30 ޑިސެމްބަރު 2018: ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކުރުމުގެ ގޮތުން ކުޅުނު ހާއްސަ ފުޓުބޯޅަ މެޗުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
17 އޯގަސްޓް 2019 - 16:33
ގައުމީ ޓީމަށް ނަގަން ވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިން ކަމަށް ދެކޭ ކަމަށާއި އެ އުސޫލުން ބަލާއިރު މިދިޔަ ސީޒަނާއި މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ޖާގަ ނުލިބެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.
ގައުމީ ޓީމަށް 2004 އިން ފެށިގެން ކުޅެމުން އަންނަ ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަށް މިހާރުގެ ކޯޗު ޕީޓާ ސެގާޓް ޖާގަ ގެއްލުވާނީ މިދިޔަ އަހަރުގެ މެޗެއްގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން ކަމަށް ބުނެ އެވެ.
އޭގެ ފަހުން ދޮޅު އަހަރުވެފައިވާ އަދިވެސް ދަގަނޑޭ އަށް ފުރުސަތެއް ނުދެ އެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފިކޭޝާނުގެ ސްކޮޑުގައި ދަގަނޑޭ ނުހިމެނުމަށް ފަހު ސެގާޓް ދެއްކި އުޒުރަކީ އޭނާގެ އުމުރެވެ. ސެގާޓް ބުނަނީ ދަގަނޑޭގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ކޮލިފިކޭޝަން ނިމޭއިރު 38 އަހަރުވާނެ ކަމަށާއި އެއީ މާ ދޮށީ އުމުރެއް ކަމަށެވެ. ސެގާޓް އެ އިޝާރާތްކުރީ ހަތަރު އަހަރު ފަހުން ގައުމީ ޓީމަށް ކުޅެން ތިބި ކުޅުންތެރިން ތަޖުރިބާކުރަން މި ފަހަރުގެ ކޮލިފިކޭޝަން ބޭނުންކުރަން އޭނާ ވިސްނާ ވިސްނުމަށެވެ.
އެއަށް ރައްދުދީ އިމްރާން ބުނީ ތަޖުރިބާ ހޯދަން ގައުމީ ސީނިއާ ޓީމު ބޭނުންކުރުމަށް ވުރެ އުމުރުފުރާގެ ޓީމު ތަޖުރިބާ ހޯދަން ބޭނުންކުރުން ރަނގަޅުވާނެ ކަމަށް ފެންނަ ކަމަށެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އާއްމު އުސޫލަކީ ވެސް ސީނިއާ ޓީމަކީ އެއިރެއްގައި ތިބޭ އެންމެ މޮޅު ކުޅުންތެރިންނާ އެކު ސީދާ ނަތީޖާ ނެރެން މުބާރަތްތަކަށް ގެންދާ ޓީމެކެވެ. ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން ބޭނުންކުރަނީ 23 އަހަރުން ދަށުގެ ޓީމެވެ.
"ގައުމީ ޓީމަށް ނަގަންވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިން ކަމަށް ދެކެން،" އިމްރާން ފޭސްބުކުގައި ލިޔެފައިވެ އެވެ.
2017 ވަނަ އަހަރު މާލޭގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގައި ބަންގްލަދޭޝް ޑިފެންޑަރެއް ކައިރިން ދަގަނޑޭ ދެމި ގަންނަނީ: އޭނާ އަކީ އަދިވެސް ދެކުނު އޭޝިއާގައި ހުރި އެންމެ އިތުބާރު އެއް ފޯވާޑް. --މިހާރު ފޮޓޯ: ނިޝާން އަލީ/ މިހާރު
ދަގަނޑޭ ގައުމީ ޓީމަށް ނުނެގުމުގެ ފަހަތުގައި އެފްއޭއެމްގެ ނުފޫޒު އޮތް ކަމަށް ވެސް ވާހަކަދެކެވެ އެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ މަގާމަށް ހޮވިވަވަޑައިގެންނެވި އިންތިހާބުގައި ދަގަނޑޭ ތާއީދުކުރީ ބައްސާމާ ވާދަވެރި ކެންޑިޑޭޓް އަދި ދަގަނޑޭއާ އެކު ކުރިން ގައުމީ ޓީމާއި ނިއު ރޭޑިއަންޓަށް ކުޅުނު އަހުމަދު ތޯރިގް (ޓޮމް) އަށެވެ.
