ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު، ފައިލްފޮޓޯ/މިހާރު
04 ޖުލައި 2019 - 10:12
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅޭ ލިޔެކިއުންތައް ހޯދައި ހައި ކޯޓާ ހަވާލުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ޕްރިންޓްކޮށްފައިވާ ލިޔެކިއުންތައް ގެއްލުނަސް އެ ލިއުުންތައް ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހުރި ކަމަށެވެ.
"ޕްރިންޓްކޮށްފައި ހުރި ޑޮކިއުމެންޓްތަކެއް ގެއްލުނީ. އޭގެ އޮރިޖިނަލް އަކަށް ވާނީ އެ ކޮމްޕިއުޓަރުތާ، އެ ހާޑް ޑިސްކްތާ. އެ ފައިލްތާ، އެ އެއްޗެހި އެބަހުރި. ދެން އޭއްޗިހި ވަނީ މިހާރު ހައިކޯޓުގައި،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ މެރީޑިއަމް އަށް ދޫކުރި ތެލުގެ ލިޔެކިއުންތައް ގެއްލުނީ ފުނަދޫގައި ހުއްޓައި ކަމަށާއި އޭރު އެތަނުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށެވެ.
ހައި ކޯޓްގައި އޮތް އެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމް ކުރާ ހިސާބަށް ގޮސްފައި އޮންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި އަވަސްކުރެވޭތޯ އުޅުނު ނަމަވެސް އެކަން ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި މައްސަލައާ ގުޅޭ އިލެކްޓްރޯނިކް ޑޮކިއުމެންޓްތައް އިތުރަށް ބަލައިދިނުން އެދި އެ މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
މާޗް، 2010 ގެ ނިޔަލަށް އެކި ފަހަރު މަތިން އެސްޓީއޯ އިން މެރީޑިއަމުން ނެގި ތެލަށް 19.3 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެ މައްސަލަ އެސްޓީއޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ޖޫން މަހު ހުކުމްކުރީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރި ކަން ސާބިތުނުވާތީ އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.
ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި މެރީޑިއަމަކީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ
04 July 2019
ދެން ތިޔަ ހާޑް ޑިސްކު ނުގެއްލިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.
ވިލުފުށި ސޮރު މާލެ
04 July 2019
ވަގަކައް ހާސް ދުވަސް ވެރި އަކައް އެއްދުވަސް
އިފްލާހު
04 July 2019
އަނެއްކާވެސް އަމުރު ތިޔަ ބަލާ މައްސަލަ އަކީ އަންނި ވެރިކަމުގަ ހިންގާފައި އޮތް ޖަރީމާ އެއްގެ ވާހަކަ.
ބޮޑުމީހާ
04 July 2019
އަވަހަށް މައްސަލަ ހިންގާފަ ހުކުމް ކޮށްބަލަ؟ ބިލިއަނުން ކޮރަޕްޝަން އޮތް ގައުމެއްގައި އެކުށުގައި އެކަކުވެސް ޖަލުގަ ނެތީމަ އެބަ އިގޭ މީކުޅޭ ޑްރާމާއެއްކަން
usmaan
04 July 2019
އަހަރުމެންނަށްވެސް ތިޔަގޮތަށް ތެޔޮދޭްނވީނުން ވިއްކާފަ ފައިދާ ނަގާފަ ބާކީ ހުރިއްޔާ ދޭނަމޭ.
ހޭކެނޑޭ
04 July 2019
ރައްޔިތުންނޭވެ! މިޤައުމު މިވެރިން އެކަނި ކެޔަ ނުދޭށެވެ. ރައްޔިތުން މުޒާހިރާ ކުރަންވީ ދިގު ދެމިގެންދާނެ މުއްދަތަކަށް މި ޤައުމު ކުއްޔައްޔަށް ހިފާނެ ބަޔަކު ހޯދާ އެބަޔަކަށް ދިނުމަށެވެ. އޭރުން ކޮންމެ ރައްޔިތެއްގެ ޖީބަށްވެސް ބަރުވެ އަނބި ދަރިން ގޮވައިގެން ބޭރުގެ ޤައުމެއްގައި ހަމަޖެހިލައިގެން އުމުރު ދުވަހު ދިރި އުލެވިދާނެއެވެ. މިކަންކުރަން ރައްޔިތުން އަވަސްވެ ގަންނާށެވެ.
ށޭޒު
04 July 2019
އަނބި ދަރިން ގޮވައިގެން ބޭރުގަ ދިރިއިޅުމަކީ ކޮންމެ ރައްޔިތެއްގެ ބޭނުން ކަމަށްވަންޏާ މިޤައުމުގެ ރައްޔިތުންގެ ގޮތުގައި ތިބުމުގެ ބޭނުމެއްނެތެވެ.
އަހްމަދުކަލޯ
04 July 2019
ޢާން ދެތިން މީހުން ކައިހުސްކޮށް އަހަރުން ބޮލުގަ ދަރަނި އެޅުވުމަށް ވުރެން ރަނގަޅުތާ ދޯ
ނަން
04 July 2019
ކޮންކަމަކާ ރިޔާޒް ރަޝީދު ހާސްވަންވީ. ރިސޯޓް އަޅާނިމެނީ. ހުޅުމާލެ ބީޗްފޮރޮންޓް ގެ އެނބަހުރި. ވިޔަފާރި އެބައޮތް. އިންޓްރެސްޓް ފްރީ ކޮއް ލިބުނު 19.3 މިލިޔަން ރުފިޔާ ވިއާ.. މި ޤައުމުގައި ތި އެތި ސާބިތު ކޯޓުން ކުރެވުނަސް ވަގުތުން ދައްކާ ކަށް ނުޖެހޭނެވެ. އެތި އެތި ކޮޅުން ދައްކާ ހަލާސް ކުރާގޮތަށް ހުކުމް އަންނާނީ. އަނެއްކާ ވެރިކަން ބަދަލުވީ، ދައްކާކަށް ނުޖެހޭނެއެވެ.
ހަކީމް
04 July 2019
ތިވީގޮތުން ދެން ޕޯޑިޔަމް ތަކުން އަދި ޓީވީ ތަކުން މިބޭފުޅާ ދިވެހިން ތެޔޮ ދިވެހިންނަށޭ ކިޔަމުން ވަރަށް އަވަހަށް ފެންނާނެ.
ވައަތުފުއްކިނބަ
04 July 2019
ރައީސް އިބޫއެވެ. ރައްޔިތުން މަނިކުފާނަށް ވޯޓު ދިނީ ރައްޔިތުންގެ މުދަލަށާއި ރައުސުލްމާލަށް ޤައްދާރުވި މިފަދަ މީހުން ހިފާ ހައްޔަރުކޮއް އިންސާފުގެ ކުރިމައްޗަށް ޙާޟިރު ކޮއް ޝަރިއްޔަތްކޮއް އެވެރިންނަށް ޙައްޤުވާ އަދަބު ތިބޭފުލުން ދޭނޭކަމުގެ ޔަޤީންކަން ދިނުމުންނެވެ. ހިތާމައަކީ އަދިވެސް އެވެރިންގެ ބާރު މުލި ޤައުމުގައިއޮވެ ކޮންޓްރޯލް ކޮއް ވިޔަފާރިތައް ފުލާކޮއް އެވެރިން ކުރަމުން ގެންދާތީއެވެ. މިކަމީ ރައްޔިތުން އިންތިހާ މިންވަރަށް ކަންތައް ބޮޑުވާކަމެކެވެ.
ޑުރެކިއުލާ
04 July 2019
ކޮބާ އެއޮތީ ތެޔޮހޯދާފަ.