މާމިިގިއްޔަށް އިއްޔެ ވިއްސާރަވެ ގަހަކަށް ގެއްލުން ލިބިފައި.-- ފޮޓޯ: މާމިގިލީ ކައުންސިލް
20 ޖޫން 2019 - 13:52
އދ. މާމިގިއްޔަށް ވިއްސާރަވެ ރަށަށް އިއްޔެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދު ވިދާޅުވީ ވިއްސާރަވެ ގޭގެ އަށް ގެއްލުން ލިބި ގަސްތައް ވެއްޓި ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ދިރިނޫޅެވޭ ވަރަށް އެއްވެސް ގެއަކަށް ގެއްލުމެއް ލިބި، އަދި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ބުންޏެވެ.
އޭނާ ވިދާޅުވިގޮތުގައި ބޮޑެތި ގަސްތައް ވެއްޓުމުގެ އިތުރުން ކޭބަލް ނެޓްވޯކް ބަލަހައްޓާ ގޭގެ ކޮންޓްރޯލް ރޫމްގެ ފުރާޅު ނެއްޓިގެން ގޮސް ރަށުން ކޭބަލް ނެޓްވޯކު ހިދުމަތް ވެސް ވަނީ މެދުކެނޑިފަ އެވެ.
"ދަނޑުބިންތަކަށް ވެސް ގެއްލުންވެފައި ހުރީ. ފުލުހުންނާ ގުޅިގެން ލިބިފައި ހުރި ގެއްލުުންތައް ބަލަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
މާމިިގިއްޔަށް އިއްޔެ ވިއްސާރަވެ ގަހަކަށް ގެއްލުން ލިބިފައި.-- ފޮޓޯ: މާމިގިލީ ކައުންސިލް
ޝިހާމް ވިދާޅުވީ ލިބުނު ގެއްލުންތައް ބެލުމަށްފަހު ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަށް ހުށަހަޅާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ އެވެ. އަދި މެދުތެރޭ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުންޏެވެ.
ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި މެދުތެރެއާއި އުތުރު އަތޮޅުތަކަށް ހުޅަނގުދެކުނާއި ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެމާ
20 June 2019
ޑިޒާސްޓާ މެނޭޖުމަންޓް މީ ހާދަ އިއްޒައްތެރި ބައެކޭ. ވާރޭ ތޫފާނެއްގަ ވޭނުގަ އުޅެމުންވެސް އެބޭފުޅުން ކައިރިއަށް އިހުތިރާމުގެ ޒިޔާރަތެއްދޯ ކުރަންޖެހެނީ ހާލަތު ކިޔައިދޭން. އެބޭފުޅުން ވާނުވާ ބެލުމެއްނޯވޭ.