ޚަބަރު / ލާމު ލިންކް ރޯޑް

ލާމު ލިންކުގައި ސްޕީޑް ލިމިޓްތަކެއް ރަސްމީކޮށް އަދި ކަނޑައެއް ނާޅަން: ޓްރާންސްޕޯޓް

ލާމު ލިންކް ރޯޑް: މިތަނުގައި ދުއްވާނެ ސްޕީޑް ކަނޑައަޅާފައިވާ ބޯޑުތަކެއް ހުއްޓަސް އެއަށް ހުއްދަ ނުދޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނި.---މިހާރު ފޮޓޯ

ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދި ލާމު ލިންކު ރޯޑުގައި ދުއްވަންޖެހޭ ވަކި ސްޕީޑްތަކެއް ކަނޑައަޅައި ބޯޑުތަކެއް ޖަހާފައި ހުއްޓަސް އެއީ އަދި ހުއްދަ ދީފައިވާ ސްޕީޑުތަކެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ލ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ހެޑް، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވި ގޮތުގައި ލާމު ލިންކުގައި ތަފާތު ތިން ސްޕީޑެއްގައި ދުއްވޭ ގޮތަށް ވަނީ ބޯޑު ޖަހައިފަ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އަވަށްތަކުގެ ތެރޭގައި 30 ކިލޯމީޓަރު، ކޯޒްވޭތަކުގައި 40 ކިލޯމީޓަރު އަދި މީހުން ނޫޅޭ ސަރަހައްދުތަކުގައި 60 ކިލޯމީޓަރެވެ.

ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހެދި 17 ކިލޯމީޓަރުގެ ދިގު މަގުގައި ސްޕީޑް ލިމިޓް އެންގުމަށް މިހާރު ބޯޑުތަކެއް ޖަހާފައި ހުއްޓަސް އެއީ ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ ސްޕީޑްތަކެއް ނޫން ކަމަށެވެ. އެއީ ކޮންޓްރެކްޓަރު ޖަހާފައިވާ ބޯޑުތަކެއް ކަމަށާއި އެކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒް ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

"އެހެންވީމާ ލާމު ލިންކް ރޯޑްގައި ސްޕީޑް ލިމިޓްތަކެއް އަދި ކަނޑައެއް ނާޅާ. އެ މަގުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށިކަމެއް ވެސް އަޅުގަނޑުމެންނަށް ރަސްމީކޮށް ނާންގާ. މަގުތަކުގައި ދުއްވަންޖެހޭ ސްޕީޑް ކަނޑަައެޅުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މަގުގައި އަދި ބޯޑު ޖެހިޔަސް ކަމަކު ނުދާނެ. އެއީ އަޅުގަނޑުމެން ހުއްދަ ދީފައިވާ ބޯޑުތަކެއް ނޫން،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް، އަދި ހައިވޭއެއްގެ ގޮތަށް ހަދާފައިވާ އެންމެ ދިގު މަގުގައި ކުރަހާފައިވާ އެއްގަމު ނިޝާންތަކުގައި މައްސަލައެއް ނެތް ކަމަށެވެ. ހަމައެކަނި އޮތީ ދުއްވަންޖެހޭ ސްޕީޑްގެ މައްސަލަ އެވެ.

މަގު ހެދި ކޮންޓްރެކްޓަރު ޖަހާފައިވާ ބޯޑުތަކުގައި ވާ ސްޕީޑަށް ބަލާއިރު އެ މަގުގެ ވަރަށް ބޮޑު ސަރަހައްދެއްގައި ސައިކަލް ދުއްވަން ޖެހެނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ "އިންޖީނު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވައިދު" ގެ ދަށުން ހެލްމެޓް އަޅައިގެންނެވެ. އަދި ހަމަ އެގޮތަށް ގާނޫނުގެ ދަށުން ބޮޑު ބައެއްގައި ދުއްވޭނީ ސީޓްބެލްޓް ވެސް އަޅައިގެންނެވެ.

ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

އޮގަސްޓް 29، 2009 ގައި ހެދި ގަވައިދުގައިވާ ގޮތުން ގަޑިއަކު 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވަން ކަނޑައަޅާފައިވާ މަގެއް ނުވަތަ ސަރަހައްދެއްގައި ސައިކަލް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ. އަދި އެ ސްޕީޑަށް ވުރެ މަތީގައި ހަތަރުފުރޮޅުލީ އުޅަނދުފަހަރު ދުއްވަންޖެހެނީ ސީޓްބެލްޓް އަޅައިގެން ކަމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވެ އެވެ.

ލާމު ލިންކުގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށާފައިވާއިރު، އެ މަގުގައި އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ މައްސަލާގައި ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލް އަދި ލ. އަތޮޅު ޕޮލިސް ސްޓޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މަގު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ވެސް އަދި ކަނޑައަޅާފައެއް ނެތެވެ.

ލާމު ލިންކް ރޯޑް ބޭނުންކުރަން ފެށި ފަހުން މިހާތަނަށް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ މަގު މިދިޔަ ޖުލައި 26ގެ ބަންދުގެ ތެރޭގައި ބޭނުންކުރަން ފެށިތަނާ ކަހަލަ ގޮތަކަށް ފުރަތަމަ އެކްސިޑެންޓް ހިނގީ ކައްދޫން ފޮނަދު އަށް އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ ކުއްޖަކު ދިޔަ ސައިކަލެއް، ކޯޒްވޭ އެއް ފަރާތުގައި ހުރި ގާތަކެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ސައިކަލްގައި ތިބި ދެ ކުދިން ވިއްސައިގެން ގޮސް މޫދަށް ވެއްޓި، އެކެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔަ އެވެ.

މީގެ އިތުރުން މިދިޔަ ބޮޑު އީދު ބަންދުގެ ތެރޭގައި ކައްދޫން ގަމަށް ދަތުރުރުކުރި ތިން ކާރެއް ޖެހި، އެއިން ދަތުރުކުރި މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ. މީގެ އިތުރުން މާންދުއަށް ދުއްވާފައި ދިޔަ ޖިޕެއް ވެސް މިދިޔަ އީދު ބަންދުގައި ފުރޮޅާލި އެވެ.

9 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާހިރު

19 September 2016

ތިމަންނަމެން ހުއްދަ ނުދެނީސް މަގުހެދިމީހުން ބޯޑުތަކެއް ޖެހީއޭ ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެކެވެ. ދުއްވަންވާނީ 5 ކިލޯމީޓަރ ބާރުމިނުގައި ކަމަށްވެސް ޤަވާޢިދުގައި ލިޔެވިދާނެއެވެ. އެކަމަކު ޚުދު ޓްރާންސްޕޯރޓް މިނިސްޓަރުވެސް އެއަކަށް ޢަމަލެއް ނުކުރާނެއެވެ. މިހާރު ހެދިވާ ޤަވާޢިދުތަކަށް ބެލިޔަސް މިހާރު ދުއްވުމަށް ކަނޑައަޅާފައިވާ ބާރުމިނުގައި ދުއްވާމީހަކު އެބައުޅޭތޯއެވެ. ހައްދުންމަތީ ބޮޑުމަގުގައި އެކްސިޑެންޓްތައް ހިނގަނީކީވެސް މަގު ހެދިމީހުން ކަނޑައަޅާފައިވާ ސްޕީޑްތަކެއްގެ ސަބަބަކުންނޫނެވެ.

The name is already taken The name is available. Register?

ނަޖީބު

18 September 2016

ސުޕީޑެއްނެތި އެއްޗެތި މިކަލަ މަގަކު ދުއްވަން ހުއްތަދިނުމަކީ ނުރައްކާކަމެއް! ސުޕީޑެއް ކަނޑަނާޅަ އެއްޗެތި ދުވަން ހުއްދައޮންނަނީ ހަމަ އެންމެ ގައުމެއްގަ އެއީ ޖަރުމަނުގެ އައުޓޯބާން ނުވަތަ ހައިވޭތަކުގަ އެކަނިއެކަނި!

The name is already taken The name is available. Register?

