ޚަބަރު / މާފުށީ ޖަލު

މާފުށީ ޖަލު އޮފސަރުން ގައިދީންނަށް އަނިޔާކޮށް ބޯ ބޭލުވި

މާފުށީ ޖަލު:-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

މާފުށީ ޖަލުގައި އިއްޔެ ހަވީރު ހިނގި ހަމަނުޖެހުންތަކުގައި ޖަލު ބަލަހައްޓާ އޮފިސަރުން، ދެ ގޮޅިއަކުން މީހުން ނެރެ އެމީހުންނަށް އަނިޔާކޮށް ބޯ ބޭލުވިކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އެނގިފައިވާގޮތުގައި ދެ ގޮޅިއަކުން ޖުމްލަ ފަސް މީހުން ނެރުމަށްފަހު އެމީހުން ފަހަތަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލުމަށްފަހު މުގުރުން ގައިގައި ތަޅާފައި ވެ އެވެ. އަދި ކުރިމަތިފަރާތަށާއި ފުރަގަސް ފަރާތަށް ޕެޕަ ސްޕްރޭ ޖަހައި ބޯ ބާލުވާފައިވާ ކަމަށް ވެސް ވެ އެވެ.

އޭގެ އިތުރުން އެހެން ދެ ގޮޅިއެއްގައި ތިބި ދެ މީހުން ނެރުމަށްފަހު ވެސް ބޯބާލުވާފައި ވެ އެވެ. އެތަނުން އެކަކީ ބަންގްލަދޭޝް މީހެކެވެ. މަރުގެ މައްސަލައެއްގައި ހައްޔަރުކޮށް، ތަހުގީގު ނިމެންދެން އޭނާ ބަންދުގައި ހުންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ދެން ހުރީ 18 އަހަރު ވުމުން އެހެން ޖަލަކުން މާފުށީ ޖަލަށް ބަދަލުކުރި މީހެކެވެ. އޭނާގެ ގޮޅި ބަދަލުކުރަން އުޅުމުގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރޭގައި ޒުވާބުކޮށް ވަނީ ބޯބާލުވައިފަ އެވެ.

އެހެން ނަމަވެސް ކަރެކްޝަންސް އިން މި ވާހަކަ ދޮގު ކުރެ އެވެ. އެތަނުން ބުނީ ގައިދީންގެ ބޯބާލާފައި ނުވާނެ ކަމަށެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ގޮޅިއަށް ވަދެ އޮފިސަރުން ވަނީ އެ ގައިދީންގެ އަންނައުނުތައް ވެސް ވީދާލައިފަ އެވެ. އޭގެ ތެރެއިން ބައެއް ގައިދީންގެ ގައިގައި ރިއްސާއިރު ޑޮކްޓަރަށް ދައްކައިދީފައި ނުވާ ކަމަށް ވެސް ވެ އެވެ.

ގައިދީންތަކެއް:-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެނގިފައިވާގޮތުގައި، ޖަލުގައި ހަމަނުޖެހުންތައް ހިނގީ، ގޮޅީގައި ތިބި މީހުން، އެތަނުގެ ޑިއުޓީ އޮފިސަރަށް ގޮވައި، އެހެން ގޮޅިއެއްގައި ހުރި އެއްޗެއް ގެނެސްދޭން އެނދުމުން އެ އޮފިސަރު އެކަން ނުކޮށްދިނުމުންނެވެ. އެކަންތަކުގެ ސަބަބުން ހިނގި ހަމަނުޖެހުމުގައި ޖަލުގެ އޮފިސަރަށް ހަމަލާދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ފަހުން ރޭ 8:30 ހާއިރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށް ފަހު މިއަދު ހެނދުނު 10:00 ހާއިރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. ޖަލު އޮފިސަރުގެ އަތަށާއި ފަޔަށް އަނިޔާލިބުން ފިޔަވައި މާބޮޑު ޒަހަމްތަކެއް ނުލިބެ އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ރޭ ބުނެފައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. ޖަލުގެ އޮފިސަރަށް ހަމަލާދިނީ މާ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ނޫން ކަމަށް ބުނުން ފިޔަވައި ކަރެކްޝަންސް އިން އިތުރު ވާހަކައެއް ނުދައްކަ އެވެ.

