އެއް ނަމްބަރު ބޯޑުގައި ދުއްވި ދެ ކާރު: އޭގެ ތެރެއިން އެއް ކާރު ވަނީ ޓޯކޮށްފައި--- ޓްވިޓާ ފޮޓޯ: ތާއެމްސް
28 އޯގަސްޓް 2019 - 12:39
ދެ ކާރެއްގައި އެއް ނަމްބަރު ބޯޑު ޖަހައިގެން ގެންގުޅުނު މައްސަލާގައި އޭގެ ތެރެއިން އެއް ކާރު ފުލުހުން ޓޯކޮށްފި އެވެ.
މި ދެ ކާރަކީ ވެސް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދުގެ އެއްޗެހި ކަމަށް، ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުނަސް އެކަން އޭނާ ދޮގުކުރެއްވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް މިހާރު ހުންނެވި ޝަމްހީދު ވިދާޅުވީ އެއިން އެއްވެސް ކާރެއް އޭނާގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިިން ރަތް ކާރު އޭނާ ދުއްވާ ކަމަށާއި އެއީ އޭނާގެ ތިމާގެ މީހެއްގެ ނަން މަތީގައި، ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދުއްވާ ކާރެއް ރަތް ކުލައިގެ ކާރަކީ. އޭގެ ރަޖިސްޓްރީގައި އެއްވެސް މައްސަލައެއް ނޯންނާނެ. އެކަމަކު އެއީ އަޅުގަނޑުގެ ކާރެއް ނޫން،" ޝަމްހީދު ވިދާޅުވި އެވެ.
"ކެޑެލެކް" ބްރޭންޑްގެ ދެ ކާރުގެ ތެރެއިން ނުބައި ނަންބަރު ބޯޑެއް ޖަހާފައި އޮތް ކަޅު ކުލައިގެ ކާރު ނިސްބަތްވަނީ، ޝަމްހީދު ވިދާޅުވި ގޮތުގައި، އޭނާ މަސައްކަތް ކުރައްވަމުން އަންނަ ކުންފުންޏަކަށެވެ.
"އެކަމަކު އެ ކުންފުނީގައި ވެސް އަޅުގަނޑުގެ ޝެއާއެއް ނޯންނާނެ،" ޝަމްހީދު ވިދާޅުވި އެވެ.
ފުލުހުން ޓޯކުރި އެ ކާރު އަސްލު ރަޖިސްޓްރީކޮށްފައި ވަނީ އައްޑޫ ސަރަހައްދު ނިސްބަތްވާ "ބީ" ޒޯނަށެވެ.
އެހެން ޒޯނެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް މާލޭގައި ދުއްވާ ނަމަ ޓްރާންސްޕޯޓަށް ހުށަހަޅައިގެން ޒޯން ބަދަލުކުރަން ޖެހެ އެވެ.
ޝަމްހީދު ދުއްވާ ކާރުގެ ރަޖިސްޓްރީ ނަންބަރު، އަނެއް ކާރުގައި ޖަހާފައި އޮތީ ކީއްވެގެންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެ ނަމްބަރު ބޯޑު ހަރުކުރީ ޑްރައިވަރަކަށް މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކަށް އޮޅިގެން ކަމަށް، އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އެކަމެއް ހިނގިއިރު އަޅުގަނޑު ރަށަކު ވެސް ނެތިން. އެ ބޯޑެއް އެޅުވި ފަހުން އެ ކާރު ނުވެސް ދުއްވާ. އެހެން އޮއްވައި ފުލުހުން ޓޯކުރީ ވެސް،" ޝަމްހީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން ޞަލާޚް ޔޫސުފް
30 August 2019
ޓްވީޓާ ސަރުކާރު ބަޔަކު ޓުވީޓްކޮށްލާއިރަށް ހީވާނީ އެހެންފަދަ ކަމެއްހެން...
ފަހުދު
30 August 2019
ތިވަރުގެ މީހުން ދައުކަތުގެ ޒިންމާދާރު މަގާމު ތަކުގަ ތިބެންޖެހޭތަ؟ އިސްތިއުފާދީ. ބަނގްލަދޭޝް މީހުންގެ ބޮލަށް ކަޑާލައިގެން ނާޖާއިޒު ކަންކަން ކޮށް މި ތިބެނީ.
