އެމްޕީއެލް އިމާރާތް.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 ޖުލައި 2019 - 14:11
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވައްކަންކުރަން އުޅެނިކޮށް ރޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ސްޓާފް އޭރިޔާގެ އޮފީހުން ވައްކަން ކުރަން އުޅެނިކޮށް 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ވައްކަންކުރަން ވަން މީހާ ވަދެގެން ދާތަން ފެނިގެން ހިފެހެއްޓީ ސެކިއުރިޓީން ކަމަށެވެ. އެހެންވެ އޭނާއަކަށް އެއްވެސް އެއްޗެއް ނުގެންދެވެ އެވެ.
މިދިޔަ ހަފުތާގައި ވެސް އެމްޕީއެލްގެ ހިއުމަން ރިސޯސް (އެޗްއާރު) ގެ އެޑްމިން އޮފީހުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލުމަށް ފަހު މީހަކު ވަދެފައިވެ އެވެ. ލިޔެކިޔުންތަކެއް ފިޔަވައި އިތުރު އެއްޗެއް އެރޭ ގެންގޮސްފައިނުވާ ކަމަށް އެތަނުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
548ދފަ
23 July 2019
އެމް.ޕީ.އެލް ގެ ކެމެރާތަކަށް ނާރާ ގޮތަށް ހިންޏަކަށްވެސް އެތަނަށް ނުވަދެވޭ ތަނަކުން ވައްކަން ކުރި ވާހަކައާއި ވައްކަން ކުރަން އުޅުނު ވާހަކަ އަޑުއިވުމުން ހަމަ އަޖައިބު އަންތަރީސްވެ ބައްތިރީސް ވެއްޖެ. ކެމިކަލް ޖަހާ ސާފުކުރަން ވެފައި އޮތް ތަނެއް ތީ.