އިއުލާނުގައިވާ ގޮތުން އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯން އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެޕްލިކޭޝަން ޓެސްޓް ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ކުރާނެ އެވެ. އެ އެޕްލިކޭޝަން ޓެސްޓް ކުރުމަށް ފަހު، އެ ޕްރޮގްރާމްގެ ދަށުން ޑީސަލް ދޫކުރަން އާންމުކޮށް ހުޅުވާލާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭކް
20 June 2019
ކަރަޕްޝަނަށް ތި ހުޅުވާލީ ބޮޑު ދޮރެއް
މުހައްމަދު ހަވާނާ
20 June 2019
ވަރަށް ނުރައްކާތެރި ކަމެއް. ޢެއްބަޔަކަށް ޑިޔުޓީ ނަގައިގެން، އަނެއްބަޔަކަށް ނުނަގާ. ތިކަން ބަލަހައްޓާނީ ކިހިނެއްބާ. ކޮރަޕްޝަނަށް އާންމުކޮށް ހުޅުވާލެވޭ ދޮރަކަށް ނުވިއްޔާ ވަރަށް ރަނގަޅު. އުންމީދު ކުރަން ނުވާނެކަމަށް.
ކޮރަލް
20 June 2019
ރަނގަޅު ކަމެކެވެ. އެކަމު ގޯސްކޮށް ދާނަމަ ވަގުތުން ފިޔަވަޅު އަޅެން ޖެހެއެވެ.
ބޮޑުމީހާ
20 June 2019
މިހާރު ތިއުޅެނީ ޔާމިންކުޅުނު ކުޅިގަނޑު ކުޅެން. 65 މެމްބަރުން ތިއްބަކަސް ދިވެހިން ވަރަށް ކައިރިންބަލާނެ ތިކަންތައްތައް.
555555
20 June 2019
ބަލަގަ ސަރުކާރުގެ ތެޔޮ ކުންފުންޏެއް އޮތް އިރު އަނެއްކާ ރިޔާޒް ރަޝީދު ހެދެންތަ ތިއުޅެނީ.، ތިޔަ ލާރި ކުޮޅު އެސްޓީއޯތުރޫ ކޮށް ހުރިހާ ރައްޔިތުންގެ ޖީބަށް ވަނީމަ ކޮބާތަ މައްސަލައަކީ؟ ކޮންމެވެސް އެކްޓިވިސްޓެއްގެ ޖީބަށްތައް ވަންނަންވީ. ހޭބަލި ވެދާނެ. މިއޭ މަ މިމީޙުންދެކެ ރުޅި އަންނަ ކަމަކީ!
މޫސަލް މިއާ
20 June 2019
ޕާޓީ ކުދިންނައް ކޮރޮޕްޝަންގެ އާ ދޮރެއް ހިޅުވަ ދެނީ..ސާބަސް ގައުމު ދަވާލީ..