އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު (ކ) އާއި އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް، އާ ބޭސް ފިހާރަ ހުޅުއްވައިދެއްވަނީ
04 ސެޕްޓެމްބަރ 2019 - 15:31
ރާއްޖޭގެ އެންމެ އުސް އިމާރާތް ކަމަށް ވާ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް މިއަދު ހުޅުވައިފި އެވެ.
"އެސްޓީއޯ ފާމަސީ ދަރުމަވަންތަ" ގެ ނަމުގައި ހެދި މި ފާމަސީ ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު) އެވެ.
މި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސް ވެރިންނާއި އައިޖީމްއެޗްގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެސްޓީއޯ ފާމަސީ ދަރުމަވަންތަ: މިއީ އެސްޓީއޯގެ 188 ވަނަ ބޭސް ފިހާރަ
އެސްޓީއޯ މެޑިކަލްސް އިން ބުނީ، 25 ބުރީގެ އެންމެ ޒަމާނީ ފެންވަރުގެ، މި ހޮސްޕިޓަލުގެ އޯޕީޑީ ހުޅުވާފައި ހުންނަ ހުރިހާ ވަގުތެއްގައި ވެސް އެ ފާމަސީން ހިދުމަތް ދޭނެ ކަމަށެވެ. އެސްޓީއޯގެ އެހެން ފާމަސީތަކާ އެއްގޮތަށް މި ފާމަސީން ވެސް އާސަންދަ އާއި އެލައިޑް އަދި އަމާނާ ތަކަފުލްގެ އިންޝޫރެންސް ގަބޫލުކުރެ އެވެ.
މި ފާމަސީ ހުޅުވުމާ އެކު ރާއްޖޭގައި އެސްޓިއޯއިން ހިންގަމުންދާ ފާމަސީތަކުގެ އަދަދު 188 އަށް ވަނީ އަރާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުތެޔޮ
04 September 2019
މިވެސް ޚަބަރެއް! ހޮސްޕިޓަލެއް ވެއްޖެއްޔާ ފާމަސީއެއް ހުންނަންޖެހޭނެ ދެއްތޯ ދެން އެސްޓީއޯތޯ އޭޑިކޭތޯ ނުބަލަން. އެއީ އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކާފަ ހަދަންދޭ ޓެސްޓްނުދެއްކިގެން ތެޅިފޮޅެނިކޮށް އެ ޑޮކް ފެންނަނީ އޭޑީކޭ ބަލި މީހުން ބަލަނިކޮށް. ދެން ކޮންމެ ފާމަސީއެއް ހުއްޓަސް އަހަރުމެންނަށްކީއްތޯ