ކުޅުދުއްފުށި އެއާޕޯޓްގެ ދަތުރުތައް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
07 އޯގަސްޓް 2019 - 10:31
އަންނަ ހުކުރު ދުވަހު ކުޅުދުއްފުއްޓަށް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، ކުޅުދުއްފުއްޓަށް ދަތުރުތައް ކުރުމަށްޓަކައި މިއަދުން ފެށިގެން، މޯލްޑިވިއަން އިން ޓިކެޓް ވިއްކާނެ ކަމަށެވެ.
ސިވިލް އޭވިއޭޝަނުން މިހެން ބުނެފައިވާ އިރު އައިލެންޑް އޭވިއޭޝަނުން މިހާތަނަށް ދަތުރުތަކުގެ ޝެޑިއުލް ހާމަކޮށްފައެއް ނުވެ އެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަންގެ ދަތުރުތައް ކުޅުދުއްފުއްޓަށް ކުރުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
Commercial flight operations to Kulhudhuffushi Airport (HDK) will commence on 9th August 2019. @MaldivianAero will begin ticket sales today.
— Ministry of Transport and Civil Aviation (@MOTC_MV) August 6, 2019
ޓްރާންސްޕޯޓް މިނިސްޓްރީގެ ޓްވީޓް
މޯލްޑިވިއަންގެ ދަތުރުތައް މި އީދު ބަންދުގައި ކުޅުދުއްފުއްޓަށް އޮންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށި އެއާޕޯޓް ހުޅުވި އެވެ. އެހެން ނަމަވެސް އޭރު ޝެޑިއުލް ދަތުރުތަކެއް ނުފަށަ އެވެ.
ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމީ އެއާޕޯޓް ޓާމިނަލާއި ފަޔާ ސްޓޭޝަންގެ މަސައްކަތް ނިމުމުންނެވެ. ގާތްގަނޑަކަށް 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ މި އެއާޕޯޓަކީ ހދ. އަތޮޅުގައި ތަރައްގީ ކުރި ދެވަނަ އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑިކުމާރު
07 August 2019
ހުކުރު ހަމަނުވާ ފަންސާހަކަށް ރަށް އޮންނަ ތިލަދުއްމަތީގައި 6 އެއާޕޯޓު ހަދަނީ ކީއްވެގެންކަން ސަރުކާރުން ބުނެދޭން އެބަޖެހޭ. ހަނިމާދޫއާ ޖެހިގެން ކުޅުދުއްފުށީގައި އެއާޕޯޓެއް އޮންނައިރު ތިނަދޫގައި އެއާޕޯޓެއް ނޯންނަނީ ކީއްވެގެންކަންވެސް ބުނެދޭންޖެހޭ. އަދި ތިލަދުއްމަތީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮއްވާ ހަމަ އެއަތޮޅުގައި އިތުރު އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަނީ ކޮންބޭނުމަކުތޯވެސް ސާފުކޮށްދޭންޖެހޭ.
އަލިބ
07 August 2019
ތިލަދުމަތި މިއީމާލެ ފިއާވާ އެންމެ ކާރޫބާރު ބޮޑު ސަރަހައްދު ކުޅުދުއްފުށިމިއީ މާލެފިޔަވާ އެންމެ ގިނަމީހުން އަރާފާއިބާރައް! އާބާދީ ގޮތައްބެލިޔަސް މިއީމަލެ ފިޔާވާ އެންމެ އާބާލީ ބޮޑު ސަރަހައްދު! ސާފުވެއްޖެތޯ
ލަކުޑިކުމާރު
07 August 2019
ބަލަގަ ހުޅުލޭގަ އެއާޕޯޓެއް އޮންނާތީއޭ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު މާލޭގައި އެއާޕޯޓެއް ނަހަދަނީ. އާބާދީ އެންމެބޮޑީ އަދި ހުރިހާ ކާރޫބާރުލެއް އޮތީ މާލެއަތޮޅުގައޭ އެކަމަކު މާލެއަތޮޅު ދެބުރިއަށްވެސް އޮންނަނީ އެންމެ އެއާޕޯޓެކޭ. ކޮން ކާރޫބާރެކޭ އާބާދީއެކޭ ކިޔާކަށްތަ.
