ފުލުހުން މިއަދު ނައްތާލި ޑްރަގްސް.--ފޮޓޯ: ޕޮލިސް
30 ޖުލައި 2019 - 19:10
އެކި މައްސަލަތަކުގައި އަތުލައިގެންފައި ހުރި 25 ކިލޯގެ މަސްތުވާތަކެތި ފުލުހުން މިއަދު ނައްތާލައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ޝަރުއީ މަރުހަލާ އަށް ބަހައްޓަންޖެހޭ ވަރަށް ބެހެއްޓުމަށްފަހު ޑްރަގްސްތައް ނައްތާލީ އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ދޫނިދޫގައި ކަމަށެވެ. އެގޮތުން މިއަދު ނައްތާލާފައިވަނީ 2011 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ހޯދާފައިވާ މަސްތުވާތަކެއްޗާއި ބަނގުރަލެވެ.
އޭގެ ތެރޭގައި 23 މައްސަލައަކާއި 20 ހާދިސާއެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 172 ފުޅި ބަނގުރަލާއި 19 ޕެޓް ފުޅި އާއި 112 ބިއަރު ދަޅުގެ އިތުރުން 25 ކިލޯގެ ޑްރަގްސް ހިމެނެ އެވެ.
މިދިޔަ މަހު ވެސް 419 ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލާފައި ވެ އެވެ. އެ ރަސްމިއްޔާތަށް ފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޝަރުއީ މަރުހަލާ އަށް ބަހައްޓަންޖެހޭ ވަރަށް ބެހެއްޓުމަށް ފަހު އެއް މަސް ދުވަސް ތެރޭގައި މަސްތުވާތަކެތި ނައްތާލުމަކީ އަމާޒެއް ކަމަށެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި ނައްތާލަން މަޑުޖެހިފައި އޮތް ކަމުގައި ވިއަސް ގަވާއިދުގައި އޮންނަ ގޮތަށް އެކަން ކުރަން މަސައްކަތްކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާ އެސޯސިއޭށަން
31 July 2019
ފުޅިތައް ވިއްކާލިނަމަ ރިސޯޓަކަށް!
ގުލީ
31 July 2019
ޝަރުޢީ މަރުހަލާއަށް ބަހައްޓަން ޖެހޭ މިންވަރު އެގެންޖެހޭ. %95 ޝަރުޢީ މަރުހަލާގެ ބޭނުމަށް ބަހައްޓަންޔާ ނައްތާލެވެނީ ހައްޕުޑު. ޢެވެސް ނަމެއްގަ ކުރާކަމެއްބާ؟
ޚިލާފަށްކުރާ
30 July 2019
ފަންސަވީސް ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލައިފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރައީސް އިބޫގެ ސަރުކާރުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ އެއީ ފުލުހުންގެ އިދާރާއޭ މިއިން އިބްރަތެއް ހާސިލް ކުރާނަމަ ރަނގަޅޭ ދެން ހުރި މިނިސްޓްރީ ތައް މިއަދުވެސް 60 މިލިއަން ރުފިޔާގެ ފެންހިންދާ ނިޒާމެއްގެ މަސައްކަތް އެންވަޔަރުމެންޓް މިނިސްޓްރީން އިންޑިއާގެ ކުންފުންނަކަށް ދިނީ އެއީ ދުވަހަކު ވެސް ޓެކްސް ދެއްކި ކުންފުންނެއް ނޫނޭ އެއީ ސީދާ އިބޫގެ ވައުދާއި