ހުޅުމާލެއިން މިރޭ ހޯދި ބަނގުރާ ފުޅިތައް -- ފޮޓޯ: ޕޮލިސް
19 ސެޕްޓެމްބަރ 2016 - 21:23
ހުޅުމާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައި، 100 އަށް ވުރެ ގިނަ ބަނގުރާ ފުޅި ކޭހާއި ދަޅު ކޭސްތަކެއް މިރޭ ހޯދައިފި އެވެ.
ފުލުހުން ބުނީ އެ ތަކެތި ފެނިފައި ވަނީ ބިދޭސީން އުޅޭ ރޯހައުސްއަކުން ކަމަށާއި އޮޕަރޭޝަން މިހާރު ވެސް ކުރިއަށް އެބަ ދާ ކަމަށެވެ.
ހުޅުމާލެއިން މިރޭ ހޯދި ބަނގުރާ ކޭސްތައް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް
"މިހާތަނަށް ބެލި ބެލުމުން އެތަކެތި އެތަނަށް އެތެރެކޮށްފައި ވަނީ ޖަމްބޯ ބޭގްތަކަކަށް އަޅައިގެން،" ފުލުހުން ބުންޏެވެ.
އެހެން ނަމަވެސް، މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމަންނަ
20 September 2016
މަސް ފެކްޓަރީ ހުންނަ ގޮތަށް ތިޔަ ރަށުގައި އަޅެ ބަގުރާ ފެކްޓަރީއެއް ހުންނަނީ ތަ ...!
މެންޓަލިސްޓް
20 September 2016
ތިހާ ބައިވަރު ބަނގުރާ ފެންނައިރު ،،، ކީއްވެތޯ ތިޔަތަކެތި އެމީިހުން އަތްމައްޗައް އަރާގޮތެއް ފުލުހުންނަށް ނުހޯދިގެން ތިޔައުޅެނީ ؟؟ ގައުމު ބަނޑުރަަލަކީ ބޮންޑެޑްވެއަރ ހައުސްހަދައިގެން ރިސޯޓްތަކާއި ސަފާރީތަކަށް އެތަކެތި ދޫކޮއްއުޅެނީ ،، ވީމާ ކޮންތާކުން ބޭރުވާއެއްޗައްކަން ފުލުހުންނަށް ހޯދެންޖެހޭނެ ، ކޮންރިސޯޓަކުންކަމާޢި ކޮން ސަފާރީއަކުންކަމަށް ،،، އޭރުން ކުޑަކޮށްވެސް ތިޔަކަން ކޮންޓްރޯލް ކުރެވޭނީ ، މިހާރު ކޮންމެ ވީކެންޑެއްގައި މާލެއިން ފުޅިިލިބޭ 2500 އަށް ،،، ހަމަބޮއެހުސްވަނީ ،،، ވީމާ ތިޔަގޮތަށް އަދި ފުޅިތަށް އަތުލިއަކަށް ތިޔާގައި މުގޫނުހޯދާ ތިޔަކަމެށް ހައްލެއްނުވާނެ ،،، ވަރަށް ސަލާމް
މޫސަ
20 September 2016
ތިނިމުނީ
އަލީ ސަލީމް
20 September 2016
ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކުން ބިދޭސީންނަށް އަދި ބައެއް ފަހަރުތަކުގައި 'ދިވެހިންނަށް' ބަނގުރާ ލިބެންހުރެއެވެ. މިކަން ކުރަމުން ގެންދަނީ ވަރަށް ސިއްރުން، އެހެނަސް އެންމެންނަށް އެނގޭ ސިއްރެއްގެ ގޮތުގައެވެ. ހުޅުމާލޭގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހުޅުވާ، އެތަންތަނަށް މަޖާކުރަން އަންނަ އެކި ޤައުމުތަކުގެ މީހުންނަށް ހަމަ ބަރާބަރަށް ބަނގުރާ ލިބެއެވެ. ބަނގުރާ ލިބެން ނުހުންނަނަމަ، 'ހިއްޕީ' ޒާތުގެ ގެސްޓުން ނުވަތަ ޗައިނީޒް މީހުންވެސް އެވަރަކަށް ނާންނާނެއެވެ. އެމީހުންނަށް އެނގިފަ އޮންނަ ގޮތުން، ރަށުތެރޭގައި، މީހުންނަށް ފެންނަ ގޮތަށް ބަނގުރާ ބުއިމަކީ މަނާކަމެކެވެ. އެކަމަކު ކޮޓަރީގަ ނުވަތަ އެހުންނަ ރެސްޓޯރެންޓްގަ ބަނގުރާ ބޮވޭނެއެވެ. އަދި އެކްސްކާޝަންއަށް ގެންދާއިރު، ބަނގުރާ ގެންދެއެވެ. ބައެއް ގެސްޓްހައުސްތަކުން ހަމަ ސީދާ ބަނގުރަލުގެ ވިޔަފާރި ހިންގުމަށްޓަކައި ގެސްޓުންނަށް އޮޅުވާލާފައިވެސް އެބަހުއްޓެވެ. މިމައްސަލަ ޙައްލުކުރުމަށް ފުލުހުން މާބޮޑު މަސައްކަތެއް ނުކުރެއެވެ. އަދި ނުވެސް ކުރެވޭނެއެވެ. އެއީ މިވަގު ވިޔަފާރިއަކީ ވަރަށް ގިނަ ފަރާތްތައް ގުޅިގެން ހިންގާ ކަމަކަށްވާތީ، ފުލުހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެނީއެވެ. މިކަމަށް އޮތް ވަރަށް އެކަށޭނަ ޙައްލަކީ ހުރިހާ ގެސްޓްހައުސްތަކާއި އަދި މުޅި ހުޅުމާލޭގައި ގެސްޓުންނަށް ފެންނަ ގޮތަށް، "ހުޅުމާލޭގައި ބަނގުރާ ގެންގުޅުމާއި ބަނގުރާ ބުއިމަކީ މަނާކަމެއް" ކަން އަންގައިދޭ ބޯޑުތައް ޖަހަންވީއެވެ. ގެސްޓުހައުސްތަކުގެ ބޭރުގައިވެސް މިބޯޑުތައް ބަހައްޓަން ލާޒިމްކުރަންވީއެވެ. އޭރުން ހަމަ ޔަޤީނުންވެސް ގެސްޓުން ބަނގުރާ ބޯންވެގެން ނޫޅޭނެއެވެ. ދެން އޮންނާނީ ފުލުހުން ނިކުމެ ދިވެހިންގެ މާކެޓް ކޮންޓްރޯލްކުރުމެވެ. ޑިމާންޑް ދަށްވީމާ، އެކަންކުރަން އުނދަގުލެއް ނުވާނެއެވެ.
ކާކު
20 September 2016
ކޮބާތަ މައްސަލައަކީ މިރާއްގެ ސިންގަޕޫރު ކަހަލަ ގައުމަކައް ބަދަލުވާތީއޭ އެއެއްޗެހި އެފެންނަނީ. ****ރީންދޫ މީހާ***
ގެދާނޯމޮސް
20 September 2016
މިގައުމުގައި ބިދޭސިން ކިޔާއުޅޭނީ ބަންގާޅުންނަށެވެ. މިބަޔަކަށް ވުރެގިނައި ތަރުކާރީ ފިޔާ އަޅުވި އެތެރެކޮށް ވިއްކާބޭރު ގައުމެއްގެ ބަޔަކު ނޫޅޭއެވެ. އެކަމެއް ވާންއޮތް ބަޔަކުލައްވާ އެކަމެއް ކުރުވަން ދިވެހިންނަށް ފަސޭހަވާތަން މިފެންނަނީ އެވެ. މީ އިމިގްރޭޝަނުން އެބަޔަކު ދެކެބިރުން އުޅޭތީ ގައުމަށް މެދުވެރި ވަމުންދާ ވަބާއެެެެެެެެެެެެެެެެެެެެެކެވެ. ސޭޓުންގެ ކަންކަން ނުބެލޭ ބަޔަކަށް ކަމެއްވާނެ ކަމަކަށް ނުދެކެމެވެ.
އަބުޅޭ
19 September 2016
ވަރިހަމަ ނުދިނަސް. 2 ޓަނުގެ މަސްތުވާތަކެތީގެ މައުލުމާތު ފުރަތަމަ ބޭނުންވަނީ. 100 ކޭސް އެއީ އެޔާ އަޅާބަލާއިރު ކޯޗެއް. އެޔަށް ވީގޮތެއް ދެނެހުރި އިންސާނެއްވެސް މިހާރުނެތް
ނަންދާ
19 September 2016
ޢަބުޅޭ ވާނުވާގަ ހުރެބަ. ޢަނެއްކާ އަބުޅޭ އޭރު މިދުނިޔެއަށް އުފަން ވެއްޖެބާ. ތިއީ އެއްކަލަ ރީކޯ އައްބަޅޭ އެއްގެ ވާހަކަ ދެއްކިގޮތަށޭ. ޢަޅެފަހެ މިދިވެހިންނަށް މިތިބީ ކިހިނެއް ވެފަތަ.
ޝުންބޮޑޭ
19 September 2016
ރީނދޫކުދިންކޮޅަށް ކިކް ގެންނަން ހަމައެއްޗެކޭ ކިޔާލީދޯ. ވަރަށް މޮޅުއެއްޗެއް ތިބުނީ.
ގެދާނޯމޮސް
20 September 2016
އެތެރެ ކުރުމުގެ ހުއްދައިގެ ދަށުން އެންމެނަށްވެސް ބޮވެން ހުރެއެވެ.