ޖަލުގައި އަޑުގަދަކުރަން ފެށުމުން އެމަޖެންސީ ސްޕެޝަލް ގްރޫޕު (އީއެސްޖީ)ގެ 30 ވަރަކަށް މީހުން ވެސް އެތަނަށް ވަނެވެ.

"އެމީހުން ޖަލަށް ގެންދިޔައިރު ބޮކްސާގައި ހުރީ. ފަހުން މުގުރު ދިއްކޮށް ހަޑިކޮށް ވާހަކަދެއްކި ކަމަށް ވެސް ވޭ. އޭގެ ފަހުން ޖަލު އޮފިސަރުން ގޮސް އުޅުނު އެކަންތައް ހަމަޖައްސަން،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

79 ކޮމެންޓް, 176 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 6%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

23 June 2019

ޖަލުގަ، މީހުނަށް އަނިޔާކޮށް މަރާވެސް ހަދާފަ ހުރިކަމީ ޙަޤީގަތެއް، އެއަކީ އިއްޔެ އަކު މިއަދަކު އެކަނި ހިނގާ ކަމެއް ނޫން!

The name is already taken The name is available. Register?

ކަރާ

23 June 2019

ޖަލުތަކުގަ ޑީއެޗްއެލް އާއި ފެޑެކްސް ފެ ޙިދުމަތް ތަޢާރަފް ކުރަންވީނު އެ މީހުން ބޭނުންވާ އެއްޗެހި އެެއް ގޮޅިން އަނެއް ގޮޅިއަށް ގެންދަން.

The name is already taken The name is available. Register?

22 June 2019

ޖަލަށް ގެންގޮސް ބައިތިއްބަނީ އާދެ ލައްބަ ކިޔާ ފިރުމާ ހަދާކަށް ނޫން.... އުޅެން ނުޖެހޭ ގޮތަށް އުޅެންޔާ އަނިޔާވެސް ވާނެ.... ބަސް އަހައިގެން ތިބެ ބަލަ ހުކުމް ތަންފީޒުވެ ނިމެންދެން.....ޖަލަކީ 5 ތަރީގެ ރިސޯޓެއްކަމަށް ބައެއްމީހުންނަށް ހީވާކަހަލަ

The name is already taken The name is available. Register?

ކިޔުންތެރި

22 June 2019

އެއީ ހަމަ މިވެރިކަމާއި ދޭތެރޭގައި ރައްޔިތުންގެ ހިތުގާ ނަފުރަތު އުފެއްދުމަށް އޮފިސަރުން ކުރާކަމެއް

The name is already taken The name is available. Register?

ދިވެއްސެއް...

22 June 2019

ހައިރާންވާ ކަމަކީ މިޖަލުގައި ސީސީޓީވީ ކެމެރާތައް ނުހުންނަނީތަ؟ މިދައްކަނީ މިހެން ކަންހިގާފި ކަމަށް އެމީހަކު ބުނޭ، އެހެން ކަންހިގާފިކަމަށް ދެން ހުރިމީހާ ބުނާ ވާހަކަ. އަޖައިބެއް. ކީއްވެތަ ކެމެރާ ނުހުންނީ؟ ކެމެރާ ހުންނަނަމަ މިކަހަލަ މައުލޫމާތު ކެމަރާ ފޫޓޭޖަކުން ނޫންތަ ލިބެންޖެހޭނީ. ދެން ހޯމް މިނިސްޓްރީންވެސް މިކަމުގަ މަޢުލޫމާތު ހިފަހައްޓަން ކުރާ މަސައްކަތުން ހައިރާންވޭ. ޔާމީން ސަރުކާރާ މާބޮޑު ތަފާތެއް ނެތެއްނު ދެން.

The name is already taken The name is available. Register?

އުދުހޭ

22 June 2019

އަނިޔާ ކުރެވޭނީ ކެމެރާ ނެތީމަތާ

The name is already taken The name is available. Register?

އެމްސް

23 June 2019

މަޢުލޫމާތު ރަގަނޅަށް ހޯދައިގެން ކޮމެންޓް ކުރުން ބުއްދިވެރި. ޑޮކްޓަރ އަފްރާޝީމްގެ ދުވަސް ދުއްވާލިރޭވެސް ފުރަތަމަ ކުޅެލީ މަގުމަތީހުރި ސީސީޓީވީ ކެމެރާތަކާއި، މިފަހަރުވެސް ކަން ކުރީ ހަމަ އެހެން، މާނައަކީ ބޭނުންކޮށްފަވީ ހަމަ އެއް ޓެކްޓިކްސް ތަކެކޭ. މިޙަޤީގަތް އަބުދުއްލޯ ރިޔާޒް އަށް ވަރަށް ސާފުވާނެ

The name is already taken The name is available. Register?

