މުއިއްޒު: ރަސްފަންނުގައި ހަދާފައިވާ ޓްރެކް އެޅުމަށް އާސަންދައިން ޚަރަދެއް ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި --- މިހާރު ފޮޓޯ/ހުސެއިން ވަހީދު
06 އޯގަސްޓް 2019 - 23:44
މާލޭގެ ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ޖޮގިން ޓްރެކަށް އާސަންދަ ކުންފުނިން އެއްވެސް ޚަރަދެއް ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރަސްފަންނުގައި ޖޮގިން ޓްރެކް ހެދުމަށް އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި އެ ފައިިސާ އަނބުރާ ނުލިބޭ ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަ ޕްރައިސަސް ކޮމެޓީގައި މިއަދު ވަނީ ބުނެފަ އެވެ. އަދި އެކަމުގައި ގާނޫނާ ޚިލާފް ކަންކަން އެބަހުރި ކަމަށް ވެސް އެ އާސަން އިން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން މުއިއްޒު "މިހާރު" އަށް ވިދާޅުވީ، ޖޮގިން ޓްރެކް އެޅުމަށް އާސަންދަ އިން ޚަރަދެއް ކުރި ކަން އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ހައުސިން މިނިސްޓްރީއަށް އެނގިފައިވާ ނުވާ ކަމަށެވެ. އެކަމަކު، ތިން މިލިއަނަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެ ޓްރެކް ހެދުމަށް އޭރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ސަރުކާރުން އެންގިކަން އެނގިވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭރު އެކަމަށް ދިޔަ ސީދާ ޚަރަދު، ހައުސިން މިނިސްޓަރުކަމުގައި އޭނާ ހުންނެވި މުއްދަތުގައި އެ މިނިސްޓްރީއާ ހަމައަށް އައިސްފައި ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އާސަންދަ ކުންފުނިން ބުނެފައިވާ ގޮތުގައި ޓްރެކް އެޅުމަށް 9.5 މިލިއަން ރުފިޔާ ޚަރަދުކުރީ އެންސްޕާގެ އެންގުމަކަށެވެ. އެކަމަކު އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައި ނެތް ބިމަކަށް އެ ކުންފުނިން ޚަރަދު ކުރަންޖެހޭ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށް އާސަންދަ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން މަޖިލީހުގައި މިއަދު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކް
07 August 2019
އޭނަ އަށް ވަޒީރުކަން ލިބުނު ގޮތް ހަދާން އެބަހުރިތޯ އަހަބަލަ. ސަން ޝިޔާމް ދުވަހަކު ވެސް ލޮލު ކޮޅުން ވެސް ދުށިންހޭ އަހާބަލަ، ނޭގޭނެ ޔަޤީން
އަލީ އަހުމަދު
07 August 2019
މުއިޒުގެ ސޮއި އެކަމު އެބައިން އޭގަ. މި ކިހިނެތް ވާކަމެއް؟
އަޙުމަދު
07 August 2019
މިހާރު ދެން މުއިއްޒު މެނަށް އެނގޭ އެއްވެސް ކަމެއް ނޯންނާނެ، ހިތުން ތިޔަތީބީ ހިކިފަސްތަނުގައި، އެބުނާ ފައިސާއެއްވެސް ޚަރަދުކުރިކަން ނޭންގޭ ކަމަށް ހެދިގެން ތިހެން އުޅެނިކޮށް ބޭންކުގެ ޑެޕިއުޓީ ސީ.އީ އޯ އަށް ވިގޮތް ވެދާނެތީ ވަރަށް ދެރަވޭ. މުއިއްޒަށް ނޭންގޭ އެއްވެސް ކަމެއް ރަސްފަންނުގައި ހިނގާފައި އޮވެދާނެ ކަމަށް ޤަބޫލެއް ނުކުރެވެ.
ދެރަކަލޯ
07 August 2019
މުއީޒު ގާތުގަ އަހާބަލަ ޔާމީންގެ ވެރިކަމުގާ އެއްވެސް މަގާމެއގަ އުޅުނިންތޯ ވަކިވަގުތެތް ޖެހޭއިރަށް ބުނާނެ އުޅެވުނު ހަނދާނެތް ނެތޭ ވަރަށް ވާހަކަމީ
ވަގު ކަދުރު
07 August 2019
މި ދުވާލުކަށް ނޫންނަމަ ޙައްޖުމަސްކަށް ނުވަތަ އޯގަސްޓު މަސްކަށް ނުވަތަ ހއ. ގައި ވަށަފަރު އޮންނަކަށް ނުވަތަ އުނބަށްޖެހިކަށް އެނގޭބާ!!!!!؟؟؟؟.
ފުތާ
07 August 2019
މީނާޔަށް އިގޭ އެއްޗެއް ބުނެބަލަ؟
ގަޓުހުރިކަމަށްހެދޭ މުއިއްޒު
07 August 2019
މުއިއްޒު ސޯޓު ބޭލޭއިރުވެސް ދޮގުހެދޭތޯ ބަލާތި! އެންސްޕާ އާސަންދަ ތަންފުކެއް ބޮޑުވަރު އެސްޕާއަށޯ އެންގީ ހައިރާނެއްނުވާނެތަ. މިހިރީ ދެން ބުނާނެ ދޯ ޓްރެކް ހެދީމަ ހަސަދަވީއޭ މިހިރީ ކޮށްފަހުރި ކަންކަން.
ދިހި
07 August 2019
ނޭނގޭ ކިޔާ ފިލާ ނުހުރެވޭނެ
މުހުސިން ހަމީދު
07 August 2019
އެއްވެސް ކަމެއް މިހާރަކު ނޭގޭނެ. ހުރިހާ ހެއްކަކާއިއެކު މައްސަލަ ކޯޓަށް ވައްދާ. އެއިރުން ހަނދާންވާނެ!
ވަޙީދު
07 August 2019
އާޓިފިޝަލް ބީޗަށް މިހާރު އެޚަރަދު ކުރަނީ ކޮންކުންފުންޏަކުން ނޭނގޭ. އެނގޭ ކަމަކީ ކޮންކުރީޓް އަޅާފައިވަނީ ވަރަށް ބޯ ކޮށް ކަން. އަނެއްކާ ވަރަށް ފާޑެއްގެ ޑިޒައިނަކަށް އެތާގައި އޮންނަ ވަށްބުރު އެހަދަނީ.
ދަވޭއޭ
07 August 2019
އެއީ މުއިއްޒު ބޭނުންވި ގޮތަށް އޭރު ހަދާފަ.