އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން، ބާކައުންސިލަށް ކުރިމަތިލާން އެކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފައި. ފައިލް ފޮޓޯ/މިހާރު
02 ޖުލައި 2019 - 18:36
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ އަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
ބާ ކައުންސިލަށް ކުރިމަތިލާން އެދޭ ފޯމާ އެކު އީސީން ކުރި ޓްވީޓެއްގައި ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ޖުލައި ފަހަކާ ހަމައަށް (އަންނަ ހޮނިހިރު ދުވަހާ ހަމައަށް) ހުޅުވާލާފައިވާ ކަމަށެވެ.
އެ އިންތިހާބު ބާއްވާނީ ޖުލައި 13 ގައި ކަމަށް އީސީން އިއްޔެ ބުންޏެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ރައީސް ތަސްދީގު ކުރެއްވި ގާނޫނީ ފަންނުގެ ބިލުގައިވާ ގޮތުން އެ ގާނޫނު ތަސްދީގު ކުރާތާ 21 ދުވަސް ތެރޭގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިންތު ކުމާރު ބިންތު މަރޭމިތުރާ
02 July 2019
ބާކައުންސިލަށް ދިވެހިންކިޔާނެ ނަމެއް ހޯދަބަލަ އިންތިޚާބުގެކުރިން. ވަރަށް އެހެންބާވަތެއްގެ އެއްޗެއް ހިތަށްވަންނަނީ ތިނަން އަޑުއިވުނީމާ.
ސޫލާސިރާޒު
02 July 2019
ހިގާ ދޯ ފޯމުލާން، ބާޓެންޑަރަކަށް ހޮވޭތޯ
ސޫބޯސިރާޖު
03 July 2019
އަހަށް ބުޑާޖެހެންދެން ލާ