ކުރާތި

18 September 2016

ޓްރާންސްޕޯރޓް އޮތޯރިޓީ އަށް ފުރަތަމަ މާލެ ސަރަހައްދުން ހުޅުމާލޭގައި ސްޕީޑް ބްރޭކަރު ތައް ހަރުކޮށް ހުޅުމާލޭގެ މަގުތަކަކީ އެއީ އަމާން މަގުތަކަށް ހެދޭތޯ ބަލާ އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނެތް ކަމީ އެއީ ވެސް ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ. ކަން މިހެން ހުރުމުން ރައީސް އޮފީހުން ވިސްނަން ވެއްޖެ ނޫންތޯ ޓްރާންސްޕޯރޓް އޮތޯރިޓީ އޯވަރ ހޯލް ކޮށްގެން ނަމަވެސް މިފަދަ ކަންކަން ރަނގަޅު ކުރަން.

The name is already taken The name is available. Register?

އަހުމަދު

18 September 2016

މިނިސްޓްރީ މިހާރު އޮތޯރިޓީއަކަށް ވީކިހިނެއްކަން އެނގޭތޯ. ގަވާއިދެއް ނެއްތާކު އޮންނާނީ އެމީހަކާ އެމީހެއް. ދެންބުނާނެ މީހުން ބާރަށް ދުއްވަނީއޭ. ދުވާލަަކު އެއްފަހަރު ބެލާފަވެސް ފިޔަވަޅު އަޅާނަމަ ބާރަށްދުއްވުން ހުއްޓޭނެ. ތިތަނަށް ބޭނުންވަނީ 5 ކެމެރާ. ސައިކަލް ކުލަޔަށްބަލާފަ ޖޫރިމަނާކޮށްގެން ހައްލެއް ނުވާނެ.

The name is already taken The name is available. Register?

ޒަބީބު

18 September 2016

ރޯނުއެދުރުން. ޓްރާންސްޕޯޓުން ދުވެލި ކަނޑަނައަޅާނަމަ އެތާގައި ދުއްވަންވާނީ އެފަދަ އެހެން މަގުތަކުގައި ދުއްވާވަރަށެވެ. މިގޮތުންބަލާއިރު ރާއްޖޭގައި ތާރުއެޅި އަދި އެފަދަ ހަމައެކަނި މަގަކީ އައްޑޫ ގައި އޮތް މަގެވެ. އެހެންކަމުން ޓްރާންސްޕޯޓުން ވަކި ދުވެއްޔެއް ކަނޑައަޅަނަދެން އައްޑޫ ލިންކް ރޯޑުގައި ދުއްވާ ދުވެލި އެއީ އުސޫލެއްގެ ގޮތުން އޮންނަންޖެހޭދުވެއްޔެވެ. ދެން ބޯޑުތައް ހުރެ އެއިން ދުވެލި ކަނޑައެޅިފައި އޮތްވައި ތިއިބާރާތުން ތިވާހަކަ ބުނުމަކީ ހަމަޖެހޭކަމެއް ނޫނެވެ. ތަންދޮރު ނުދަންނަ މީހުނެވެ. މަދަނީ މައްސަލަތަކަކީ ރެއާދުވާލު އުފަންވަމުން އިތުރުވަމުން އަންނަ މައްސަލަތަކެވެ. އެ އިން ކޮންމެ މައްސަލައަކަށް ގާނޫނެއް ނުހެދޭނެއެވެ. އަދި ހަދައިގެންވެސް ނުވާނެއެވެ. މިފަދަ މައްސލަތަކުގައި ހުންނަނީ އާންމު އުސޫލުތަކެވެ. އެ އުސޫލުތަކުގެތެރެއިން ކޮންމެ މައްސަލައަކަށް ހައްލެއް ނެރެވޭނެއެވެ. މިއީ އިސްލާމީ ޝަރީޢަތުގައިވެސް ފިޤްހީ ޙުކުމްތައް ނެރެފައިވާ އުސޫލެވެ.

The name is already taken The name is available. Register?