ދަގަނޑޭ އާއި ޓޮމްއާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އިމްރާން މިއަދު ބުނީ "ޒާތީ ވުމަކީ ވަރަށް ދެރަކަމެއް ކަމަށާއި އެހެން ކަންތައްތައް ކުރުމުން ހުރިހާ ގެއްލުމެއްވާނީ ދިވެހި ފުޓްބޯޅަ އަށް" ކަމަށެވެ.
"އަޝްފާގަކީ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ އަދި މިހާރު ވެސް މޮޅަށް ކުޅެމުން ދަނީ. އެހެންކަމުން ގައުމީ ސްކޮޑުން އަޝްފާގަށް ޖާގަ ނުލިބެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އުއްމީދަކީ އަޝްފާގް ގައުމީ ޖާޒީގައި ފެނުން،" އިމްރާން ބުންޏެވެ.
މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓާ އެކު މާލޭ ލީގު ކާމިޔާބުކޮށް ފަހުން ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ދަގަނޑޭ "މިހާރު އެވޯޑްސް" ގައި ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތަފާތު ބޮޑުކޮށް ޕޮއިންޓް ހޯދައިގެންނެވެ. އަދި ރަންބޫޓް ވެސް ހޯދީ ވެސް ބޮޑު ފަރަގަކުންނެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި އިންޑިއާގެ ޗެމްޕިއަން އައިޒޯލް އަތުން މާލޭގައި ނިއު 3-1 އިން މޮޅުވި މެޗުގައި ހެޓްރިކް ހަދައިފަ އެވެ. އަދި އިންޑިއަން ސުޕަ ލީގުގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން މާލޭގައި ނިއު 2-0 އިން މޮޅުވި މެޗުގައި ވެސް ލަނޑު ޖެހި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑޭ
19 August 2019
އެފްއޭއެމްގެ އުޅޭނެ 6 އެއްކަ ރޯނު އެދުރު އެމީހުންގެ ނުފޫޒުން ދަގޭއަށް ޗާންސު ނުދެނި ސަބަބަކީ އެފްއޭއެމްގެ ރައީސް ކަމަށް ބަންސާމް ކުރިމަތިލައިފަ ހުންޓާ ބަންސާމަށް ބައިޔަތު ނުހިފާ އެފަހަރު ޓޮމްއަށް ދަގޭ ބައިޔަތު ހިފުން. އޭގެ ފަހުން ބަންސާމްގެ ޓީމް ދަގޭއަށް އަބަދުވެސް ނަފްރަތުކުރޭ ހަސަދަވެރިވޭ. މީ ހަގީގަތް
ހަންނަ
18 August 2019
ބައިވަރު ނޫސްވެރިންނާ މީޑިއާތަށް އުޅޭއިރު ރާއްޖޭގަ ކަންތައްތަކުގަ ވާނުވާނޭގި ކުރީޒަމާނުގަ ރަަސްރަސްކަލުން އުޅުނުގޮތަށް ތަނުގެވެރިން ބޮޑޭވެފަ ވެގެންއުޅޭ ގޮތެއްނޭނި ފުއްޕާތިބޭތީ މީދެން ވަރަށް ގަޅި. ތިކަމާ ގުޅޭމީހުން ޓީވީއަށް އަރުވާ ސުވާލުކޮށް އެއްފަހަރުން ނިންމާލަންވެއްޖެއެއްނުން. ބޭރު ގައުމެއްނަމަ މީޑިއާއިން ރައިޔަތުންގެ އުދާސްތަ މާގިނަ އިރުތަކެއްނުވެ ޖަވާބުހޯދާނެ.