ރަދީފް
07 August 2019
ޓިމްބަރކުމާރު.ކުޅުދުއްފުށި އަދި ހަނިމާދޫއާއި ދެމެދު ދުވަހަކުވެސް ދޯންޏެއް / ލޯންޗެއްގަ ދަތުރު ކުރިންތަ؟؟؟
މަގޭބުނީ
07 August 2019
އަދިވެސް ޝެޑިއުލް ފެންނާނެ ގޮތެއްނެތް، ނޫސް ތަކުން ޚަބަރު ލިބުމާއެކު ގުޅުމުން ބުނީ ފުލްވެފަޔޯ.....، މަގޭ ގާތަށް އައީ ހިނި......، ރުޅި އަންނާކަށްވެސް ނޭގުނު
ސާދިޔާ
07 August 2019
އަޖައިބެއް... ކަލޭ އެކަންޏެއް ނޫންވިއްޔަ ދަތުރުކުރަން ހުރީ، އަހަރެން ގުޅައިގެން ދެ ދަރިންނާ ފިރިމީހާއަށް ޓިކެޓް ގަނެފިން. ދިވެހިންނެއްނު، މާދަން އީދުވާކަން އެނގޭނީ މިއަދު
މުރާސިލް
07 August 2019
ރައީސް ޔާމީނަށް ޝުކުރިއްޔާއެވެ. މަނިކުފާނު ފެއްޓެވި ގޮންޖެހުން ބޮޑު، ކުޅުދުއަފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަކީ މިއަދު އަނެއްކާވެސް މަނިފާނުގެ ހަނދާން އާވާ ކަމެކެވެ. މިޤައުމަށް ބޭނުންވަނީ މަނިކުފާނުފަދަ ސާބިތު އަދި ކަންކަން ކުރުމުގެ ހިތްވަރާއި ޤާބިލްކަން ހުރި ވެރިއެކެވެ. ސެލްފީ ރައީސެއް ނޫނެވެ.
ހުވަސް
07 August 2019
ރައީސް ޔާމީން އަށް ޝުކުރު ދަންނަވަން. މަނިކުފާނުގެ އެތައް ޚިދުމަތްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި
ރަދީފް
07 August 2019
ސާބަހޭ ސަރުކާރު.ޝުކުރިއްޔާ ކުރީގެ ރައީސް ޔާމީން.މަރުހަބާ ކުޅުދުއްފުށީ ރައްޔަތުން.ކޮބާ ކުޅި ހިއްކުމާއި ދެކޮޅުހެދި ފަރާތްތައް؟؟ އެމީހުން އެއާޕޯޓް ބޭނުން ކުރާނެ ބާ؟؟؟ ވ.ވެދުން
އަލިބ
07 August 2019
ރަދީފު ތިގާމާރެއްތޯ؟ އެމިހުން އެކާމާ ހިންހަމަ ނުޖެހުނަސް ރައްތުންގެ ފައިސާއިންކުރީމަ އެބޭނުންނުކޮއް ތިބެންވީތޯ! މިސަރުރާ އިދިކޮޅައް ވޯޓުދިންމީހުންވެސް ސަރުކާރުގެ ހިދުމަތް ގަބޫލު ނުކުރަންވީތޯ
ފަރީދާ
07 August 2019
ޢެޑަމް ބުނީ ރަށަށް ދާނީ ރިޔާ ނެގި ދޯނީގަޔޯ
ޮޕުއިސަ
08 August 2019
ކުޅި ހިއްކުމާ ދެކޮޅު ހެދިން މަވެސް. މިހާރުވެސް އެކަމާ ދެކޮޅު. ކުޅި ނުހިއްކާ އެއާޕޯޓު އެޅެން ވެސް އޮތް. އެކަމަކު މިހާރު އެއޮތީ އެޖަރީމާ ހިންގާފަ، ދެން އެކަމާ ދެކޮޅު ހެދީތީ މަ ނުހުންނާނަން އެތަން ބޭނުން ނުކޮށެއް. އެއީ މަގޭވެސް ރަށް. ކޯޗެކޭ ކިޔަން އަބުސީ ކަލޭ ތިއުޅެނީ