ޖަޕާނު ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށް ރާއްޖެ އަށް އައި މަތިންދާބޯޓް ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓްގައި
22 ޖުލައި 2019 - 14:03
ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދައި ސަލާމަތްކުރުމުގެ ފަރިތަކުރުންތަކެއް ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސާއި ދިވެހި ސިފައިން ގުޅިގެން ކުރިއަށް ގެންގޮސްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ހުޅުލޭގެ އިރުމަތީ ފަރާތުން ކަނޑު ތެރޭގައި ހިންގި ފަރިތަކުރުންތަކުގައި ޖަޕާނުގެ ކަނޑުގެ ސިފައިންގެ މަތިންދާބޯޓަކާއި ރާއްޖޭގެ ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރިވި ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި އޮތީ ކަނޑުވެފައި ތިބޭ މީހުންނަށް އެހީތެރިވާނެ ގޮތްތައް އަމަލީ ގޮތުން ތަޖުރިބާކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ފަރިތަކުރުންތަކުގައި ކޯސްޓްގާޑުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ކަމަށެވެ.
ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާ އިރު އޭގެ ތެރެއިން ގިނަ ހާދިސާތައް ހިނގަނީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ތެރޭގަ އެވެ. ޖަޕާން ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގެ ކަނޑުމަތީގެ އަމަލީ ބައި މިއަދު ކުރިއަށް ގެންދިޔަ އިރު މާލެ ސަރަހައްދުގެ މޫސުން ގޯހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަން އިސްކުރަންޖެހޭ
22 July 2019
ޗައިނާއިން ރާއްޖެއަ ހެލިކަޕްޓަރުތަކެ ދޭން ނިމްމާފަ އޮތީ. މިސަރުކާރު އިންޑިޔާ ރުސްސަން އުޅެނީ.
ޕީޕީޕީ
22 July 2019
ކޮބާ ގައުމުގެ ސިޔާދަތާ އިސްތިގުލާލާ މިނިވަންކަމާ ނުގެއްލުނުތަ ޖަޕާނުވީމަ؟
ޝޮކްތެރަޕީ
22 July 2019
ޖަޕާން ޗައިނާ ސައުދީޔާ ގުޅެންވީ. އޭރުން ރާއްޖެ ތަރައްގީވާނީ. އިންޑިޔާއާ ގުޅުނީމަ ވާނީ އަޅުވެތި.
މަ މިއު މަ
22 July 2019
ރަނގަޅު ރަނގަޅު. ޖަޕާން އެއީ އިތުބާރު ކުރެވޭ ހަމައެކަނި ގައުމު
ހުސެންހަސަން
22 July 2019
ޗައިނާ ރުޅި އަރުވަން ރާއްޖެ ސަރުކާރުން ކުރާ މިކަހަލަ މަސައްކަތް ހުއްޓަން ޖެހޭ!!!