ފުންއަސަރު
18 August 2019
ކޮންމެމީހަކު އެމީހެއްގެޚިޔާލު ފާޅުކޮށްނިމިއްޖެ. އެކިމީހުން އެކިޚިޔާލު. އެކަމަކު ވީކަމެއްހަރާން. ވިސްނަންވީ ތަންކޮޅަކީ މީ ހަމައެކަނި ބައްސާމުގެ ގައުމެއްނޫންކަން. މީ އަހަރެމެންގެ ވެސް ގައުމުކަން. އެމީހުން ހެދިއެއްޗެއްހެދިގެން ތިބެންވީތޯ ނުވަތަ ނޫންތޯ ނިންމަންވީ ދުވަސް ގެންނަންވެއްޖެ. މިހާރުވެސް މާ ލަސްވެއްޖެ. ދެންވެސް ވާނީލަސް. ބޭނުންވަނީ ބައްސާމު ބުނިއެއްޗެއް ހަދައިގެން ކޯޗުއެއުޅޭ އުޅުން ބަދަލުކޮށް އެއިރެއްގާ ނެގެންއޮތް އެންމެ ރަނގަޅުޓީމު ނެގުން.
ބާސީ
18 August 2019
ކޮންމެ މީހަކުވެސް މީޑިޔާގަ ވާހަކަދައްކާލާފަ ނިންމާލަނީ. ޕެޓިޝަނެއްތައްޔާރުކޮއްލަބަލަ ބައްސާމުއަށް ދިވެހިންގެ އަޑު އިވޭތޯބަލަން. ދަގަނޑޭ ކުޅެން ހުއްޓަ ކިތައް ޒުވާނުން އަރާ އޮއްސިއްޖެ؟ އަދިވެސް ދަގަނޑޭ ހުރިހިސާބައް އެހެންމީހަކަށް އާދެވޭވަރުނުވޭ. އެހެންވީމާ ޒުވާން ކުދިން ނެގުމުގެ ބަހަނާގަ މިވަގުތު ހުރި އެއްމެމޮޅު ކުޅުންތެރިޔާ ބާކީ ކުރުން ބަލައެއް ނުގަނެވޭނެ. 23 އަހަރުން ދަށުގެ ޓީމަށް ދަގަނޑޭ ނުގެންގޮސްގެން ނޫޅެޔެއްނުން މީހަކު.
ފުންއަސަރު
18 August 2019
އަދިވެސް ރާއްޖޭގާ ދަގަނޑޭވަރުގެ ފުޓުބޯޅަ ކުޅުންތެރިޔަކު ނެތް. ކިތަންމެ ގަބޫލުކުރަން ބޭނުންނުވިޔަސް ހަގީގަތަކީ އެއީ. ތިޔަބުނާ ޒުވާން ކުޅުންތެރީންނަށް ނުވާވަރުގެ މަސައްކަތް ކުރަމުންދަނީ މުސްކުޅި ދަގަނޑޭ. ހަގީގަތުގާ ދަގަނޑޭ މުސްކުޅިވީއަކީނޫން. ކޯޗާދޭތެރޭ ޖެހު މައްސަލައަށް އަދިވެސް ހައްލެއްނުގެނެވެނީ. އެފަހަރު ދަގަނޑޭ ކޯޗުގެ ބަސް ގަބޫލުނުކުރުމުން އޭގެއަދަބު އޭނާއަށް ލިބިއްޖެ. އެއަހަރުވެސް އެމުބާރާތްވެސް ނިމިއްޖެ. ދެންތިއޮތީ ބައްސާމުއާ ކޯޗުގެ ކަމެއް!