ނީޑެޑް

18 September 2016

ގާނޫނެއް ނެތި ގަވާއިދެއް ވެސް އަދި އުސޫލެއް ވެސް ނެހެދޭނެއެވެ. އެނޫންނަމަ ކޯޓް މަރުހަލާ ގައި ގާނޫނު ގައި އެކަން ބަޔާން ކޮށްފައި ނެތުމުން އެކަން ސާބިތު ނުވެ ނިމިގެން ދާނީ ކޭސް. ގާނޫނުން ފުރިހަމަ ކުރަންވީ ހުރިހާ ކަންކަން. އުސޫލު ތަކަށާއި އަދި ގަވާއިދު ތަކަށް ދޫނުކުރަންވީ ކަންކަން އެހާ ބޮޑަށް. އުސޫލު ތަކާއި ގަވާއިދު ތަކަކީ ސަރުކާރުގެ އޮފީސް ތަކުން ދުވާލު ދެ ދަޅަ އަށް ބޭސް ކާ އުސޫލުން ބަދަލު ކުރާ އެެއްޗިއްސެވެ. މިކަން ކަން ހުއްޓުވޭނީ ގާނޫނުން ތަފްސީލް ކޮށްދީގެން. މިހާ ވައިލްޑް އެން ވަޔަލެންޓް އަދި ޑިސްއޮބީޑިއަންޓް ސޮސައިޓީ އަކަށް ބޭނުންވަނީ ގާނޫނީ ބެރިއަރސް ރާދަރ ދޭން ރެގިއުލޭޝަން އެން ކޯރޑް އޮފް ޕްރެކްޓިސެސް.

The name is already taken The name is available. Register?

ކާލާކާލާ

18 September 2016

ލާމުގަމުގެ ލިންކް ރޯޑް ހަދަން ދިޔަ ދެ އަހަރު. ދެ އަހަރު ދުވަސް ތެރޭގައި ދެ ސޮފްހާ ގެ ރެގިއުލޭޝަން އެއް ޓްރާންސްޕޯރޓް އޮތޯރިޓީ އަށް ނުލިޔެވުނު. ވިހި ބޯރޑް ގައި ސްޕީޑް ލިމިޓް އަންގާ ދޭ ބޯރޑް ތަކެއް ހަރު ނުކުރެވުނު. ޗެކް ޕޯސްޓް ތަކެއް ލިންކް ރޯޑްގެ އެކި ތަންތާނގައި ހަރު ނުކުރެވުނު. މަގުމަތި ބައްތި ތައް ނުދިއްލުނު. އެއްކަމެއް ވެސް ނުކުރެވުނު. މީ ނޫންތޯ ޓްރާންސްޕޯރޓް އޮތޯރިޓީން ދޭނެ ޖަވާބަކީ މިކަމަށް. އެކަމަކު ކޮންމެ މަހަކު މުސާރަ އާއި އިނާޔަތް ތައް ބަރާ ބަރަށް ލިބޭ ދޯ ރައްޔިތުންގެ މާލިއްޔާ އިން. ކޮން ކަމެއް ދޯ އަތުން ދާ އެއްޗެއްް ނޫން ވިއްޔާ.

The name is already taken The name is available. Register?

ރަދީފް

18 September 2016

ހެހެހެ.ޗައިނާ ކުންފުނިން ބޯޑްތައް ޖެހީމަ މިނިސްޓްރީއަށް ބުނެވޭނެއެއްޗެއް ވެސް ނޯންނާނެތާ.

The name is already taken The name is available. Register?

ކަނޑާލާ

18 September 2016

ލާމު ލިންކް ގައި ސްޕީޑް ލިމިޓް ތަކެއް އަދި އެއް ކަނޑަނާޅާ އިރު ދެން ތަމެން އެ ބޮޑު މަގު އާންމު ކޮށް ހުޅުވާލީ އެއީ ކީއްވެގެންތަ. ތަމެންނަށް މުސާރަ ދެން ދޯ މަމެން ބަރާބަރަށް. އެކަމަކު ތަމެންނަށް މިކަން ނުވިއެއް ނޫން ދެ އަހަރު ދުވަހުން ޕްރޮޖެކްޓް ނިމުނު އިރު ވެސް. އެކޮއި މީ މައުމޫނުގެ ސަރުކާރެއް ނޫނޭ. ތަމެންނަށް ނަތީޖާ ނެރެ ނުދެވޭނަމަ ގެއަށް ކަނޑާލަން ކޮން އިރަކުން ތަ ވިސްނާނީ. ތަމެން ޓްރާންސްޕޯރޓް އޮތޯރިޓީ ގައި މިހާރު ތިބި ހުރިހާ ބޮޑުން ތައް ދޮށި ބޮނޑި ހިފައިގެން މަހަށް ދާން ގެއަށް ކަނޑާލަންވީ އެއް ނޫންދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454