ކަންއޮތްގޮތް

22 June 2019

އަނިޔާއަކީ އެއްވެސްއިރެއްގައި އެއްވެސްބަޔަކު ކޮށްގެންވާނެކަމެއްނޫނެވެ. އަނިޔާކުރާކަށް ނުޖެހެއެވެ. އަނިޔާ ނުކުރެއެކޭ ނުބުނާނަމެވެ. އެކަމަކު އެއީ ﷲސވޢގެ ޒާތުފުޅަށްވެސް މަނަޢަކުރުުއްވާފައިވާކަމެކެވެ. ޙައްޤު އަދަބާއި އަނިޔާ ތަފާތެވެ. ޖަލުގައި މަނާ އެކަމަކު އާދަވެފައިވާކަމެއް ކޮށްލަދޭށޭބުނުމުން ތަށިބަރިއެއް ނޫނީ ހަދިޔާއެއް ގެންގޮސްދިނުމަކީ މައްސަލައެއްނޫނެވެ. ކޮށްއުޅޭނަމަ، ކޮށްލަދިނީމަ ނިމުނީއެވެ. އެއީ މައްސަލަޖެހޭވެރުކަމަކަށް ހަދަންވީސަބަބެއްނެތް.

The name is already taken The name is available. Register?

ރަދީފް

22 June 2019

''މީހަކު ކިޔައިދިން ގޮތުގައި ގޮޅިއަށް ވަދެ އޮފިސަރުން ވަނީ އެ ގައިދީންގެ އަންނައުނުތައް ވެސް ވީދާލައިފަ އެވެ.'' މީކިއްކުރަން ކުރިކަމެއް ބާ؟؟!!

The name is already taken The name is available. Register?

އަހަންމަދުބެއްޔާ

23 June 2019

އަރާފައިހުރި ރުޅިގަނޑު ދައްކާލަންތޯއްޗެ.

The name is already taken The name is available. Register?

ށޯލޭ

22 June 2019

މިހާރު ކޮމެންޓް ކިޔާލީމަ މި އެގެނީ މިހާރު ޤައިދީނަށް އަނިޔާކުރުން މައްސަލައެއް ނޫނކަން

The name is already taken The name is available. Register?

ލޮލްލޮލްލޮލް

22 June 2019

ކޮންމެހެން ނުޖެހޭ އެއްގޮޅިން އަނެއް ގޮޅިއަށް ހަދިޔާ ތަކާ ތަށިބަރިޔާ އެހެން އެއްޗެހި ގެންގޮސްދޭކަށް.

The name is already taken The name is available. Register?

ކުކޫ

22 June 2019

ޖަަލަކީ 5 ތަރީގެ ރިސޯޓެއްތަ؟ ޖަލުގަ އަދަބު ދޭވަރު އަދިވެސް ކުޑަ. އިސްލާމީ ޝަރީޢަތުގައި ވައްކަން ކުރީމަ އަތްކަނޑަން އޮވޭ.. އެކަންވެސް ކޮށްފިނަމަ މިތިބަ ބައިގަނޑު ދުވާނެ ހިއުމަން ރައިޓްސްއޭ ގޮވަމުން... ދީނުގެ އަދުއްވުން ގިނައީ މިހާރު...

The name is already taken The name is available. Register?

Mohamed ibrahim

22 June 2019

ދީނުގަ އޮންނަނީ ވަންކަން ކުރީމަ އަތް ކަނޑާށޭ.....އަނިޔާކުރާށެކޭ ނޫން....

The name is already taken The name is available. Register?

އިންސާނިއްޔަތު

23 June 2019

އަދަބު ދިނުމަކީ ގާޒީކުރި ހުކުމް ތަންފީޒުކުރުން. ކުރިމަތި ފަރާތަށް މިރުސް ސްޕްރޭ ކުރުމަކީ ނުހައްގު އަނިޔާ. އަނިޔާ ކުރިމީހުންނަށް ހައްގު ޖަޒާ/ޢަޒާބު ދެއްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454