އަލީ އަހުމަދު
18 August 2019
ދަގަޑޭ އޮއްސިއްޖެ މިހާރު. އެއީ ބޯޅަ ހިފައިގެން ކޮއްޓަމުން ދުވަން އިނގޭ މީހެއް. ޒަމާނީ ފުޓުބޯޅަ އަހަރުމެން ބޭނުން ވަނީ. މެސީ މެން ކިތަންމެ މޮޅަސް އެމީހުންވެސް ރަގަޅުތާގަ އޮންނަ މީހާއަށް ޕާސްދޭ
އައްޔަނަ
18 August 2019
ކަލޭއަރަންވީ އެއްނު ހަސަދަ ހަސަދަ ހަސަދަ މާﷲ ދެއްވަންވި އެއްޗެއް ދެއްވާނެ އެހެންނަމަ މޮޅުކުޅުނތެރިޔާ އަދި ރަންބޫޓު ނުލިބުނިސް ވަރައް ގޮންޖެހުން ތަކާއެކު އެހޯދީ
ހަސްމި
18 August 2019
ދަނގަޑޭ ފާއިތު ވެދިޔަ 10 އަހަރު ގައުމީ ޓީމުގަ ކީއްކުރީ؟ ދަނގަޑޭ ހުރެގެންވެސް ބަލި ކުރެވެނީ ބޫޓާން އެކަނި.. ނުޖެހޭ ފުރުސަތު ދޭކަށް
ހާރޫނު
18 August 2019
މީގަ ސާންތީވެސް ސަވީދު ވެސް ބައިވެރިވޭ.ސާންތި މީ އިންޓަސްކޫލް ކުޅުނުއިރުވެސް އަޝފާގާ އަޅައިގަނެގެން އުލޭމީހެއް ސަވީދު ސާންތި އައް ވ ސަލާން
ފޮގުބަ
18 August 2019
ދަގަނޑޭއަށް ފުރުސަތެއް ނުޖެހޭ ދޭކަށް
ހިދާ
18 August 2019
ދޭންޖެހޭމީހާ އިނގޭ އެއީ ސަވީދު ބައްސާމް ސާނތި ސެގާޓް
އައްޔާބެއްޔާ
18 August 2019
އަހަރެމެންނައް އެއްދުވަސްވަރެއްގަ އަބަދުވެސް އުންމީދުއޮވޭ ގަދަޓީމެއްގެ އަތުން ބަލިވަމުންދާއިރުވެސް އެންމެފަހުވަގުތުވެސް މޮޅުވެދާނެކަމުގެ އަދި ދާދި އެއްފެންވަރެއްގެ ޓީމެއްގެއަތުންވެސް ވަރައް ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެވިދާނެކަމުގެ. މިއުންމީދު މިހެން އޮތީ ހަމަބުނެވޭނީ އެންމެ ކުޅުންތެރިއެއްގެ ތަފާތު މޮޅުހުނަރާހެދިއޭ. މިއަދު މިއުންމީދެއްނޯވޭ. ފުޓްބޯޅަކަހަލަ ގައުމީ ޖޯޝް ނެރެވޭކުޅިވަރެއްގަ މިއުންމީދަކީ އެކުޅިވަރުގެ ކުރިއެރުމުގެ ސަބަބު.
ހާރުވާ
18 August 2019
މާﷲ ބައްލަވާ ވޮޑިގެން ވާނެ ހުރިހާކަމެއް އަޝްފާގައް ހަސަދަލާމީހުނައް ބުނެލަން އޮތީ ސަވީދު ސާންތި ބައްސާމް އަދި ދުވަހެއް އެބައޮތޭ އެދުވަހު ކެއްކުރެވޭނެބާއޭ
ނާހިދާ ރަޝީދު
18 August 2019
ބައްސާމު އެއީ މިއަދު މިއަދަށްވެސް ބޭރު އަޅުވަންޖެހޭ މީހާ ގަނޑެއް. ނަން ކިތަންމެ ދިފުކޮށް ލިޔުނަކަސް އަދި އެނާގެ އާއިލީ ބަޔަކުޑިކުޓޭޓަރ ގޮތަށް ރާއްޖޭގެ ރަސް ކަންކޮށް ފި ނަމަވެސް ދެނެއް އެކަމެއްނުވާނެ ބޭރު ކުރޭ އޭނާ