ޚަބަރު / މާލޭ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް އޮތީ އެލާޓްގައެއް ނޫން: އެމްއޭސީއެލް

އެއާޕޯޓުން ޕަސިންޖަރުންތަކެއް ނުކުންނަނީ: އޮޕަރޭޝަން ނޯމަލް. --މިހާރު ފައިލް ފޮޓޯ

21 އޯގަސްޓް 2019 - 22:42

13 comments

ގޮވާ ޒާތުގެ އެއްޗެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެލާޓްގައި އޮތް ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ދޮގުކޮށްފި އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެއާޕޯޓުގެ އޮޕަރޭޝަން ނޯމަލް ކަމަށާއި ފުލުހުން އާދައިގެ މަތިން ކުރިއަށް ގެންދާ ރޫޓިން ޗެކިން މިރޭ ކުރިއަށް ގެންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިރޭ 9:30 ގައި ޖައްސަން އޮތް އީކޭ ފްލައިޓް ޖެއްސުން ލަސްވީ އެއާ ޓްރެފިކާ ހެދި ކަމަށެވެ.

"އެއްވެސް މައްސަލައެއް ނޫޅޭ. އޮޕަރޭޝަންތައް ބަރާބަރަށް އެބަ ހިނގާ،" އޮފިޝަލް ވިދާޅުވި އެވެ.

13 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 10%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްތާ

22 August 2019

އެސޮރު ފިލިޔަ ދީގެންނުވާނެ. އެއީ މުޅިޤައުމު ދޮވެލާފަ ހުރި މީހެއް.

The name is already taken The name is available. Register?

ششششش

22 August 2019

?#Breaking: Maafushi Jalu alert ah genessi! މިވެސް މަޖަލަކަށް ކުރާ ކަމެއް އޮތަ؟ މުސީބާތެއް މިއޮތީ

The name is already taken The name is available. Register?

ޗީޑި

22 August 2019

ގައުމީސަލާމަތަށް ނުވަތަ ގައުމުގެ އިކޮނޮމީއަށް ލިބިދާނެ ލޮޅަކާހެދި ދޮގު ހެދޭތަ؟

The name is already taken The name is available. Register?

ޑުރެކިއުލާ

22 August 2019

ސަރުކާރުގެ ސިޔާސަތަކީ 20 މިނިޓުން ދެވޭހިސާބުގައި އެއާޕޯޓު އެޅުންކަމުގައިވެފައި އެގޮތަށް އެހެން އަތޮޅުތަކުގައިވެސް އެއާޕޯޓަކާޖެހި އެއާޕޯޓެއް އަޅަމުންދާއިރު ސަރުކާރުން އެބަޖެހޭ މާލެއަތޮޅުގެ ދެބުރީގައިވެސް މަދުވެގެން 6 އެއާޕޯޓުއަޅައި ހުޅުލޭ އެއާޕޯޓަށް އަންނަ ބޯޓުފަހަރު އެތަންތަނަށް ހަމަހަމައަށް ބަހަން.

The name is already taken The name is available. Register?

އާ ދޮގޭ.

22 August 2019

އަހަރުމެން އަހަރުމެންގެ ހާލަށް އުޅެންދޫކޮށްލާފަ މެނުވީ ތިކަމާއި އުޅެގެން ނުވާނެ. މާލޭ ސަރުކާރުގެ އެއްވެސް އެހީއެއްނެތި އަޅާފައިއޮތް އެއަރޕޯޓެއް ގަމުގައި އެބައޮތް.

The name is already taken The name is available. Register?

ނަން

22 August 2019

މާލެ ސަރުކާރުން ނެއެޅިޔަސް އެއީ މުޅި ރާއްޖެ ވިއްކައިގެން އިސްތިއުމާރީ ބާރަކުން އަޅާފަ އޮތް އެއަރޕޯޓެއް. ހުރިހާ ދިވެހިންގެ އެއަރޕޯޓެއް.

The name is already taken The name is available. Register?

ކިހާ ބޮޑު ކަމެއް

22 August 2019

ދެން ކޯޗެއްގަ އޮތީ ކޯމާގަތަ؟

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

21 August 2019

ޤަތަރު، ކޮރެއާ، ޖާރމަން، އޮސްޓްރޭލިއާ، ކެނަޑާ ފަދަ ޤައުމެއްގެ އެއަރޕޯޓް ޑިވޮލޯޕްކޮށް ހިންގާ ބަޔަކު އަމިއްލަ ޙަރަދުގައި ގޭން އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް 50 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ދޫކޮށްލުމަށް އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ހުށަހަޅާ މިދެންނެވި ޤައުމުތަކަށް މިފުރުސަތުއޮތްކަން އަންގާންޖެހޭ. * * މިކަން ކުރުމަށްޓަކާ ގޭން އެއަރޕޯޓްގައިއޮތް ކާސާ ހޮލްޑިންގެ ޝެއަރއާއިމެދު ގޮތެއްނިންމުން އަވަސް ކުރާން ސަރުކާރާއި މަޖިލިހުގައިއެދެންޖެހޭ.

The name is already taken The name is available. Register?

ރާއްޖެ

23 August 2019

"ގޭން" ކިޔާރަށެއް މި ރާއްޖޭގައި އޮވޭތަ؟

The name is already taken The name is available. Register?

ތޮއްޔިބު

21 August 2019

ޔާމިން ފިލަންއުޅޭ ކަމުގެ ހަބަރުތަކެއް އެބަލިބޭ

The name is already taken The name is available. Register?

................

22 August 2019

ޓެރަރިސްޓަކު މައިބަދަ އަވަދިވެގެން ފިލި ހަނދާން ނުފިލާތީ ހަމަ ހިތް ބިރުގަންނަނީ ދޯ؟ ޔާމީނުވެސް ހަމަ އެހާ ފިނޑީތަ؟

The name is already taken The name is available. Register?

އަލީ ރާޖާ

22 August 2019

ކޮއްކޯ އެއީ ނަޝީދެއް ނޫން. ފިނޑިއެއް ނުވާނެ. ފިލަން ބޭނުން ނަމަ އިންތިހާބަށް ފަހު ސާލިހު ހަވާލުވުމާ ހަމައަށް ފުރުސަތު އޮތް.

The name is already taken The name is available. Register?

ބޮބީ

21 August 2019

ބުހުތާނު ދޮގު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454