ފާތިމާ
30 August 2019
އަހަރެންގެ ސައިކަލަށް އަހަރީ ފީ ދައްކަން މީރާއަށް ދިޔައިމަ ޖުރުމަނާ ކޮށްފި ނުބައި ތަނެއްގަ ޕާކްކޮށްފަ އިނދެގެން.. އެކަމު އެމީހުން އެބުނާ ތާރީޚްގަ، ސައިކަލް ހުންނާނީ ވެސް ރަށުގަ.ސައިކަލް ގަތްފަހުން އަދި މާލެނުގެންދަން. ދެންމިވީ ގޮތް ޕޮލިހުން ބެލުމުން އެނގުނީ އަހަރެންގެ ސައިކަލްގެ ނަމްބަރުގަ އެހެން ސައިކަލެއް މާލޭގައި ދުއްވަމުން ދާކަން.. އެމީހާގެ ސައިކަލު ސްޓިކާ ޖަހާކޮންމެ ފަހަރަކު ކުރާ ޖުރުމަނާ މިދައްކަން ޖެހެނީ އަހަރެން..މިދެން ކިހާ ދެރަކަމެއް..
ވިސްނާ!
29 August 2019
ކިހާ މޮޅު...! ޤަބޫލު ކުރެވެއެއްނޫން...! އެނުމުނީ...! ހަމަ ނިމުނީ...!
ާސްޓޯރީޓެލަރ
29 August 2019
މީނަ ބަލާ ހުރިހާކަމެއް ކަނޑާލީ ބަންގާޅީގެ ބޮލަށް. މީނަ ހައްޔަރު ކުރޭ؟
އިސްމާލި
29 August 2019
އަޅުގަނޑުގެ ކާރެއް ނޯންނާނެ. އެއީ ކޮއްކޮއެއްގެ ކާރެއް (އަޅުގަނޑު ފައިސާ ދީގެން ގަނެފައި). ދެން ދެވަނަ ކާރަކީ އަޅުގަނޑުގެ ކުންފުނީގެ ކާރެއް (ކުންފުނީގައި އަޅުގަނޑުގެ ހިއްސާއެއް ނެތް. އެކަމު ކުންފުނިން އަޅުގަނޑަށް، ރެކޯޑަށް ނާރާގޮތައް ފައިދާ ލިބޭ). ދެން އަޅުގަނޑު ދިރިއުޅޭ ޕެންޓްހައުސް އަކީ އަޅުގަނޑުގެ އަންހެނުންގެ ކޮއްކޮގެ ތަނެއް (އަނެއްކާވެސް އަޅުގަނޑުގެ ފައިސާއިން ގަނެފައި). މާލީ ބަޔާނުގައި އަޅުގަނޑަކީ ޒަކާތް ހައްގުވާ ނިކަމެއްޗެއް.
މާހޭން
29 August 2019
ކޮބާ މައްސަލައަކީ؟ އެއީ އެންމެންގެވެސް ވައްތަރު
ފައްކާ
29 August 2019
ތިޔައީ 100ގެ ކޮމެންޓްއެއް. ކޮރަޕްޝަން ހިންގަން ދަސްވެފަ ހުރި ޕްރޮފެސަރެއް
ވަގަކަޅާ
29 August 2019
ށަމުހީދޫ ތިކަމާބެހޭގޮތުން ކިތަންމެ ވާހަކަޔެއްވެސް ދެއްކިދާނޭ މަނިކުފާނު ނޫހައްތިޔަދިން މައުލޫމާތުންވެސް ޖަލައްލާން ހުކުމްކުރަން ފޮނުވިދާނެ ކަލޭމެންގެ ވެރިކަން ހެދުނު އެއްޗެހަދާ ކެވުނުވަރަކައްކާފަ ކޮންމެވެސް މީހެއްގެ ބޮލައްކަނޑާލާފަ ބަޗާއޭރޮން ރަނގަޅުވާނެ އެޔައް އިބޫމިކޔަނީ ޒީރޯޓޮލެރެންސޯ
ޢަލިމާ
29 August 2019
މިމަހު ހައިވޭއިން ފުލުހުން ތި ޖަމްޝީދު ހިފެހެއްޓީ ކަޅުކާރު ދުއްވަނިކޮށް
ފޮންޓް
29 August 2019
އެމީހަކު ހިތަށް އެރި ފޮންޓަކުން ނަންބަރު ބޯޑު ޖަހައިގެން ދުއްވުމަކީ ހުއްދަ ކަމެއްތަ؟ ފުލުހުންނަށް މިތަން ނުފެންނަނީ ކީއްވެ؟ ނަންބަރު ބޯޑު ބަލާނެ ކެމެރާއެއް ދުނިޔޭގައި އުފައްދާފައި ނުވަނީތަ؟!
ައޮހެއި
29 August 2019
މަކަރުވެރިން އެބަފެނޭތަ... ތީއަދިކުޑަމިންވަރެއް،،